އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފުންނާބު ފަޅައިގެންދާ ކަމަށްވާނަމަ މިގޮތަށް ހައްދަވާ

ފުންނާބު ފަޅައިގެންދާ ކަމަށްވާނަމަ މިގޮތަށް ހައްދަވާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 39 ސިކުންތު

ފުންނާބު ހަލާކުވެ ފަޅައިގެން ދިޔުމަކީ ބައެއް މީހުންނަށް ދިމާވާ ކަމެކެވެ. އެއީ ވޭން އަޅާކަމެކެވެ.

ރީތި އޮމާން ފައިތިލައަކަށް ބޭނުންވާނުވާނީ ކާކުހެއްޔެވެ؟ ފައިތިލަ ރީތިކޮށް ބެހެއްޓުމަށް ސެލޫންތަކަށްކުރާ ޚަރަދު މަދެއް ނޫނެވެ. ފައިތިލަ ނުވަތަ ފުންނާބު ފަޅައިގެން ދާން ދިމާވާ މައިގަނޑު އެއް ސަބަބު ކަމަށްވަނީ ހަން ބޯވެ، ހިކުމުންނެވެ. އޭގެ ސަބަބުން މުޅިފައިތިލައިގެ ރީތިކަމާއި އޮމާންކަން ގެއްލެއެވެ.

މިކަމުން ސަލާމަތް ވުމަށްޓަކައި، ހަށިގަނޑަށް ބޭނުންވާ އޮމެގާ 3 ފެޓީ އެސިޑްސް، ޒިންކް، ވިޓަމިންއީ، ކެލްސިއަމް، އަޔަން ފަދަ މާއްދާތައް ހިމެނޭ ކާނާ ބޭނުން ކުރުމުން ހައްލު ލިބިގެންދާ ކަމަށްވެއެވެ. މީގެ އިތުރަށް ފައިތިލަ ރީތިކޮށް ބެހެއްޓުމަށްޓަކައި، އެކަށީގެންވާ ރަނގަޅު މޮއިސްޗަރައިޒަރ އެއް ބޭނުން ކުރުމަކީ ފުންނާބު ފަޅައިގެން ދިޔުމަށް ހަލެއް ލިބޭ ކަމެއް ކަމަށްވެއެވެ.

ފުންނާބުގެ ހަންބޯވެ ފަޅައިގެންދާ މައްސަލައަށް، ގޭގައި ތިބެގެން ވެސް ފަރުވާ ކުރެވިދާނެއެވެ. އެގޮތުން ތިރީގައި މިވާ ފަރުވާ ކުރެވޭތޯ ބަލަމާ ހިނގާށެވެ.
ގްލައިސެރިން ފަރުވާ

ގްލައިސެރިން އަކީ ރަނގަޅު މޮއިސްޗަރައިޒާއެއްގެ ގޮތުގައި ބޭނުން ކުރުވިދާނެ ފަރުވައެކެވެ. އެކަން ކުރުމަށްޓަކައި ފައިތިލަ ފޮރުވޭވަރުގެ ތާފަނާ ފެން، ހެޔޮވަރު ލިނބޮއެއްގެ ހުތް، މޭޒުމަތީ ސަމުސަލެއްގެ ގްލައިސެރިން، މޭޒުމަތީ ސަމުސަލެއްގެ ރޯޒް ވޯޓަރ، މޭޒުމަތީ ސަމުސަލެއްގެ ލޮނު އަތްފޯރާ ފަށަށް ގެންނާށެވެ. އަދި ފައިތިލަ ގާނަން ބޭނުންކުރާ އެއްޗެއްވެސް ހޯދާށެވެ.

އެއަށްފަހު ގްލައިސެރިންއާއި، ރޯޒް ވޯޓަރ އަދި ލުނބޯހުތްފޮދު ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ތާފަނާ ފެނުގެތެރެއަށް ލޮނުކޮޅު އަޅާލާށެވެ. ދެން އޭގެ ތެރެއަށް ފައިތިލަ ކޮއްޕާލާށެވެ. އަދި 15 ނުވަތަ 20 މިނިޓު ވަންދެން މަޑުކޮށްލާށެވެ.

ފައިތިލައިގެ ހަންގަނޑު ރަނގަޅަށް މަޑުވުމުން ހަނގަނޑު ގާނާއެތިން ހަންތައް ގާނާލާށެވެ. ރަނގަޅަށް ހަންތައް ގޭނުމަށްފަހު އެއްކޮށްފައިހުރި ގްލައިސެރިން މިކްސްޗަރ ފައިތިލައިގައި އުނގުޅާލާށެވެ. ކޮންމެރެއަކު ނިދުމުގެ ކުރިން މި މިކްސްޗަރ ބޭނުން ކުރުމުން ފުންނާބު ފެޅި ފައިތިލަ ހަލާކު ވުމުން ސަލާމަތްވާނެ ކަމަށްވެއެވެ.

ތެޔޮ މަސާޖު

ތެލަކީވެސް ހަންގަނޑަށް ފާއިދާ ހުރި ރަނގަޅު މޮއިސްޗަރައިޒަރ އެކެވެ. މި ފަރުވާ ކުރުމަށްޓަކައި ކާށިތެލާއި، އިސްޓާކީނަކާއި، ތަފާނާފެންފޮދެއް ހޯދާށެވެ.

ރޭގަނޑު ނިދުމުގެ ކުރިން ތާފަނާ ފެނުން ފައިތިލަ ރަނގަޅަށް ދޮވެލާށެވެ. އެއަށްފަހު ކާށިތެޔޮ ބޭނުން ކޮށްގެން ފައިތިލަ މަސާޖުކޮށްލާށެވެ. މަސާޖުކޮށް ނިމުމުން އިސްޓާކީނަށް އަރައިގެން އޮވެ ނިދާށެވެ. މިގޮތަށް ކަންތައް ކުރުމުން ގިނައިރު ވަންދެން ތެލުގެ އަސްރު ހިފެހެއްޓިފައި ހުންނާނެއެވެ. ކާށި ތެލަކީ މުއްސަނދި މޮއިސްޗަރައިޒާއަކަށް ވުމުގެ ސަބަބުން ފުންނާބު ހަލާކުވުމުން ދުރުކޮށްދޭނެއެވެ.

އެލޮވެރާގެ ފަރުވާ

އާންމު ގޮތެއްގައި، އެލޮވެރާއަކީ އޭގެ ޒާތުގައި ހަމުގެ ގިނަ ބަލިތަކަކަށް ފަރުވާ ލިއްބައިދޭ އެއްޗެކެވެ. އެލޮވެރާ ޖެލްގެ ތެރެއަށް ރީނދޫ އަދި މިންޓް ލީފް ފުނޑާލުމަށްފަހު އެއްކޮށްލާށެވެ. އަދި އެ ޕޭސްޓް ފުންނާބުގައި ފަޅައިގެން ގޮސްފައި ހުރި ތަންތަނުގައި އުނގުޅާށެވެ.

މިގޮތަށް އަމަލު ކުރުމުން ފުންނާބު ފަޅައިގެން ދިޔުމުން ސަލާމަތް ކޮށްދޭނެއެވެ. ރީތި ފައިތިލައެއްގެ ވެރިއަކަށްވުމަށްޓަކައި މިގޮތަށް އަމަލު ކުރުމުން ވާނެގޮތް އަމިއްލައަށް ތަޖުރިބާ ކޮށްލުން ކިހިނެއްހެއްޔެވެ؟

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު