އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޕްރިޕެއިޑް ކަސްޓަމަރަކު ޕޯސްޓްޕެއިޑަކަށް ބަދަލުކުރި ނަމަވެސް އިތުރު އިނާޔަތްތަކާ ދުބާއީ ދަތުރު ހިލޭ!

ޕްރިޕެއިޑް ކަސްޓަމަރަކު ޕޯސްޓްޕެއިޑަކަށް ބަދަލުކުރި ނަމަވެސް އިތުރު އިނާޔަތްތަކާ ދުބާއީ ދަތުރު ހިލޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 21 ސިކުންތު

މިއަދުން ފެށިގެން ޖަނަވަރީ މަހުގެ 14 ވަނަ ދުވަހާއި ހަމައަށް ދިރާގުގެ ޕްރިޕެއިޑް ކަސްޓަމަރަކު ޕޯސްޓް ޕެއިޑަށް ބަދަލުކުރި ނަމަވެސް އަލަށް ޕޯސްޓް ޕެއިޑް ނަގާ ކަސްޓަމަރުން ލިބޭ އިނާޔަތްތަކާއިއެކު ދުބާއީ ދަތުރު ހިލޭ ގުރުވަތު ލުމުގައި ބައިވެރިވެވޭނެ ކަމަށް ދިރާގުން ބުނެފިއެވެ.

ދިރާގުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލުމާތު ދެއްވަމުން އިމްޖާދް ޖަލީލް ވިދާޅުވީ ދިރާގުގައި މިހާރު 500،000 އަށްވުރެ ގިނަ ކަސްޓަމަރުން އެބަތިބި ކަމަށެވެ. އަދި އެއިގެ ތެރޭގައި ވަރަށް ގިނަ އަދަދެއްގެ ޒުވާނުން ހިމެނޭ ކަމަށެވެ.

އިމްޖާދް ޖަލީލް ވިދާޅުވީ ޕްރިޕެއިޑް ބޭނުންކުރާ ކަސްޓަމަރުންގެ ތެރޭގައި އަދި ވަޒިފާއަކަށް ނުނުކުންނަ ޒުވާނުން ހިމެނޭ ކަމަށާއި އެފަދަ ޒުވާނުން ވަޒީފާއަކަށް ނުކުތުމަށްފަހު ޕޯސްޓް ޕެއިޑަށް ބަދަލުކުރަން ބޭނުންވާ ކަމަށެވެ.

"ދިރާގަކީ އެންމެ ހެޔޮ އަގުގައި އެންމެ ބާރު ސްޕީޑްގައި ޚިދުމަތްދޭ ކުންފުނި. އަދި އެންމެ އަގުހެޔޮ ޕެކޭޖްތައް ހުރީވެސް ދިރާގުގަ. ވިމާ މިއީ ޕްރިޕެއިޑަކުން ޕޯސްޓްޕެއިޑަކަށް ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށްވެސް ރަނުގެ ފުރުޞަތެއް."

ދިރާގުން މިއަދު ވަނީ މިޮއަދުން ފެށިގެން އަންނަ ޖަނަވަރީ މަހުގެ 14 ވަނަ ދުވަހާއި ހަމައަށް ޕޯސްޓް ޕެއިޑްގެ ޚިދުމަތް އަލަށް ނަގާ ފަރާތްތަކަށް ޚާއްޞަ ގުރުއަތެއް ހުޅުވާލާފައެވެ. އެގޮތުން ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ފަރާތަކަށް ދިރާގުން ހުރިހާ ޚަރަދެއް ދޭގޮތަށް 5 ދުވަހުގެ ދުބާއީ ދަތުރެއް ވަނީ ހުށަހަޅައިފައެވެ. މިދަތުރަށް ހޮވޭ ފަރާތްތަކަށް 2 މީހަކަށް ދަތުރުގެ ފުރުޞަތު ދިނުމަށް ވަނީ ހަމަޖައްސައިފައެވެ. އަދި ޓުއަރތަކުގެ އިތުރުން ބާޒާރުކޮށްލަން 500 ޑޮލަރު ދިނުމަށްވެސް ވަނީ ހަމަޖައްސައިފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް