އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވަޒީފާގެ ފުރުޞަތު ނޭޝަނަލް ޑްރަގް އޭޖެންސީ (އިޢުލާން)

ވަޒީފާގެ ފުރުޞަތު ނޭޝަނަލް ޑްރަގް އޭޖެންސީ (އިޢުލާން)


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 38 ސިކުންތު

ނަންބަރު: IUL)434-HR/434/2016/42)

މަޤާމް :Medical Officer
ބޭނުންވާ އަދަދު :1
އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި އެޖެންސީގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި، ޤާބިލް މީހެކެވެ.

މަޤާމް:

މެޑިކަލް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން:

ޖެނެރަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރސް

މަޤާމުގެ ރޭންކް:

CS12- 1

މުސާރަ:

މަހަކު -/15,090 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/6,150 ރުފިޔާ

ޑިޕާޓްމަންޓް:

ނޭޝަނަލް ޑްރަގް އެޖެންސީ / ކ. މާލެ

މަސައްކަތް ކުރަންޖެހޭ ތަން:

ކޮމިއުނިޓީ ސަރވިސް ސެންޓަރ / މެޑިކަލް ސަރވިސަސް ޔުނިޓް، ނޭޝަނަލް ޑްރަގް އެޖެންސީ / މާލެ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. އެން.ޑީ.އޭގެ ދަށުން ހިނގަމުންދާ ކޮމިއުނިޓީ ސަރވިސް ސެންޓަރުގެ ކްލައިންޓުންނަށް ބޭނުންވާ ފަރުވާ ދިނުމުގެ އެންމެހައި މަސައްކަތްކުރުން.

2. ކްލައިންޓުންނަށް ދެވޭ ފަރުވާއާ ގުޅޭގޮތުން ދޭންޖެހޭ ކައުންސެލިންގ ދިނުމުގެ މަސައްކަތްކުރުން.

3. ކްލައިންޓުންނަށް ދެވޭ ފަރުވާ (ޞިއްޙީ ފަރުވާއާއި ނަރުހުންގެ ފަރުވާ) އަކީ އެންމެ އެކަށީގެންވާ މިންގަނޑެއްގައި ދެވޭ ފަރުވާތަކެއްތޯއާއި ފަރުވާގެ ނިޒާމު ރަނގަޅަށް ދެމެހެއްޓުމަށް މަސައްކަތްކުރުން.

4. ފަރުވާ ދެވޭ ކްލައިންޓުންގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމާއި، ކްލައިންޓުންގެ ޑާޓާ ތައްޔާރުކޮށް ބެލެހެއްޓުން.

5. ރިހެބިލިޓޭޝަނާއި ފަރުވާގެ ޕްރޮގްރާމްތައް ހިންގުމުގެ އެންމެހައި މަސައްކަތްތައް ހިނގާ ނުހިނގާގޮތް ކޯރޑިނޭޓްކުރުމުގެ މަސައްކަތްކުރުން.

6. ޒުވާނުންނާއި، މުޖުތަމަޢާއި، މަސްތުވާތަކެއްޗަށް ފަރުވާ ހޯދަމުންދާ ކްލައިންޓުންނާއި، ސްކޫލް ޓީޗަރުންނާއި، ދަރިވަރުންނާއި، ސަރުކާރުގެ އޮފީސްތަކާއި، އެން.ޖީ.އޯސްތަކަށް، މަސްތުވާތަކެއްޗަށް ހޭލުންތެރިކުރުވުމުގެގޮތުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުން.

7. ޑްރަގް އެޑިއުކޭޝަނާއި، ސުއިސައިޑް ޕްރިވެންޝަނާއި، ސައިކޭޓްރިކް ފަރުވާއާ ބެހޭގޮތުން ކަމާގުޅޭ އިދާރާތަކަށް ވޯކްޝޮޕް ހިންގުން.

8. ޑްރަގް އެޑިއުކޭޝަން ސެމިނާރުތަކާއި، ކްލާސްތަކާއި، ހެލްތު އެޑިއުކޭޝަން ސެޝަންތައް، ކައުންސެލަރުންނާއި ކްލައިންޓުންނަށް ނަގައިދިނުމުގެ އެންމެހައި މަސައްކަތްކުރުން.



ތަޢުލީމާއި ތަޖުރިބާ:

މޯލްޑިވްސް މެޑިކަލް ކައުންސިލް ގަބޫލުކުރައްވާ ބޭސިކް މެޑިކަލް ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލް ގަބޫލުކުރައްވާ ޓީޗިންގ ހޮސްޕިޓަލެއްގައި 1 އަހަރުދުވަހުގެ އިންޓަރންޝިޕް ފުރިހަމަކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލުގައި ރަޖިސްޓްރީކޮށް ޕްރެކްޓިސްކުރުމުގެ ހުއްދަ ލިބިފައިވުން.

ނޯޓު: މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިސްކަންދެވޭނީ ދިވެހި ދިވެހިންނަށެވެ. ނަމަވެސް، ދިވެއްސަކު ނުލިބިއްޖެނަމަ، ބިދޭސީ މުވައްޒަފަކު ހޮވޭނެއެވެ.

ސުންގަޑި:

2016 ނޮވެންބަރު 27 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން، ނޭޝަނަލް ޑްރަގް އެޖެންސީއަށް ހުށަހަޅަންވާނެއެވެ.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

- އިންޓަވިއު އޮންނާނީ، 2016 ވަނަ އަހަރުގެ ނޮވެންބަރ މަހުގެ ތެރޭގައި، ނޭޝަނަލް ޑްރަގް އެޖެންސީގައިއެވެ.

- މި ވަޒީފާއަށް އެދިފައިވާ، ޝަރުޠޫ ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ސްކްރީނިންގ:

- އިޢުލާނުގައި ހުށަހަޅަންޖެހޭ ލިޔުންތައް މި ބައިގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަހަޅާފައިވޭތޯ ބެލުން.

- މަޤާމުގެ އަސާސީ ޝަރުޠަކުގައިވާ ތަޢުލީމީ ފެންވަރު ހަމަވުން.

- އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހަމައަށް ހުށަހަޅާފައިވުން (އެޕްލިކޭޝަން ފޯމާއި، ވަނަވަރާއި، ތަޢުލީމީ ސެޓުފިކެޓުތަކާއި، އިޢުލާނުގައި ބަޔާންކޮށްފައިވާ އެހެނިހެން ކަމާގުޅޭ މުހިންމު ލިޔެކިޔުންތައް)

- އިޢުލާނުގައި ބަޔާންކޮށްފައިވާ ސުންގަޑީގެ ކުރިން މަޤާމަށް އެދި ހުށަހަޅާފައިވުން.

އިތުރު މަޢުލޫމާތު:

- މަޢުލޫމާތު ސާފުކުރައްވަން ގުޅާނެ ނަންބަރަކީ 3343061 އެވެ.

- ވަޒީފާއަށް އެދޭ ފޯމާއި، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު، މި އެޖެންސީގެ www.nda.gov.mv ގެ ވެބްސައިޓުންނާއި، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި ނޭޝަނަލް ޑްރަގް އެޖެންސީގެ ރިސެޕްޝަނުންވެސް މި ފޯމުތައް ލިބެން ހުންނާނެއެވެ.

15 ޞަފަރު 1438

15 ނޮވެންބަރު 2016

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް