ހައުސިންގ މިނިސްޓްރީގަ ހުރި މިލިއަނަކަށްވުރެ ގިނަ ކުރެހުން އާކައިވް ކުރަން ހަވާލުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
ހައުސިންގ މިނިސްޓްރީގަ ހުރި މިލިއަނަކަށްވުރެ ގިނަ ކުރެހުން އާކައިވް ކުރަން ހަވާލުކޮށްފި

ހައުސިންގ މިނިސްޓްރީގައި ހުރި މިލިއަނަކަށް ވުރެ ގިނަ ކުރެހުންތައް ޑިޖިޓަލްކޮށް އާކައިވްކުރަން ހަވާލުކޮށްފިއެވެ.
ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވީ ގެދޮރު އެޅުމަށްޓަކައި ފާއިތުވި 40 ވަރަކަށް އަަހަރުތެރޭގައި ފާސްކޮށްފައިވާ ކުރެހުންތަކުގެ އަދަދު މިލިއަނަކަށްވުރެ ގިނަ ކަމަށެވެ. އެހެންކަމުން އެކުރެހުންތައް އާކައިވްކޮށް ސިސްޓަމެއްގެ ތެރެއިން ފެންނަން ހުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
ޑރ. މުޢިއްޒު ވިދާޅުވީ ޑިޖިޓަލްކޮށް އާކައިވް ކުރުމުން ކިތަންމެ ގިނަ އަހަރުތަކަކަށްފަހުވެސް ކުރެހުމަށް ބަދަލެއް ގެންނަން ބޭނުންވެއްޖެނަމަ އެކަން ފަސޭހައިން ކުރެވޭނެ ކަމަށެވެ. އެހެންކަމުން މިޚިދުމަތުގެ ސަބަބުން ޢާންމު ރައްޔިތުންނަށް ވަރަށް ބޮޑެތި ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
އަންނަ އަަހަރުގެ މެދެއްހައި ތަނުގައި މިޚިދުމަތް ފުރިހަމަކުރެވިގެން ދާނެ ކަމަށްވެސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
މިއަދު އޮންލައިން