އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބޭލްގެ ދެލަނޑުން މޮޅުވެ ރެއާލް ތާވަލުގެ ކުރީގައި ހަމަޖެހިލައިފި

ބޭލްގެ ދެލަނޑުން މޮޅުވެ ރެއާލް ތާވަލުގެ ކުރީގައި ހަމަޖެހިލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 50 ސިކުންތު

ސްޕެނިޝް ލަލީގާގައި ވޭލްސްގެ ނުރައްކާތެރި ވިންގަ ގެރަތު ބޭލް ޖެހި ދެލަނޑާއި ސްޕެއިންގެ ފޯވާޑް އަލްވާރޯ މޮރާޓާ ޖެހި ލަނޑުން 3-0 އިން ލެގާނެސް ބަލިކޮށް ތާވަލުގެ ކުރީގައި ރެއާލް މެޑްރިޑުން ހަމަޖެހިލައިފިއެވެ. ރެއާލްގެ ސެންތިއާގޯ ބެރްނަބާއޫގައި ކުޅުނު މިމެޗުގައި ރެއާލްއަށް ބޭލް ލީޑް ނަގައިދިނީ 38 ވަނަ މިނެޓުގައެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ބޭލް ދެވަނަ ލަނޑު ކާމިޔާބު ކުރިއިރު ރެއާލްގެ ތިންވަނަ ލަނޑު މޮރާޓާ ކާމިޔާބު ކުރީ 76 ވަނަ މިނެޓުގައެވެ. މިމޮޅާއެކު ތާވަލުގެ ކުރީގައި ރެއާލް އޮތީ 27 ޕޮއިންޓާއެކުއެވެ. ރެއާލްއަށްވުރެ މަދުން އެއްމެޗް މަދުން ކުޅެގެން ދެވަނައިގައި ބާސެލޯނާ އޮތީ 22 ޕޮއިންޓާއެކުއެވެ. މިރޭ ސެވިއްޔާ އަތުން ބާސާ މޮޅުވެއްޖެނަމަ ރެއާލްއާ ދެމެދުގައިވާ ފަރަގު 2 ޕޮއިންޓަށް ކުޑަވާނެއެވެ. އަނެއްކޮޅުން މިރޭ ބާސާ ބަލިކުރެވިއްޖެނަމަ ސެވިއްޔާއަށް ތާވަލުގެ 2 ވަނައަށް ކުރިއަށް ޖެހިލެވޭނެއެވެ. ތާވަލުގެ 4 ވަނައިގައި ސެވިއްޔާ އޮތީ 21 ޕޮއިންޓާއެކުއެވެ. ތިންވަނައިގައި އޮތީ ރޭ ރެއާލް ސޮސިއެޑާޑް އަތުން 2-0 އިން ބަލިވި އެތުލެޓިކޯ މެޑްރިޑެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ނާހިދު އަބްދުއްރައްޒާޤް