އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މައްޗަން ގޯޅި ބަލިކޮށް ފީއަލީ ކުއާޓާފައިނަލަށް

މައްޗަން ގޯޅި ބަލިކޮށް ފީއަލީ ކުއާޓާފައިނަލަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 26 ސިކުންތު

އެސްޓީއޯ ހޯމް އިމްޕްރޫމަންޓް ބަށިބޯޅަ މުބާރާތުގައި އިއްޔެ ހަވީރު މައްޗަން ގޯޅި ވިދުވަރު ބަލިކޮށް ފ.ފީއަލީ އެކުވެރި ޒުވާނުންގެ ގުޅުން ކުއާޓާފައިނަލުން ޖާގަ ހޯދައިފިއެވެ.

އެންމެފަހުގެ ޗެމްޕިއަން ފީއަލީން މައްޗަން ގޯޅީގެ މައްޗަށް ކުރި ހޯދީ 28 ލަނޑާއި 6 ބޯޅައިންނެވެ. މައްޗަން ގޯޅިއަށް ހެދުނީ 21 ލަނޑާއި 6 ބޯޅައެވެ. ފީއަލީ އަތުން ބަލިވިނަމަވެސް ކުއާޓާފައިނަލުން ޖާގަ ހޯދުމުގެ ފުރުސަތު މައްޗަން ގޯޅިއަށް އަދި ނުގެއްލެއެވެ.

މިމުބާރާތުގެ ގްރޫޕް ސްޓޭޖް މެޗުތައް ކުރިއަށްދާނީ މާދަމާގެ ނިޔަލަށެވެ. އެއަށްފަހު ދެން އޮންނާނީ ކުއާޓާފައިނަލް މެޗުތަކެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 27 ވަނަ ދުވަހުއެވެ.

ހަތަރު ގްރޫޕަކަށް ބަހާލައިގެން މުބާރާތް ކުރިއަށް ގެންދާއިރު ގްރޫޕް އޭގައި ހިމެނެނީ ފީއަލީ އެކުވެރި ޒުވާނުންގެ ގުޅުމާއި ހުޅުމާލޭ ވިމެންސް ޓީމާއި މައްޗަން ގޯޅީގެ ވިދުވަރާއި މައްޗަން ގޯޅީގެ ވިދާތަރިއެވެ. ގްރޫޕް ބީގައި ހިމެނެނީ ރ.އިނގުރައިދޫ ކާމިޔާބާއި ލ.މާބައިދޫ އިސްދަރިވަރުންގެ ޖަމިއްޔާ އާއި އދ.މަހިބަދޫ ސްޕޯޓްސް ކްލަބާއި ހުޅުމާލޭ ވިމެންސް ސްޕޯޓްސްއެވެ. ގްރޫޕް ސީގައި ހިމެނެނީ ލ.ގަމު މާސް އާއި ޅ.ނައިފަރު ގޯސީ އާއި ފ.ފީއަލީ އެކުވެރި ޒުވާނުންގެ ރޫހާއި ހުޅުމާލޭ ދިރުމެވެ. ގްރޫޕް ޑީގައި ހިމެނެނީ ސ.މީދޫ ބަށި ހިތްވަރާއި ތ.އޮމަދޫ އުޖާލާ އާއި ކ.މާފުށީ ނިއު ސްޓާ އާއި ގަލޮޅު ރަންކަނިއެވެ.

މުބާރާތުގެ ×ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާ އަދި ރަނައަޕް ޓީމަށް ފަންސާސް ހާސް ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ އެސްޓީއޯ ހޯމްއިމްޕްރޫމަންޓް ބަށި މުބާރާތަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ބަށިބޯޅަ މުބާރާތެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ނާހިދު އަބްދުއްރައްޒާޤް