އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފަސޭހަކަމާ އެކު ޑޮލަރު ފޯރުކޮށްދިނުމަށް ބީއެމްއެލްއިން އާ ނިޒާމެއް ތައާރަފްކޮށްފި

ފަސޭހަކަމާ އެކު ޑޮލަރު ފޯރުކޮށްދިނުމަށް ބީއެމްއެލްއިން އާ ނިޒާމެއް ތައާރަފްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 24 ސިކުންތު

8 ޖަނަވަރީ، މާދަމާ އިން ފެށިގެން، ފަސޭހަކަމާ އެކު ޑޮލަރު ފޯރުކޮށްދެވޭނެ އާ ނިޒާމެއް ބޭންކް އޮފް މޯލްޑިވްސްއިން ތައާރަފްކޮށްފިއެވެ.

ބީއެމްއެލް އިން މިއަދު ބުނީ މި ބަދަލާއިއެކު ރާއްޖެއިން ބޭރަށްދާ ދިވެހިންނަށް ވިއްކާ ޑޮލަރު ގަތުމަށް ބޭނުންވާ ފަރާތްތަކަށް މިހާރު އޮންލައިން ޕޯޓަލް އެއް މެދުވެރިކޮށް ފައިސާ ދެއްކޭނެ ކަމަށާއި މި ގޮތުން ކޮންމެ ދަތުރުވެރިއަކަށް ގިނަވެގެން ފައިސާ ދެއްކޭނީ 500 ޑޮލާރާ ހަމައަށް ކަމަށެވެ. އަދި ފުރުމަށް ޗެކްއިން ވުމަށް ފަހު، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ޑޮލަރު ދޫކުރުމަށް ޚާއްސަކޮށްފައިވާ ކައުންޓަރުތަކުން ޑޮލަރު ލިބޭނެ ކަމަށެވެ.

އޮންލައިންކޮށް ބުކިންގ ނުހެދޭ ފަރާތްތަކަށް، އެއަރޕޯޓުން ޑޮލަރު ލިބޭގޮތަށް ބީއެމްއެލްގެ ކޮންމެ ބްރާންޗަކުންވެސް ޑޮލަރު ގަތުމަށް ފައިސާ ދެއްކޭނެ ކަމަށާއި ރާއްޖޭގެ އެހެން އިންޓަނޭޝަނަލް އެއަރޕޯޓަކުން ދަތުރުކުރާ ނަމަ، އެއަރޕޯޓާ އެންމެ ކައިރި ބްރާންޗަކަށް ދިއުމުން ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ.

ޑޮލަރު ގަތުމަށް އަލަށް ތައާރަފް ކުރެވުނު ނިޒާމުގެ އެކި މަރުހަލާތަކުގައި އަމަލުކުރާނެ ގޮތުގެ މައުލޫމާތު އަދި މިކަމާ ގުޅޭ ވީޑިއޯއެއް މިހާރު ބޭންކްގެ ވެބްސައިޓުގައި ވަނީ ޝާއިއުކޮށްފައެވެ. ވީޑިއޯ ބެލުމަށް ބޭންކް އޮފް މޯލްޑިވްސްގެ ވެބްސައިޓް www.bankofmaldives.com.mv އަށް ވަދެ އޮންލައިން ޕޯޓަލްއަށް ލޮގްއިންވާށެވެ. އެއަށްފަހު ދަތުރުކުރާ ފަރާތްތަކުގެ މައުލޫމާތާއި ޕާސްޕޯޓް ނަންބަރު އަދި ފްލައިޓްގެ މައުލޫމާތު ޕޯޓަލްއަށް އެންޓަރކުރާށެވެ. ބުކިންގ އެއްގައި ހިމެނޭނީ ގިނަވެގެން 5 ދަތުރުވެރިންނެވެ.

ބޮޑު ޗުއްޓީގައި ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެހިންނަށް ޑޮލަރު ފޯރުކޮށްދިނުމުގެ މަސައްކަތް ކާމިޔާބުކަމާ އެކު އެމްއެމްއޭއިން ވަނީ ކުރިއަށް ގެންގޮސްފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު