އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަހަ ދައްކާނެ ކަމަށް ބުނުމުން މެންދުރު ނުކައި ބަންގާޅީން ދިއުމުން ކުޑަކުދިން ބާކީވެއްޖެ!

ރަހަ ދައްކާނެ ކަމަށް ބުނުމުން މެންދުރު ނުކައި ބަންގާޅީން ދިއުމުން ކުޑަކުދިން ބާކީވެއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 4 ސިކުންތު

ކުޑަކުދިންގެ ހަވީރުގެ ނަމުގައި ހަރަކާތްތައް ހިންގަނީ ކުޑަކުދިންނަށް ކަންކަމުގެ ފުރުޞަތު ދިނުމަށެވެ. އެކުދިންނަށް ހިތްހަމަޖެހުމާއި އުފާ ހޯދައި ދިނުމަށެވެ. އެކުދިން ކުރަން ބޭނުންވާ ކަންކަން ކޮށްދީ އުފާކޮށްދިނުމަށެވެ.

އެހެންކަމުން މިފަދަ ކަންކަމުގައި ބޮޑެތި މީހުންނަށް ބައިވެރިވެވޭ ކަންކަން ހުރި ނަމަވެސް އިސްކަން ދޭންޖެހޭނީ ވެސް އަދި ފުރަތަމަ ފުރުޞަތު ލިބެންޖެހޭނީ ކުޑަކުދިންނަށެވެ ނަމަވެސް މިހާރު މިފެންނަނީ ކަންކަން މުޅިން ބަދަލުވަމުން އަންނަ ތަނެވެ.

ކުޑަކުދިންގެ ހަވީރެއްގައި ހިންގާ ހަރަކާތްތަކުގައި ކުޑަކުދިންނަށް އިސްކަން ދިނުމަކީ މަޖުބޫރުން ކުރުވަންޖެހޭނެ ކަމެއް ނޫނެވެ. އެކަމުގައި ބައިވެރިވާ ބޮޑެތި މީހުން އަމިއްލައަށް ވިސްނައިގެން ކުރަންޖެހޭނެ ކަމެކެވެ. އިންސާނީ އަޚްލާޤުގެ ތެރެއިން އަމިއްލައަށް އިސްނަގައިގެން ކުރަންޖެހޭނެ ކަމެކެވެ. ނަމަވެސް އެފަދަ ކަންކަން ވިސްނޭނީ އަދި އެފަދަ ކަންކަމަށް އަމަލުކުރާނީ ވެސް އިންސާނީ ސުލޫކުހުންނަ ބައެކެވެ.

އިއްޔެ އާޓިފިޝަލް ބީޗުން ފެނުނު މަންޒަރުތަކާއިމެދު ގިނަ ބައަކު ކަންބޮޑުވެއެވެ. ކުޑަކުދިންގެ ހަވީރެއް ބާއްވައި ރަހަ ދައްކާނެ ކަަމަށް އިއުލާނުކުރުމުން އެތައް ސަތޭކަ ބަންގާޅީން އެތަނަށް ދިއައީ މެންދުރު ނުކައި ތިބެގެންކަމަށްވުން ވަރަށް ކައިރިއެވެ.

ކުޑަކުދިންތައް ކޮށްޕައި ގަޅުވަމުން ކުރިއަރައި މުޅި ސަރަހައްދަށް ވެރިވެގެން ތިބުމުން ދަރިން އެދުނު ނަމަވެސް ގިނަ ބެލެނިވެރިންނަށް އެކަން ކޮށްދެވޭނެ ގޮތެއް ނުވިއެވެ. މިފަދަ ހަރަކާތްތަކަށް ދަރިން ގޮވައިގެން ގިނައިން ދަނީ އަންހެން ކަނބަލުން ކަމަށްވުމުން ބަންގާޅިންތަކަށްވުރެ ގަދަ ބަދަވިކަން ދައްކައިގެން ކައިރިވުމުގެ ފުރުޞަތު ނެތުމުންނެވެ.

ރަހަ ދައްކަން ތިބީ ވެސް ބަންގާޅީންނެވެ. އެހެންކަމުން ކޮއްޕައި ގަދަބާރުން ކަައިރިވަމުން ދިއަ ބަންގާޅީންނަށް އޮގޮތަށް ކަންކަން ނުކުރަން އަންގާނެ މީހަކު ނެތެވެ. ކުޑަކުދިންނަށް ފުރުޞަތު ދިނުމަށް ބުނެލާނެ މީހަކު ނުފެނުނެވެ.

ގަދަހަދާފައި ވަދެގަނެގެން ރަހަ ބެލިއިރު ބަންގާޅީންނަކީ މިފަދަ ބާވަތެއް ގަންނާނެ ބައެއްވެސް ނޫނެވެ. އެހެންކަމުން ބަންގާޅީންނަށް ރަހަ ދެއްކުމަކީ މުދަލެއް ޕްރަމޯޓްވާނެ ކަމެއްވެސް ނޫނެވެ.

އެގޮތަށް މެދުވެރިވީ އެ ހަރަކާތަކީ އެތައް ދުވަހަކު ނުކައި ތިބި ބަކަރިތަކަކަށް އުކައިލެވޭ ފަތްތަކަކަށްވެދާނެ ކަމަށް ހަރަކާތް އިންތިޒާމުކުރި ފަރާތަށް ކުރިން ނުވިސްނި އޮތުމުން ކަމަށް ޤަބޫލުކުރެވެއެވެ. އެހެންކަމުން މިފަދަ ތަޖުރިބާތަކަށް ބަލައި ކުރިއަށް އޮތްތަނުގައި ކޮންމެ ފަރާތަކުން ނަމަވެސް ކަންކަން ރާވާއިރު ކަންކަން ރަނގަޅުކުރުމަކީ މުހިންމު ކަމެކެވެ.

އެހެންކަމުން މިފަދަ ހަރަކާތްތައް ރާއްޖޭގައި އިންތިޒާމުކުރާއިރު ބަންގާޅީންނަށް ޚިދުމަތް ދޭނެ ވަކި "ބަދިގެއެއް" ބަހައްޓަން މިހާރު މިވަނީ މަޖުބޫރުވެފައިކަން ފާހަގަކުރެވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް







sanpa 2016-12-24 16:35:08

Ehenthaa vaanee mulhi qaumuga bangaalheen viyyaa dhivehin v bodah mikamaai medhuga visnan vejje natheejaa v hithikoh dhivehinnah fenimakee maadhuregga oiy kameh noon!!!

ޢަލިދީދީއައްޑޫސިޓީ 2016-12-24 18:58:21

ހުކުރު ދުވަހު ހުކުރު ނަމާދަށް މިސްކިތަށް ދާއިރު މުޅި މިސްކިތުގައިވެސް ތިބެނީ ހަމަ ތިޔަ ވިދާޅުވާ ބަންގްލާދޭޝް މީހުން. މިސްކިތުން ނިމިގެން ގެއަށް އަންނަ އިރު ގޭގައި ކާން ހަދައިދީ ތަށިތައް ދޮވެ ފެންދޭން ވެސް ހުންނަނީ ހަމަ އެ ބަންގްލާދޭޝް މީހެއް. ތިމާ ދުއްވާ ސަވާރީ ފޮހެދީ ތިމާގެ އަންނައުނު ދޮވެދީ އިސްތިރިކޮށްދެނީ ވެސް ހަމަ އެއިން ބަންގްލާދޭޝް މީހެއް. ގޭގައި ކޮންމެ ދުވަހަކު ހުންނަ ކުނި ކޮތަޅު އުކާލަދެނީ ވެސް ހަމަ އެއިން ބަންގްލާދޭޝް މީހެއް. އެއީ އަހަރުމެން ދިވެހިން ކަހަލަ މުސްލިމުން. އެއްވެސް ހާލެއްގައި އެއީ, "ނުކައިތިބި ބަކަރިތަކެއް" ގެ މިސާލުން މިސާޅު ޖަހަންޖެހޭފަދަ ބައެއް ނޫން. އަދި ކިއެއްތަ އެމީހުނަށް ތިޔަހާ ދަށުދަރަޖައިގަ ތިޔަ މުޚާޠަބުކުރެއްވީ އެއީ ހަމަ ކަނޑައެޅިގެން އިސްލާމީ ރިވެތި އަޚްލާޤުން ބޭރުން. އެހެންކަމުން ލަޠީފުގެ މި އާރޓިކަލް އަށް ވަރަށް ނުރުހުންވާ ވާހަކަ ދަންނަވާލަން. މިކޮމެންޓް ޝާއިޢު ނުކުރެއްވިޔަސް މިއީ ތެދު ޙަޤީގަތް.


އަބްދުއްލަތީފް