އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވަރުގަދަ ފީއަލީ ބަލިކޮށް ހުޅުމާލެ ވިމެންސް ސްޕޯޓްސް ފައިނަލަށް

ވަރުގަދަ ފީއަލީ ބަލިކޮށް ހުޅުމާލެ ވިމެންސް ސްޕޯޓްސް ފައިނަލަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 33 ސިކުންތު

އެސްޓީއޯ ހޯމް އިމްޕްރޫމަންޓް ބަށިބޯޅަ މުބާރާތުގެ ސެމީފައިނަލުގައި ފާއިތުވެދިޔަ 4 އަހަރުގެ ޗެމްޕިއަން ފ.ފީއަލީ އެކުވެރި ޒުވާނުންގެ ގުޅުން 24-26 ލަނޑުން ބަލިކޮށް ހުޅުމާލޭ ވިމެންސް ސްޕޯޓްސް ފައިނަލުން ޖާގަ ހޯދައިފިއެވެ.

މިއީ އެސްޓީއޯ ހޯމް އިމްޕްރޫމަންޓުން މީގެ އަތަރު އަހަރުން ކުރިން ފެށިގެން ބާއްވަމުން އަންނަ މިމުބާރާތުގެ ފައިނަލަށް ނުގޮސް ފ.އަލި ކެޓި ފުރަތަމަ ފަހަރެވެ. ފިއަލި ނޫން ރަށަކަށް މިމުބާރާތް ކާމިޔާބު ކުރެވިފައި ނުވާއިރު މިފަހަރު އެޓީމުން މުބާރާތަށް ނިކުތީ މިފަހަރު ޗެމްޕިއަންކަން ހޯދައި މިއަންނަ އަހަރު ދެވަނަ ފަހަރަށް ތަށި މިލްކު ކުރުމުގެ ފުރުސަތު ހޯދުމަށެވެ.

ހަތަރު ގްރޫޕަކަށް ބަހާލައިގެން މުބާރާތް ކުރިއަށް ގެންދާއިރު ގްރޫޕް އޭގައި ހިމެނެނީ ފީއަލީ އެކުވެރި ޒުވާނުންގެ ގުޅުމާއި ހުޅުމާލޭ ވިމެންސް ޓީމާއި މައްޗަން ގޯޅީގެ ވިދުވަރާއި މައްޗަން ގޯޅީގެ ވިދާތަރިއެވެ. ގްރޫޕް ބީގައި ހިމެނެނީ ރ.އިނގުރައިދޫ ކާމިޔާބާއި ލ.މާބައިދޫ އިސްދަރިވަރުންގެ ޖަމިއްޔާ އާއި އދ.މަހިބަދޫ ސްޕޯޓްސް ކްލަބާއި ހުޅުމާލޭ ވިމެންސް ސްޕޯޓްސްއެވެ. ގްރޫޕް ސީގައި ހިމެނެނީ ލ.ގަމު މާސް އާއި ޅ.ނައިފަރު ގޯސީ އާއި ފ.ފީއަލީ އެކުވެރި ޒުވާނުންގެ ރޫހާއި ހުޅުމާލޭ ދިރުމެވެ. ގްރޫޕް ޑީގައި ހިމެނެނީ ސ.މީދޫ ބަށި ހިތްވަރާއި ތ.އޮމަދޫ އުޖާލާ އާއި ކ.މާފުށީ ނިއު ސްޓާ އާއި ގަލޮޅު ރަންކަނިއެވެ.

މުބާރާތުގެ ×ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާ އަދި ރަނައަޕް ޓީމަށް ފަންސާސް ހާސް ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ އެސްޓީއޯ ހޯމްއިމްޕްރޫމަންޓް ބަށި މުބާރާތަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ބަށިބޯޅަ މުބާރާތެވެ.
މިމުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަމީ މާދަމާ ހަވީރު މާފަންނު ސްޓޭޑިއަމްގައި މިމުބާރާތް ކުޅުމަށް ހާއްސަ ކުރެވިފައިވާ ބަށި ކޯޓުގައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ނާހިދު އަބްދުއްރައްޒާޤް