އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިރާގުން މުޅި ރާއްޖެ އަށް 4 ޖީ ޚިދުމަތް ގާއިމް ކުރުމަށް ނޮކިޔާ އަދި ހުއާވޭ އާއި އެކު އެއްބަސްވުމެއްގަ ސޮއިކޮށްފި

ދިރާގުން މުޅި ރާއްޖެ އަށް 4 ޖީ ޚިދުމަތް ގާއިމް ކުރުމަށް ނޮކިޔާ އަދި ހުއާވޭ އާއި އެކު އެއްބަސްވުމެއްގަ ސޮއިކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 39 ސިކުންތު

ދިރާގުން މުޅިދިވެހިރާއްޖެއަށް 4ޖީ އެލް.ޓީ.އީގެ ހިދުމަތް ފޯރުކޮށްދިނުމުގެ ބޮޑު މަޝްރޫއު ދަނީ ވަރަށް ހަލުވި ކަމާއި އެކު ކުރިއަށް ގެންދަމުން ކަމަށާއި މުޅި ދިވެހިރާއްޖެއަށް މި ޒަމާނީ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ސިސްޓަމްތަކާއި އެހެނިހެން އާލާތްތައް ހޯދުމަށް ދިރާގުން ވަނީ އެންމެ ފުންނާބު އުސް ދެކުންފުނި ކަމަށްވާ ނޮކިޔާ އަދި ހުއާވޭ އާއި އެކު މުޅި ރާއްޖެ އަށް 4ޖީ ނެޓްވޯކް ގާއިމް ކުރުމަށް އެއްބަސްވުމަކަށް އައިސްފަަި ކަމަށް ދިރާގުން ބުނެފިއެވެ،

ދިރާގުން ބުނީ މިދެކުންފުނިން މުޅި ރާއްޖެއަށް 4ޖީގެ ހިދުމަތް 2017 ނިމުމުގެ ކުރިން ފޯރުކޮށްދިނުމުގެ މަސައްކަތް ވަރަށް ބާރުމިނުގައި ކުރިއަށް ގެންދާނެ ކަމަށެވެ.

ހުއާވޭ ކުންފުންޏަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުއާސަލާތީ ހިދުމަތް ފޯރުކޮށްދިނުމަށް އެންމެ ޒަމާނީ މުއާސަލާތީ ނެޓްވޯކްތައް ގާއިމް ކުރަމުން އަންނަ މައްޝޫރު ކުންފުންޏެކެވެ. މުއާސަލާތީ އިންފްރާ ސްޓްރަކްޗާއާއި އެންމެ ޒަމާނީ ޓެކްނޮލޮޖީ ދުނިޔޭގެ ބާޒާރަށް ނެރުމުގެ އިތުރުން އޮޕަރޭޝަނަލް އަދި ކޮންސަލްޓެންސީ ހިދުމަތްވެސް ފުޅާ ދާއިރާ އެއްގައި ދެމުންއަންނަ ކުންފުންޏެކެވެ. ހަމަ އެފަދައިން ނޮކިޔާ އަކީމަޝްހޫރު ފޯނު އެފައްދާ ކުންފުންޔަކަށް ވީހިނދު މިހާރު ނޮކިޔާގެ އަމާޒު ހުރީ ޓެލެކޮމިއުނިކޭޝަންސް އިންފްރާސްޓްރަކްޗަރ ކުރުމުގެ ވިޔަފާރިއަށެވެ. މިފަދަ ތަޖުރިބާކާރު އަދި އެންމެ ފަހުގެ ޒަމާނީ އުސޫލުތަކުގެ މަތިން ހިދުމަތް ފޯރުކޮށްދޭ ދެކުންފުންޏަކާއި އެކު ސޮއިކުރުން ރަމްޒުކޮށްދެނީ ދިރާގުން ދިވެހިރައްޔިތުންނަށް އެންމެ ފުރިހަމަ ހިދުމަތް ފޯރުކޮށްދިނުމަށް ދޭ އިސްކަމެވެ.

ދިރާގަކީ ދިވެހިރާއްޖެ ބޭރުގެ ދުނިޔެއާއި އިންޓަނޭޝަނަލް ސަބްމަރިން ކޭބަލެއް މެދުވެރިކޮށް ގުޅުވާލަދިން އެންމެ ފުރަތަމަ ކުންފުންޏެވެ. އެގޮތުން ރާއްޖޭގައި އެންމެ ފުރަތަމަ ލަންކާ ޓެލެކޮމް އާ ގުޅިގެން 12 ޑިސެމްބަރ 2006 ގައި ރާއްޖެއާއި ސްރީ ލަންކާ އާ ދެމެދު ފައިބަރ އޮޕްޓިކް ސަބްމެރީން ކޭބަލެއް އެޅިއެވެ. މިކަމުގެ ސަބަބުން ފޯނާއި އިންޓަރނެޓްގެ ޚިދުމަތް ހަލުވިވެގެންދިޔައެވެ.

2007ވަނަ އަހަރު ތްރީ އެންޑް ހާފް ޑިގްރީ ޗެނަލް ހުރަސްކޮށް (ގދ އަތޮޅުން ލ އަތޮޅަށް) ރާއްޖޭގައި އެތެރެއިން އެތެރެއަށް އެޅި ފައިބަރ އޮޕްޓިކް ސަބްމެރީން ކޭބަލެއް އެޅިއެވެ. އަދި މިކޭބަލުން ހިދުމަތް ހޯދުމުގެ ފުރުސަތު ރާއްޖޭގެ އެހެނިހެން މުއާސަލާތީ ހިދުމަތްދޭ ކުންފުނިތަކަށްވެސް ވަނީ ހުޅުވާލާ އެފުރުސަތުވެސް ދީފައެވެ. ދިރާގުގެ ބްރޯޑްބޭންޑުގެ ހިތުމަތާއި މުވާޞަލާތީ އެހެނިހެން ޚިދުމަތްތައް ފުޅައުކޮށް، ޒަމާނީކޮށް،ހަލުއި ކުރުމުގެ ގޮތުން އެންއީސީ ކޯޕަރޭޝަނާއެކު ރާއްޖޭގެ އުތުރުން ދެކުނަށް ސަބްމެރީން ކޭބަލް އެޅުމުގެ އެއްބަސްވުމެއްގައި ސޮއި ކުރެވުނެވެ. މި މަސައްކަތުގެ މައިގަނޑު އެއް ބޭނުމަކީ ރާއްޖޭގެ ހުރިހައި ރަށަކަށް ދީފައިވާ އިންޓަރނެޓްގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ސްޕީޑް އަވަސް ކުރުމެވެ. ދިރާގު ހައި ސްޕީޑް ނެޓްވާކް ރޯލްއައުޓް ޕްރޮގްރާމްގެ ބައެއްގެ ގޮތުގައި ހިމެނޭ ޑޮމެސްޓިކް ސަބްމެރިން ކޭބަލް ޕްރޮޖެކްޓްގެ މަސައްކަތް ކާމިޔާބުކަމާއި އެކު ނިންމާލާފައިވަނީ 2012 ވަނަ އަހަރުއެވެ. އަދި ދިރާގު ވެގެން ދިޔައީ ރާއްޖޭގައި މިފަދަ ކޭބަލެއް އަޅައި، މުޅި ދިވެހިރާއްޖެއަށް ޚިދުމަތް ފޯރުކޮށްދޭންފެށި ފުރަތަމަ ކުންފުނަޏަށެވެ. ހެޔޮ އަގުގައި މުޅި ރާއްޖެއަށް އެންމެ ޒަމާނީ ޚިދުމަތް ފޯރުކޮށްދީ މުޅިރާއްޖެއަށް ހަމައެކަނި ބޮރޯޑް ބޭންޑު ޚިދުމަތް ފޯރުކޮށްދީފައިވާ ކުންފުންޏަކީ ވެސް ދިރާގެވެ.

މިހާރުވެސް ރާއްޖޭގެ އެންމެ ފުޅާ 4ޖީ ނެޓްވާރކު ޤާއިމުކޮށްފައިވަނީ ދިރާގުންނެވެ. ސަބަބަކީ މިހާރުވެސް ރާއްޖޭގެ އާބާދީގެ %60އަށް 4ޖީ އެލް.ޓީ.އީގެ ޚިދުމަތް ވަނީ ފޯރުކޮށްދީފައެވެ. އަދި2015ވަނަ އަހަރު ދިރާގުން ވަނީ މީހުންދިރިއުޅޭ ހުރިހާ ރަށަކަށް 3ޖީ ބްރޯޑްބޭންޑުގެ ޚިދުމަތް ފޯރުކޮށްދީ ފުރިހަމަ 3ޖީ ނެޓްވާކެއް މުޅި ދިވެހިރާއްޖޭގައި ޤާއިމްކޮށްފައެވެ. ރާއްޖޭގައި މުއާސަލާތީ ހިދުމަތްދޭ ކުންފުނިތަކުގެ ތެރެއިން މި މުހިއްމު ލަނޑުދަނޑި ހާސިލުކޮށްފައިވާ ހަމައެކަނި ކުންފުންޏަކީވެސް ދިރާގެވެ. އަދި ދިރާގުގެ އަމާޒަކީ 2017 ނިމުމުގެ ކުރިން މުޅިރާއްޖެއަށް 4ޖީގެ ހިދުމަތްވެސް ފޯރުކޮށްދިނުމަށެވެ.

ރާއްޖެއަށް 4ޖީގެ ޚިދުމަތް ތައާރަފުކުރުމަށްފަހު އަތޮޅުތަކަށް މި ޚިދުމަތް ފުޅާކުރުމުގެ މަޝްރޫއު ގެދަށުން މިހާރު ވަނީ ހއ. ދިއްދޫ، އައްޑޫ ސިޓީ، ޏ، ފުވައްމުލައް، ގއ. ވިލިނގިލި، ގދ ތިނަދޫ، ޅ. ނައިފަރު، ޅ.ހިއްނަވަރު، ރ.ދުވާފަރު، ލ.މަތިމަރަދޫ، ލ.ތުންޑި، ނ.ވެލިދޫ، ދ.ކުޑަހުވަދޫ އަދި ހދ. ކުޅުދުއްފުށީގައިވެސް މިޚިދުމަތް ރަސްމީކޮށް އިފްތިތާޙްކޮށްފައެވެ. މިއާއެކު މިހާރު ރާއްޖޭގެ އާބާދީގެ %60 އަށް އެލްޓީއީ 4ޖީ ޚިދުމަތްދެވިފައިވާއިރު، ދިރާގުގެ 4ޖީ ނެޓްވޯރކަކީ މިހާރު ރާއްޖޭގެ އެއްމެބޮޑު އަދި އެއްމެ ހަލުވި ސްޕީޑް ލިބޭ 4ޖީ ނެޓްވޯރކެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު