އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤްރްއާން އަތުގަ އޮއްވާ ފެނުނީމާ އެމެރިކާއަށް އަހަރެންމީ ޝައިޠާނެއް. ޤްރްއާން ދުލެއް ނުކުރާނަން: ލިންޑްސޭ!

ޤްރްއާން އަތުގަ އޮއްވާ ފެނުނީމާ އެމެރިކާއަށް އަހަރެންމީ ޝައިޠާނެއް. ޤްރްއާން ދުލެއް ނުކުރާނަން: ލިންޑްސޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 38 ސިކުންތު


އެމެރިކާގެ ފިލްމީ ތަރި ލިންޑްސޭ ލޮހާން ބުނީ ކީރިތި ޤްރްއާން އޭނާގެ އަތުގައި އޮއްވާ ނަގާފައިވާ ފޮޓޯ ސޯޝަލް މީޑިއާގައި ހާމަވުމުން ރައްޓެހިންގެ ކިބައިން ވަނީ ޒަލްޒަލާއެއް ކުރިމަތިވެފައިކަމަށެވެ.

"މިހާރު ހީވަނީ އަހަރެންނަކީ އެމެރިކާއަށް ބީރައްޓެއްސެންހެން. ޤްރްއާން އަހަރެންގެ އަތުގަ އޮއްވާ ފެނުމުން އެމެރިކާއަށް މިހާރު އަހަރެން ފެންނަނީ ޝައިޠާނެއްގެ ސިފައިގަ. އަހަރެންނަށް އެމެރިކާގަ ކެތް ނުކުރެވިގެން އަހަރެން މިހިރީ އިނގިރޭސިވިލާތަށް އައިސް. އަހަރެން ބޭނުން ޤްރްއާން ދަސްކުރަން. އެއީ އަހަރެންގެ އަމިއްލަ ނިންމުމެއް. އެކަމެއް ނުހުއްތުވޭނެ." ލިންޑްސޭ ތުރުކީ ޓީވީއަަކށް ދިން ބަސްދީގަތުމެއްގައި ބުނެފައިވައެވެ.

ލިންޑްސޭ އަތުގައި ކީރިތި ޤްރްއާނުގެ މުޞްހަފެއް އޮއްވައި ވަނީ ފެނިފައެވެ. އެނާ އާއި ސުވާލުކުރުމުން ބުނީ އެއީ އޭނާގެ ރަހްމަތްތެރިއަކު ކިޔަން ދިން ފޮތެއް ކަމަށެވެ.

އޭނާ ބުނީ "އަހަރެން ނިވްޔޯކަށް މި ފޮތް ގެނައީ މި ފޮތް ަދަސްކުރަމުން ގެންދާތީ. މިފޮތުން ގިނަ ކަންތައްތަކެއް ދަސްވެއްޖެ. ރޫޙާނީ ބާރު އެނގިއްޖެ. އަބާރުތައް އަހަރެން މިގެންދަނީ ތަޖުރިބާކުރަމުން. ހަޔާތުގެ ގިނަ ކަންތައްތަކަކަށް ދޮރުހުޅުވައިދީފި މިފޮތުގެ ސަބަބުން ދިރިއުޅުމުގެ ހަޤީޤީ ބޭނުން އަހަރެންނަށް އެނގިއްޖެ. މިއީ އަހަރެންނަކީ ކާކުކަން މިހާރު ބުނެވެން އޮތްވަރަކީ."

ލިންޑްސޭ އިސްލާމް ދީން ޤަބޫލުކުރިކަން އަދި ރަސްމީކޮށް އިއުލާނުކޮށްފައެއް ނުވެއެވެ. ނަމަވެސް މިދިއަ ހަފްތާގައި އޭނާ ވަނީ އިންސްޓަގްރާމްގައި އައްސަލާމްއަލައިކުމް ލިޔެފައެވެ.
އިނގިރޭސި ވިލާތުގެ ނޫހަކަށް ދިން ބަސްދީގަތުމެއްގައި ބުނެފައިވަނީ ކީރިތި ޤްރްއާނުގެ ސަބަބުން އެނާއަށް ކެތްތެރިވާން ދަސްވެއްޖެ ކަމަށެވެ.

ލިންޑްސޭ ގެންދަނީ ތުރުކީ އާއި ސީރިޔާގެ ރިފުޖީންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްތައް ކުރަމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުން ލިންޑްސޭ މިހާރު ހުރީ އަރަބި ބަސް ދަސްކުރުމުގެ ބޭނުމުގައި ޔޫއޭއީގައެވެ.

ބެލެވޭ ގޮތުން ލިންޑްސޭ އިސްލާމް ދީނާއިމެދު ވިސްނަން ފެށީ އޭނާގެ މުސްލިމް "ބޮއިފްރެންޑް"ގެ ސަބަބުންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް