އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެކްސެލް އިން ލައިޝާ މަޅީގައި ޖައްސައި ދިވެހިންގެ ޞިއްޙަތު "ކަތިލަނީ"!

އެކްސެލް އިން ލައިޝާ މަޅީގައި ޖައްސައި ދިވެހިންގެ ޞިއްޙަތު "ކަތިލަނީ"!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 10 ސިކުންތު


ދިވެހި ފަންނާނުންނަކީ ރައްޔިތުންގެ ޞިއްހަތަށް ގެއްލުންދޭ ބާވަތްތައް ޕްރަމޯޓް ކުރާ ބައަކަށް ވާނަމަ އެއީ ރައްޔިތުންނަށް ޚާއްޞަކޮށް ޒުވާނުންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއަކަށް ނޫނީ ނުވާނެއެވެ.

ކޮންމެ ޤައުމެއްގައިވެސް ފަންނާނުންނަކީ ގިނަ ބައެއްގެ ތާއީދާއި ތަރުހީބު ލިބިފައިވާ ބައެކެވެ. ފަންނާނުންނަށް ތާއީދުކުރާ "ފޭންސް" ފަންނާނުންގެ އަމަލުތައް ބަލައިގަނެއެވެ. ކޮޕީކުރެއެވެ. ފަންނާނުންގެ ފޮޓޯ ކުރިއަރުވައެވެ. ފަންނާނުންގެ ފޮޓޯއަށް ލޯބިކުރެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން މިއަދުވެސް ބުނީ އެނަރޖީ ޑްރިންކްސް އަކީ ޞިއްހަތަށް ކަނޑައެޅިގެން ގެއްލުންދޭ ބާވަތެއް ކަމަށެވެ. އަދި ޞިއްޙަތަށް ގެއްލުންދޭ ބާވަތްތައް ޕްރަމޯޓު ނުކުރުމަށް އެދޭ ކަމަށެވެ. ޑަބްލިޔޫއެޗްއޯ އިން ގެންދަނީ މިމޭރުމުން ބަޔާންތައް ނެރެމުންނެވެ. ރަތުގެ އިންޒާރުތައް ދެމުންނެވެ.

ހައުސިންގ މިނިސްޓަރު ޑރ. މުޙައްމަދު މުޢިއްޒު ވަނީ މާލޭސިޓީގެ އާންމު ތަންތަނުގައި އެނަރޖީ ޑްރިންކް އިޝްތިހާރުކޮށް ޕްރަމޯޓް ކުރަން ހުއްދަ ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ. ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް ވަނީ އެނަރޖީ ދްރިންކް އިޝްތިހާރު ނުކުރުމަށް އެދިވަޑައިގެންފައެވެ. ހެލްތް މިނިސްޓަރުކަމުގައި ހުންނަވައި އިރްތިޝާމް އާދަމް ވަނީ އެނަރޖީ ޑްރިންކްސް އިން ޞިއވހަތަށް ލިބޭ ގެއްލުންތައް އެތައް ފަހަރަކު ބަޔާންކޮށް ދެއްވައިފައެވެ.

އެކްްސެލް އިން އެވަނީ ވަރަށް ބޮޑު "އެޑްވާންޓޭޖެއް" ނަަގައިފައެވެ. ރާއްޖޭގެ ޒުވާނުންގެ މެދުގައި މިހާރު އެންމެ މަޤްބޫލު ލަވަންކިޔުންތެރިންގެ ތެރޭގައި ހިމެނޭ ލައިޝާ މަޅީގައި ޖައްސާފައެވެ. ލައިޝާގެ ފޮޓޯ ދަޅުގައި ޖަހައިގެން ދިވެހި ޒުވާނުންގެ ޞިއްޙަތަށް ގެއްލުން ދިނުމަށް ޚާއްޞަ ަމސައްކަތްތަކެއް ފަށައިފައެވެ.

ލައިޝާގެ ފޮޓޯގެ އިތުރުން ދުނިޔޭގެ ރައީސް ޓްރަމްޕާއި އިސްލާމީ އުންމަތުގެ ރަސްގެފާނު ސަލްމާން ރަސްގެފާނާއި ރާއްޖޭގެ ރައީސް ޔާމީނުގެ ފޮޓޯފުޅު ޖަހައި ފަނޑިޔާރުންގެ މޭޒުކޮޅުތަކާއި ކޮންމެ ގެއެއްގެ މޭޒުމަތީގައި އެނަރޖީ ޑްރިންކް ބެހެއްޓި ނަމަވެސް އެ ބޮއިގެން ޞިއްޙަތަށް ލިބޭނީ ހަމަ ގެއްލުމެވެ. ބޭރުގައި ޖަހާ ފޮޓޯއަކުން އެތެރޭގައި ހުންނަ ތަކެތި އުފައްދަން ބޭނުންކުރި ތަކެއްޗަށް ބަދަލު ނުއަންނާނެތީއެވެ.

އެނަރޛީ ޑްރިންކުގެ ސަބަބުން ހަކުރު ބައްޔާއި އެނޫންވެސް ބަލިތައް ޖެހުމަށް މަގުފަހިވާއިރު ރާއްޖޭގައި އެންމެ ބާރަށް ފެތުރެމުންދާ ގައިން ގައަށް ނާރާ ބައްޔަކީ ހަކުރުބަލިކަން މިވަނީ މިހާރުވެސް ފާހަގަކުރެވިފައެވެ.

އެހެންކަމުން ބައަކު ފައިސާ ކޮޅެއް ދިން ނަމަވެސް ޞިއްހަތަށް ގެއްލުން ލިބޭ މިފަދަ ބާވަތްތައް އިޝްތިހާރުކުރުމުގައި ދިވެހި ފަންނާނުންނާއި މީޑިއާތައް އިތުރަށް ވިސްނާލައި ރައްޔިތުންގެ ޞިއްހަތަށް އިސްކަން ދިނުމަކީ މުޅި ދިވެހި އުންމަތަށް ކޮށްދެވޭނެ ވަރަށް ބޮޑު ޚިދުމަތަކަށް ވާނެއެވެ. އަދި އެފަރާތްތަކުގެ އެންމެ ބޮޑު އެއް އިޖުތިމާޢީ ޒިންމާވެސްމެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް