އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިރާގުގެ މިދިއަހަރުގެ ސާފު ފައިދާ 16 އިންސައްތަ އިތުރުވެ ލިބުނު އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް އަރައިފި

ދިރާގުގެ މިދިއަހަރުގެ ސާފު ފައިދާ 16 އިންސައްތަ އިތުރުވެ ލިބުނު އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް އަރައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 14 ސިކުންތު

ދިރާގުގެ މިދިއަ އަހަރުގެ ސާފު ފައިދާ ކުރީއަހަރަށްވުރެ 16 އިންސައްތަ އިތުރުވެ ލިބުނު އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް އަރައިފިއެވެ. މިއީ 2015 ވަނަ އަހަރާއި އަޅައި ބަލައިފިނަމަ 226 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. 10 އިންސައްތައިގެ ކުރިއެރުމެކެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ދިރާގުގެ ޗީފް ފިނޭންސް އޮފިސަރ ރޮބިންސް މިއަދު ވިދާޅުވީ މިދިއަ އަހަރުގެ ސާފު ފައިދާއަށް ބަލައިފިނަމަ 840 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި މިއީ 16 އިންސައްތައިގެ ކުރިއެރުމެއް ކަމަށެވެ. އަދި މިދިއަ އަހަރުގެ ފަހު ކްއާޓަރަށް ބަލައިފިނަމަ 643 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި އެއީ ކުރީ ކްއާޓަރާއި އަޅާބަލާއިރު 4 އިންސައްތައިގެ ކުރިއެރުމެއް ކަމަށެވެ. ފަހު ކްއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 187 މިލިއަން ރުފިޔާއެވެ. އަދި ކުރީ އަހަރުގެ ފަހު ކްއާޓަރާއި އަޅާބަލައިފިނަމަ އެއީ 15 އިންސައްތައިގހެ ކުރިއެރުމެއް ކަމަށެވެ.

ރޮބިން ވިދާޅުވީ 2016 ވަނަ އަހަރު ހިއްޞާއަކަށް ސާފުފައިދާގެ ގޮތުގައި ޖެހިފައިވަނީ 05/11 ކަމަށެވެ. އަދި މިއީ ވެސް 15 އިންސައްތައިގެ ކުރިއެރުމެއް ކަމަށެވެ.

ރޮބިން ވިދާޅުވީ މި ފައިދާ ހޯދިފައި މިވަނީ އިތުރަށް އިންވެސްޓްކުރުމާއި އަދި ފެންވަރުމަތިކުރުމަށާއި އިޖުތިމާޢީ ކަންކަމަށް ބޮޑެތި ޚަަރަދުތަކެއް ކުރުމާއިއެކުގައި ކަމަށެވެ. އަދި ދިރާގުގެ ކޭބަލަށް މިދިއަ އަަހަރު ކުރިމަތިވި މައްސަލަތަކުގެ ސަބަބުން ބޮޑެތި ހޭދަތަކެއް ކުރަންޖެހުނުކަންވެސް ރޮބިން ވަނީ ފާހަގަކުރައްވައިފައެވެ.

މިދިއަ އަހަރު ކަސްޓަމަރުންނަށް ދޭ ޚިދުމަތްތައް އިތުރުކުރުމަށްޓަކައި ބޮޑެތި ގިނަ މަސައްކަތްތަކެއް ކުރެވުނުކަންވެސް ރޮބިން ވަނީ ފާހަގަކުރައްވައިފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް