އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

52 ކިލޯ ގެރިމަސް ފަޤީރަކަށް ހޭދަކުރި މީހަކު ކޮންމެހެން ކުރަންޖެހޭ ނުރައްކާތެރި އޮޕަރޭޝަނަކުން ސަލާމަތްވެއްޖެ!

52 ކިލޯ ގެރިމަސް ފަޤީރަކަށް ހޭދަކުރި މީހަކު ކޮންމެހެން ކުރަންޖެހޭ ނުރައްކާތެރި އޮޕަރޭޝަނަކުން ސަލާމަތްވެއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 16 ސިކުންތު

"އޭނާއަކީ އިނގިރޭސިވިލާތުގެ އަވަށެއްގެ މީހެކެވެ. އޭނާ ލަންޑަނަށް ދިއައީ ވަރަށް ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހިގެން އެކަމަށް ހައްލެއް ލިބޭތޯއެވެ.

ލަންޑަންގެ ޑޮކްޓަރުން ބެލުމަށްފަހުވެސް ބުނީ ވަރަށް ބޮޑު އޮޕަރޭޝަނެއް ކުރަންޖެހޭ ކަމަށާއި އަދި އޮޕަރޭޝަނަކީ ކާމިޔާބުވުމުގެ ފުރުޞަތުވެސް އެހައި ބޮޑު އޮޕަރޭޝަނެއް ނޫން ކަމަށާއި އޮޕަރޭޝަން ކުރުން ލަސްކޮށްފިނަމަ އަދި އިތުރަށް ނުރައްކާވާނެ ކަމަށެވެ.

އޭނާ ނިންމީ އަވަށަށް ގޮސް އެންމެންނާ ސަލާންކޮށް ހިތްހަލާލު ހޯދައިގެން އައިސް އޮޕަރޭޝަން ކުރުމަށެވެ. އެ ބޭނުމުގައި އަވަށަށް ގޮސް އެންމެންގެ ހިތް ހަލާލު ހޯދުމަށްފަހު އެނބުރި ލަންޑަނަށްދާން އުޅެނިކޮށް ގެރިމަސް ވިއްކާ ފިހާރައެއް ކައިރިން ފެނުނީ މަސް ނެތް ކަށިތައް ހޮވައި ކޮތަޅަކަށް އަޅަމުންދިއަ އަންހެނަކާއިއެވެ.

އެއީ ކީއްކުރަން ކުރާ ކަމެއްތޯ ސުވާލުކުރުމުން އޭނާ ބުނީ އޭނާއަކީ މަސްގަނެވޭ ވަރުގެ ފޯރުންތެރިއެއް ނޫންކަމަށާއި ކަށިތައް ގެންގޮސް ފެނުކައްކައިލުމުން ލިބޭ ދިޔަ ފޮދުން ފުއްދައިލަނީ ކަމަށެވެ.

އެއަޑުއަހާފައި އޭނާ ނިންމީ އަންހެން މީހާއަށް އެހީތެރިވުމަށެވެ. އެހެންކަމުން ފިހާރައިގެ ސޭޓާއި ވާހަކަ ދެއްކުމަށްފަހު އެއް އަހަރު ދުވަހަށް ބަލައި އަހަރުގެ 12 މަހުގެ ކޮންމެ ހަފްތާއަކު މަސްކިލޯއެއް އޭނާއަށް ދެވޭނެ އަދަދު ހޯދުމަށްފަހު އެ އަދަދަށް ފިހާރައަށް ފައިސާ ދެއްކިއެވެ. އަދި ކޮންމެ ހަފްތާއަކު މަސްކިލޯއެއް ބަލައި އައުމުން ލިބޭނެ ގޮތް ހަމަޖެއްސިއެވެ.

އަހަރަކު މިއަންނަނީ 52 ހަފްތާއެވެ. އެހެންކަމުން އޭނާ ހަމަޖައްސައިދިނީ 52 ކިލޯ ގެރިމަސް އޭނާއަށް ލިބޭނެ ގޮތެވެ. 52 ކިލޯ ގެރިމަހުގެ އަގެވެ.

އޭނާ އެގޮތަށް ކަންތައް ކުރީ އޮޕަރޭޝަން ކުރުމުގައި އޭނާ މަރުވި ނަމަވެސް އަހަރެއް ވަންވަންދެން އަންހެން މީހާއަށް މަސްކާން ލިބޭނެ ގޮތް ހަދައިދިނުމަށެވެ.

އެއަށްފަހު އޭނާ ލަންޑަނަށް ގޮސް ޑޮކްޓަރުންނާއި ބައްދަލުކޮށް އޮޕަރޭޝަން ކުރުމަށްޓަކައި ހަދަންޖެހޭ ޓެސްޓްތައް ހެދިއެވެ. އެއްފަހަރު ހެދުމުން ލިބުނު ރިޕޯޓްތައް ޑޮކްޓަރުންނަށް ޤަބޫލު ނުކުރެވިގެން ދެވަނަ ފަހަރަށްވެސް ހެއްދުވިއެވެ. ލިބުނީ ހަމަ އެއް ނަތީޖާއެކެވެ.

އެއަށްފަހު ޑޮކްޓަރުންގެ ސުވާލަކަށްވީ އޭނާ ފަރުވާ ހޯދީ ކޮން ހޮސްޕިޓަލަކުން އަދި ކޮން ޑޮކްޓަރެއްގެ ކިބައިންތޯއެވެ؟ އެއްވެސް ހޮސްޕިޓަލަކުން އަދި އެއްވެސް ޑޮކްޓަރެއްގެ ކިބައިން އެއްވެސް ފަރުވާއެއް ނުހޯދާކަމަށް ބުނުމުން ޑޮކްޓަރުންގެ ދެލޯ ދިއައީ "މުދުނަށް" އަރައިގެންނެވެ. ޤަބޫލުކުރަން ދަތިކަމަކަށްވިއެވެ."

މިއަދުނޫހާއި އަލްކައުނު ޓީވީ ގުޅިގެން ކުރިއަށް ގެންދާ ދަރުސް ސިރީޒްގެ ތެރެއިން މަސްޖިދު މުޙައްމަދު ބިން ޢަބްދުﷲ، ވިޔަފާރިވެރިންގެ މިސްކިތުގައި އިއްޔެ ކުރިއަށް ގެންދިއަ ދަރުސް ދެއްވަމުން އައްޝައިޚް އަޒްމަތު ޖަމީލް ވިދާޅުވީ މިއީ ދާދި ފަހުން ހިނގާފައިވާ ހާދިސާއެއް ކަމަށެވެ. އަދި މިފަދަ އިބްރަތްތެރި ހާދިސާތަކުން ފިލާވަޅު ލިބިގަންނަން ޖެހޭނެ ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް