ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އިއުލާން)
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އިއުލާން)
އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 53 ސިކުންތު
ނަންބަރު:170-AA/I/2016/146
އިންޓަރނޭޝަނަލް އިންސްޓިޓިއުޓް އޮފް އިސްލާމިކް ތޯޓް (އައި.އައި.އައި.ޓީ) ސްކޮލަރޝިޕްތަކާ ބެހޭ
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް އިންޓަރނޭޝަނަލް އިންސްޓިޓިއުޓް އޮފް އިސްލާމިކް ތޯޓް (އައި.އައި.އައި.ޓީ)އިން ލިބިފައިވާ ސްކޮލަރޝިޕް ފުރުޞަތުތައްތިރީގައި މިވަނީއެވެ.މި ސްކޮލަރޝިޕް އަށް ހޮވޭ ދަރިވަރުންގެއެއާ ޓިކެޓް ހަމަޖައްސަންވާނީއެދައިވަރަކު އަމިއްލައަށެވެ.
ކޯހުގެ ޢަދަދު: 4
ލެވެލް: ޕީ.އެޗް.ޑީ
ދާއިރާ: އެޑިޔުކޭޝަން، އިސްލާމިކް ރިވީލްޑް ނޮލެޖް، އިސްލާމިކް ފައިނޭންސް، އަދި ލޯ
ޔުނިވަރސިޓީ: އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާ
ގައުމު: މެލޭޝިޔާ
ޝަރުޠުތައް:
(ހ) ގުޅޭ ދާއިރާ އަކުން މާސްޓަރސް ޑިގްރީއެއް ހާސިލް ކޮށްފައިވުން.
(ށ) TOFEL ސްކޯރ 550 ނުވަތަ IELTS ސްކޯރ 6.0 ނުވަތަ އައި.އައި.ޔޫ.އެމް. ގެ އިންގްލިޝް/ޢަރަބިކް ޕްލޭސްމަންޓް ޓެސްޓުން ފާސްވެފައިވުން.
(ނ) ދިވެހި ރައްޔިތެއް ކަމުގައިވުން.
ނޯޓް:
• ސްކޮލަރޝިޕަށް ދަރިވަރުން ހޮވުމުގައި ޔުނިވަރސިޓީގެ ދާއިމީ އަދި ޕާރޓްޓައިމް މުވައްޒަފުންނަށް އިސްކަންދެވޭނެއެވެ.
• ސްކޮލަރޝިޕަށް ހޮވޭދަރިވަރުންނަށް އައި.އައި.ޔޫ.އެމް. އިން ޕްލޭސްމަންޓް ހޯދުމަށް ތިންމަހާއި ހަމަހާއި ދެމެދުގެ މުއްދަތެއްލިބޭނެއެވެ.
ސްކޮލަރޝިޕްގައި ހިމެނެނީ:
• ޓިޔުޝަންފީ
• ކިޔެވުމަށް ބޭނުންވާނެ މެޓީރިއަލްސް ގޮތުގައި ޔުނިވަރސިޓީން ކަނޑައަޅާފައިވާ މެޓީރިއަލްސް
• މަހަކު 850 މެލޭޝިޔަން ރިންގިޓް
• ސެޓްލްމަންޓް އެލަވަންސެއްގެ ގޮތުގައި 1000 މެލޭޝިޔަން ރިންގިޓް
ހުށަހަޅަންޖެހޭ ތަކެތި:
• ކޯހަށްއެދިފުރިހަމަކޮށްފައިވާފޯމާއިއެފޯމްގައި ބަޔާންކޮށްފައިވާތަކެތި.
• ތަޢުލީމީސެޓްފިކެޓްތަކުގެކޮޕީއާއިޓްރާންސްކްރިޕްޓްގެކޮޕީގައިއަޞްލާއިއެއްގޮތްކަމަށްބަޔާންކޮށް.
• އެދޭފަރާތުގެވަނަވަރު.
ބޮންޑު: ކޯސް ފުރިހަމަ ކުރުމަށްފަހު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ތިން (3) އަހަރު ދުވަހާއި ހަ (6) އަހަރު ދުވަހާއިދެމެދުގެ މުއްދަތަކަށް ޚިދުމަތް ކޮށްދިނުން.
ސްކޮލަރޝިޕްފޯމްބަލައިގަންނައެންމެފަހުތާރީޚް: 19ޑިސެމްބަރ 2016ވާހޯމަދުވަހުގެ14:00 ގެކުރިންޔުނިވަރސިޓީގެ ރިސެޕްޝަނަށް ހުރިހާ ޑޮކިއުމަންޓްތަކާއި އެކު ސްކޮލަރޝިޕް ފޯރމް ފުރިހަމަ ކުރުމަށްފަހު ހުށަހަޅަން ވާނެއެވެ.
ސްކޮލަރޝިޕަށް އެދޭފޯމްހެނދުނު 8:30 އިންމެންދުރުފަހު 14:00 އަށްޔުނިވަރސިޓީގެކައުންޓަރުންނާއި،ޔުނިވަރސިޓީގެވެބްސައިޓުން http://www.ium.edu.mvލިބެންހުންނާނެވެ. އިތުރުމަޢުލޫމާތު 3322718 ނަންބަރުފޯނުންލިބިވަޑައިގަންނަވާނެއެވެ.
ވީމާ، މިކަންޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
4ޑިސެމްބަރ2016
ޚަބަރާއިގުޅޭ އިތުރު ލިޔުންތައް
4 ޑިސެމްބަރ 2016