އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފިރިމިހާ ނުރުހޭ މީހުންނާ ފޯނުންވެސް ގުޅުން ބޭއްވުން ހުއްދައެއް ނޫން: ޝައިޚް މުޙައްމަދު މަންޞޫރު

ފިރިމިހާ ނުރުހޭ މީހުންނާ ފޯނުންވެސް ގުޅުން ބޭއްވުން ހުއްދައެއް ނޫން: ޝައިޚް މުޙައްމަދު މަންޞޫރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 47 ސިކުންތު

ފިރިމީހާ ނުރުހޭ މީހުންނާއިއެކު ފޯނުން ނަމަވެސް ގުޅުން ބޭއްވުމަކީ އަނބިންނަށް ހުއްދަ ކަމެއް ނޫންކަމަށް އައްޝައިޚް މުޙައްމަދު މަންޞޫރު ވިދާޅުވެއްޖެއެވެ.

ޝައިޚް މަންޞޫރު ވިދާޅުވީ ފިރިމީހާ ނުރުހޭ މީހުން ގެއަށް ވެއްދުން ހުއްދަނުވާތީ ގެއަށް ނުވައްދައި ފޯނުން ތަފާތު ވަސީލަތްތައް ބޭނުންކޮށްގެން ބައެއް އަނބިން މުޢާމަލާތުކުރާ ކަމަށެވެ. ނަމަވެސް އެފަދަ އެއްވެސް ގުޅުމެއް ބޭއްވުމަކީ ހުއްދަކަމެއް ނޫން ކަމަށެވެ. "ފިރިމީހާ ނުރުހޭ މީހަކާ ފޭސްބުކުންވެސް ވައިބަރއިންވެސް އެހެން ގޮތަކުންވެސް ވާހަކައެއް ނުދެއްކޭނެ. ފިރިމިހާ ނުރުހޭ މީހާ ގެއަށް ނުވެއްދޭ ފަދައިން މުވާސަލާތީ ގުޅުމެއްވެސް ނުބޭއްވޭނެ."

ޝައިޚް މަންޞޫރު ވިދާޅުވީ ހިލޭ ފިރިހެނުންނާއިއެކު އެކި ގޮތްގޮތުން މުވާސަލާތުކުރުމަށްފަހު އެއީ "ބެސްޓްފްރެންޑް" ކަމަށް ބައެއް އަނބިން ބުނާ ކަމަށާއި "ބެސްޓްފްރެންޑުން" ނުތިބޭނެ ކަމަށެވެ. "މަޑުމަޑުން ގޮސް ބެސްޓްފްރެންޑާހުރެ ކައިވެނި ރޫޅޭނީ. ހުރިހާ ގެއްލުމެއް ގިނަ ފަހަރު ލިބޭނީ އަންހެނުންނަށް."

ފިރިމީހާ މަނާކުރާ ކަންކަން ކުރުމަށްފަހު އެއީ ތިމާއަށް ލިބިފައިވާ އިންސާނީ ހައްޤެއް ކަމަށް ބުނާ އަންހެނުންވެސް އެބައުޅޭ ކަމަށާއި ނަމަވެސް އިސްލާމް ދީނުގެ ހަމަތަކުގެމަތިން ފިރިމީހާ ކުރާ އަމުރަށް ކިޔަމަންތެރިނުވުމަށް ދެއްކޭނެ އެއްވެސް އުޒުރެއް ނުއޮންނާނެ ކަމަށް ވެސް ޝައިޚް މަންޞޫރު ވިދާޅުވިއެވެ.

ޝައިޚް މަންޞޫރު ވިދާޅުވީ ފިރިމިހާގެ ރުހުން ލިބިގެންވާ އަންބަކު އެގޮތުގައި މަރުވެއްޖެނަމަ ސުވަރުގެ ލިބޭނެކަމަށް ކައުއިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވާ ކަމަށެވެ. "ކިހާ މަތިވެރި ނިއުމަތެއްތޯ ސުވަރުގެ ލިބުން. ހަދީޘްފުޅަކު ނެތް ބެސްޓްފްރެންޑުގެ ނޫނީ އެހެން އެއްވެސް މީހެއްގެ ވާހަކައެއް."

ޝައިޚް މަންޞޫރު ވިދާޅުވީ 4 ކަމެއް ފުރިހަމަވެގެންވާ އަންހެނުންނަށް އެނާ އެދޭ ދޮރަކުން ސުވަރުގެ ވަނުމުގެ ފުރުޞަތު މާތްﷲ ދެއްވަވާނެ ކަަމަށެވެ. "އެއީ 1 ނަމާދުކުރުން. 2 ރޯދަ ހިފުން 3 ހިލޭ ފިރިހެނުންނާ ގުޅުން ނުބޭއްވުން. 4 ފިރިމީހާއަށް ކިޔަމަންތެރިވުން. މި 4 ކަންތައް ފުރިހަމަވެއްޖެނަމަ އެ އަންހެނަކަށް އޭނާ އެދޭކޮންމެ ދޮރުކޮޅަކުން ސުވަރުގެ ވަދެވޭނެ."

ޝައިޚް މަންޞޫރު މިމޭރުމުން ދަރުސް ދެއްވީ މިއަދުގެ ޢަޞްރު ނަމާދަށްފަހު މަސްޖިދް މުޙައްމަދު ބިން ޢަބްދުﷲ، ވިޔަފާރިވެރިންެގ މިސްކިތުގައި ދަރުސް ދެއްވަމުންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް