އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަމަނަގެ ދިރިއުޅުން

ކަމަނަގެ ދިރިއުޅުން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 4 ސިކުންތު

މުލުހާލު ތުނބަށް ތެދުވޭ ކަމަނާ ކުކުޅާ ހާލަށް ކާންދޭ އުފަލުން
‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍.........................ކުލުނާ ލޯތްބާ ދެހިތެއް ނުޖެހޭ ތަކުރަށް ގޮވައޭ ތުއިތުއި އަޑަކުން
ބަތްޕެންބޮއެގެން ދެކުދިން އެކުގައި ގުންފައިޖަހަމުން އެފެށީ ދުވަހޭ
.....................އަތްވާހޫނަށް ނުބަލައި އެދަނީ ރުއްވަލުއަތިރިން ރައިވަރު ކިޔަމުން
މަސްބާނައިގެން މަސްފަތިއަމުނައި ރުއްތައް ބަލަމުން ރާފޮދު ބާލައި
.....................ފަސްގަނޑު މަޑުކޮށް ހޭވާކިޔަމުން ނިރުތައްރުވަނީ އަންބާކިޔަމުން
ފަރުވެސް ހިލަމުން ބޮނބިފާލަށްދޭ ޖޯޝާއެކުގައި ބޮނބިވެސް ތަޅައޭ
..................ދަރުވެސް ކޮށަމުން ދަރުބޮނޑިއަޅައޭ ތަކުރާ ކަމަނާ މޫނަށްބަލަމުން
މަދުތައް ހޮވަމުން ފެންވެސް އުފުލާ ފޯރީގައި ތިބެ ރާވެސް ހިޔަމުން
..................ބަދުބަސް މީހުން އެބުނާ ނާހައި ބޮނޑިވެސްހިލަނީ ފަތުލައިވަށަމުން
ވިޔަމުންފޭއްޔާ ގަތަމުންކަސަބާ ފަހަމުން ދެލިބާސް ދުވަހަކު ނިންމައި
...............ލިޔަމުންކަށިކެޔޮ ހިލަމުން އަޅަނީ ތިންހަތަރުމެޓާގަނޑު ފޮނިކުރަމުން
ތިންޖަހަލާގެ ރިހާކުރު ގަށަމުން މަސްތައް ހިއްކައި ހިތްހަމަޖެހިގެން
...................ތިންލާރި ހަލާރިޔަށޭ ހަދަނީ ތަނަވަސް ކަމުގައި ދެކުދިން އުޅެމުން
ވެލިމޮޑެ ލޮނުގައިޖެހި ވަރުޖައްސައި ހުރިހާކަމަކަށްފަހު ތުނޑިއަށްދޭ
......................ހެލިފެލިވެ ނަގާ ރާޅާ އަޅަމުން ކުޅިވެރި ކަމަނާ އެދަނީ ފަތަމުން
ރޭގަނޑުކައިގެން ދެނަމާދަށްފަހު ދޮންދުނބުރިއޮށެއް ލިޔެފުމެލާފައި
..................ރޭގަނޑު އެއަރާ މުޅަދެވިފައްސަން އޮޅިގަނޑުއެތެރޭ ވަޅުލީ ނިދަމުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ފާތިމަތު ސަޢީދު، ޗަމްޕާޕޫލުމާގެ، ސ. ހިތަދޫ