އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހިތް ބަދަލުކޮށްލި 60 ފޫޓު ދިގު ލޯބީގެ ސިޓީ!

ހިތް ބަދަލުކޮށްލި 60 ފޫޓު ދިގު ލޯބީގެ ސިޓީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 42 ސިކުންތު

ޖިމް އާއި މޭރީ ބައްދަލުވީ ސޯޝަލް ހޯލަކުންނެވެ. އެއިރު ޖިމް ރަށުގައި ހުރީ އަހަރީ ޗުއްޓީގައެވެ. އެހެންކަމުން ރޭގަނޑުގެ ވަގުތުތަކުގައި މީހުން ގިނައިން އެއްވެ އުޅޭ ތަންތަނަށް ގޮސް އުޅުމަކީ ޖިމްގެ އާދައެކެވެ.

މޭރީ ޖިމްގެ ކައިރިން އެދުނީ އޭނާ އާއިއެކު ނަށައިލަދިނުމަށެވެ. ޖިމް އެކަމަށް އެއްބަސްވީ އެއީ މާބޮޑުކަމަކަށް ނުވާތީއެވެ. އެންމެންވެސް ކޮށް އުޅޭ ވަރަށް އާދައިގެ ކަމަކަށްވާތީއެވެ.

އެއަށްފަހު ޖެހިގެން އައި ހަފްތާ ބަންދުގައި ވެސް މޭރީގެ އެދުމަށް ޖިމް ވަނީ އޭނާ އާއިއެކު ނަށައިފައެވެ. އެރޭ މޭރީގެ އެދުމަށް ޖިމް ވަނީ މޭރީއަށް އޭނާގެ ހަޔާތުގެ ބައެއް ވާހަކަތައް ކިޔައިދީފައެވެ.

ޖިމް އަކީ އެއާފޯސްގައި މަސައްކަތްކުރާ މީހެއް ކަމާއި ރަށަށް އައިސް އުޅެނީ އަހަރީ ޗުއްޓީގައިކަން ޖިމް ކިޔައިދިނެވެ. އަދި ދެން އަވަހަކަށް ބައްދަލު ނުވާނެ ވާހަކަ އާއި ހޯމަ ދުވަހު އެނބުރި މަސައްކަތަށް ނުކުންނާނެ ވާހަކަވެސް ޖިން ބުންޏެވެ. އަދި މޭރީގެ އެދުމަށް އޭނާ މަސައްކަތްކުރާ ތަނުގެ އެޑްރެސް މޭރީއަށް ދިނެވެ.

އެއީ 1950 ގެ އަހަރުތަކެވެ. އެހެންކަމުން ފޯނުން މުއާމަލާތުކުރުމަކީ އެހައި ފަސޭހައިން ކުރެވޭ ކަމެއް ނޫނެވެ. ޢާންމު ގޮތެއްގައި މުޢާމަލާތުކުރަން ޖެހެނީ ޕޯސްޓް މެދުވެރިކޮށް ފޮނުވާ ސިޓީތަކުންނެވެ.

ޖިމް މަސައްކަތަށް ނުކުތްތާ 3 ވަނަ ހަފްތާއިން ފެށިގެން ކޮންމެ ހަފްތާއަކުވެސް މޭރީގެ ސިޓީއެއް ލިބެއެވެ. ،3 4 ޞަފްޙާގެ ސިޓީތަކެވެ. ޖިމް މެރީ އާއިމެދު އެހައި "ސީރިއަސް" ނޫންކަމުން ޖިމް ހަދާގޮތަކީ ހަމަ އެސިޓީއިން ގަނޑެއްގައި ކޮންމެވެސް އެއްޗެއް ލިޔެފައި އަނބުރައި މެރީއަށް ފޮނުވައިލުމެވެ.

މިގޮތަށް ސިޓީ ބަދަލުކުރަމުން ގެންދާތާ ހައެއްކަ މަސްވީފަހުން ޖިމްއަށްލިބުނީ ތަންކޮޅެއް ބޮޑު ސިޓީއުރައެކެވެ. ރަނގަޅަށް ހަމަޖެހިލައިގެން ސިޓީއުރަ ކަނޑައިލިއިރު މިފަހަރު އޮތީ އާދައިގެ ސިޓީއެއް ނޫނެވެ. 60 ފޫޓު ދިގު ލޯބީގެ ސިޓީއެކެވެ.

ޖިމް ފުރަތަމަ ނިންމީ ނުކިޔައި އަނބުރައި ފޮނުވައިލުމަށެވެ. އެހެން ފަހަރުތައް ފަދައިން ކޮންމެވެސް އެއްޗެއް ލިޔެލުމަށްފަހުއެވެ. ނަމަވެސް އެޚިޔާލު ބަދަލުވުމުން ސިޓީ އެކުގައި ކިޔައިލިއެވެ. ސިޓީ ކިޔަމުން ދިއަ ވަރަކަށް ޖިމްގެ ހިތް ދިއައީ ބަދަލުވަމުންނެވެ. މޭރީގެ މައްޗަށް ލެނބެމުންނެވެ.

ސިޓީ އެކުގައި ކިޔައިލަން ނެގީ ކިހައި ވަގުތެއްކަން ޖިމީއަށް އިހްސާސް ނުކުރެވުނު ނަމަވެސް ކިޔައި ނިމުނުއިރު ޖިމްގެ މުޅި ހަޔާތް ވަނީ ބަދަލުވެފައެވެ. އައު ހަޔާތަކަށް އަލިވިލިފައެވެ.

ޖަވާބުގައި ސިޓީއެއް ލިޔަން ޖިމް ފެށިއެވެ. 'މޭރީއެވެ. މެރީގެ ސިޓީއެކުގައި ކިޔައިފީމެވެ. އަހަރެންގެ ހަޔާތްވެސް ސިޓީ އާއި އެއްގޮތަށް ބަދަލުވެ ނިމިއްޖެކަން ޔަޤީން ކުރާށެވެ. އަހަރެންގެ އާދަ އާއި މަސައްކަތް ހުރި ގޮތުން 60 ފޫޓުގެ ސިޓީއެއް މިފަހަރު ނުލިޔެވުނު ނަމަވެސް 60 ރޮނގުގެ ސިޓީއެއް ލިޔަން މަސައްކަތްކުރާނަމަވެ."

ޖެހިގެން އައި އަހަރީ ޗުއްޓީ ވެގެންދިއައީ ޖިމް އާއި މޭރީގެ ދިގު ސިޓީތަކުގެ ނިމުމަކަށެވެ. ކައިވެނިކޮށްގެން ދެމީހުން އެކުގައި އުޅެންފެށުމުންނެވެ. ޖިމްގެ ވަޒީފާ ވެސް ރަށަށް ބަދަލުވުމުން އިތުރަށް ދިގު ސިޓީތައް ލިޔާކަށް މިހާރަކު ނުޖެހެއެވެ.

އެ ތާރީޚީ ސިޓީތައް މިހާރު ވަނީ ގޭގެ ސިޓިންގ ރޫމްގައި ލޯގަނޑުތަކަށް ލައްވާފައި އެންމެންނަށް ފެންނަ ގޮތަށް ބަހައްޓައިފައެވެ. ދެމަފިރިންގެ އެންމެ ބޮޑު ރައުސުލްމާލުގެ ގޮތުގައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް