އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފައިން ޓެކްސީގެ ދަތުރުތަކަށް އުރީދޫގެ އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ- މަހަކު 1000 އެމްބީގެ ޑާޓާ ވެސް ހިލޭ!

ފައިން ޓެކްސީގެ ދަތުރުތަކަށް އުރީދޫގެ އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ- މަހަކު 1000 އެމްބީގެ ޑާޓާ ވެސް ހިލޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 9 ސިކުންތު



ފައިން ޓެކްސީ ސެންޓަރުގެ ޓެކްސީ ދަތުރުތަކަށް އުރީދޫ އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ ނިޒާމް ޤާއިމްކޮށް އެކަން މިއަދު އިޢުލާނުކޮށްފިއެވެ. އުރީދޫގެ ހެޑް އޮފީހުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މިކަން އިޢުލާނު ކުރެއްވީ ފައިން ޓެކްސީ ސެންޓަރުގެ ވެރިޔާ، އަޙްމަދު ޝިހާދު އަދި އުރީދޫގެ ހެޑް އޮފް ސޭލްސް ހުސައިން ނިޔާޒު އެވެ.
އުރީދޫއާއި ފައިން ޓެކްސީއާއި ދެމެދު ޤާއިމްކުރެވުނު މި ޕާރޓްނަރޝިޕްގެ ދަށުން ފައިން ޓެކްސީ ސެންޓަރުން ޚިދުމަތްދޭ ހުރިހާ ޓެކްސީއަކަށްވެސް އުރީދޫ އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެއެވެ. މިއާއިއެކު ޓެކްސީ ޚިދުމަތް ބޭނުންކުރައްވާ ހުރިހާ ބޭފުޅުންނަށްވެސް މޯބައިލް ފޯނު މެދުވެރިކޮށްރައްކާތެރިކަމާ ފަސޭހަކަމާއި އެކުވަގުތުން ފައިސާ ދެއްކެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

އ މިރަސްމިއްޔާތުގައި އުރީދޫގެ ހެޑް އޮފް ސޭލްސް، ހުސައިން ނިޔާޒު މިއަދު ވިދާޅުވީ އުރީދޫގެ ޑިޖިޓަލް މޯލްޑިވްސް ތަޞައްވުރާއި ގުޅިގެންދާގޮތުން މޯބައިލް ފޯނު މެދުވެރިކޮށް ރައްކާތެރިކަމާއި ފަސޭހަކަމާއިއެކު ޓެކްސީ ދަތުރުތަކަށް އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހިގެން ދިއުމަކީ އުރީދޫ އިން ވަރަށް ބޮޑަށް އުފާކުރާ ކަމެއް ކަމަށެވެ. "އުރީދޫއިން ހިއްސާކުރާ އާންމު ދިރިއުޅުން ފަސޭހަކުރުމުގެ ތަސައްވުރާއިއެކު، މިގުޅުމުގެ ސަބަބުން އަޅުގަނޑުމެންގެ ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެކަމަށް އަޅުގަނޑުމެން ޔަގީންކުރަން."

މ ފައިން ޓެކްސީ ސެންޓަރުގެ ވެރިޔާ، އަޙްމަދު ޝިހާދު ވިދާޅުވީ
ި ޕާރޓްނަރޝިޕްގެ ދަށުން ޓެކްސީތަކަށް ޑިޖިޓަލީ ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ. އަދި މިޚިދުމަތް ދެވޭ އެންމެ ފުރަތަމަ ސެންޓަރަކަށް ފައިން ޓެކްސީ ވުމަކީ އެސެންޓަރުން ވަރަށް ބޮޑަށް ފަޚުރުވެރިވާ ކަމެއް ކަމަށާއި ފައިސާ މާރު ކުރުމަށް ދިވާ ދަތިތަކަށް ފުރިހަމަ ޙައްލެއް ލިބިދޭ މި ނިޒާމުން ރައްޔިތުންނަށް އިތުރު ފަސޭހަތަކެއްލިބިގެންދާނެ ކަމަށެވެ.

މި ޕާރޓްނަރޝިޕްއާއެކު އުރީދޫ އެމްފައިސާ މެދުވެރިކޮށް ޓެކްސީއަށް ފައިސާ ދައްކަވާ ބޭފުޅުންނަށް މަހަކު 1000 އެމްބީ އާ ހަމައަށް ހިލޭ ޑޭޓާ ލިބޭ ޕްރޮމޯޝަނެއްވެސް ވަނީ ފަށާފައެވެ. އަދި އެމްފައިސާ މެދުވެރިކޮށް ޕްރީޕެއިޑް ރިޗާރޖް ކުރައްވާ ކޮންމެ ފަހަރަކު %25 އިތުރު ކްރެޑިޓް، އެމްފައިސާ މެދުވެރިކޮށް ޕޯސްޓްޕެއިޑް ބިލް ދެއްކެވުމުން ކުރިއަށް އޮތް މަހުގެ ބިލުން %5 ޑިސްކައުންޓް، އަދި ކަނޑައެޅިފައިވާ އެމްފައިސާ މާރޗެންޓްތަކުން ޑިސްކައުންޓް ލިބިވަޑައިގަންނަވާނެއެވެ.

ޑިޖިޓަލް ދިވެހިރާއްޖެއެއް ޤާއިމްކުރުމުގެ ތަޞައްވުރާއިއެކު2016 ވަނަ އަހަރުގެ ޖުލައި މަހު އުރީދޫ އެމްފައިސާ ތަޢާރަފްކޮށްފައިވާއިރު، އުރީދޫގެ އަމާޒަކީ އެމްފައިސާގެޚިދުމަތާއިއެކުދުވަހުން ދުވަހަށް ކުރަންޖެހޭ ފައިސާގެ މުއާމަލާތްތައް ކަސްޓަމަރުންނަށް އިތުރު ފަސޭހަކަމާއި، ރައްކާތެރިކަމާއިއެކު ކުރިއަށްގެންދިއުމުގެ ފުރުސަތު ލިބިގެންދިއުމެވެ. އުރީދޫ އެމްފައިސާ ޚިދުމަތުގައި މޮބައިލް އެކައުންޓް މެދުވެރިކޮށް ކަސްޓަމަރުންނަށް މޮބައިލް ފޯންބޭނުންކުރައްވައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ގާތް ތިމާގެ ބޭފުޅުންނަށް ފައިސާ ފޮނުއްވާ، އުރީދޫ ޕްރީޕެއިޑް އެކައުންޓް ރީޗާރޖް ކުރައްވާ، ވިޔަފާރި ކުރެއްވުމުގެ އިތުރުން ބިލްވެސް ދެއްކެވޭނެއެވެ. މި މޮބައިލް އެކައުންޓަށް އެސްޓީއޯ ފާމަސީތައްފަދަ އުރީދޫ އެމްފައިސާ ޚިދުމަތް ފޯރުކޮށްދޭ ސެންޓަރތައް މެދުވެރިކޮށް، ފައިސާ ޖަމާކޮށް، އެކައުންޓުން ފައިސާ ނެގޭނެއެވެ.
އުރީދޫ އެމްފައިސާގެ ޚިދުމަތް ބޭނުންކުރެއްވުމަށް، ore.do/mmއަށް ޒިޔާރަތްކުރެއްވުމަށް އުރީދޫ އިން އެދެއެވެ.


ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު