އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަސްފަންނުގަ އިތުރު ޚިދުމަތްތަކެއް ތަޢާރަފްކޮށްފި

ރަސްފަންނުގަ އިތުރު ޚިދުމަތްތަކެއް ތަޢާރަފްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 24 ސިކުންތު

ރައްޔިތުންނަށް ގިނަ ޚިދުމަތްތަކެއް ލިބޭ ގޮތައް މިސަރުކާރުން ތަރައްޤީކޮށްފައިވާ ރަސްފަންނުގައި އިތުރު ޚިދުމަތްތަކެއް ތަޢާރަފްކޮށްފިއެވެ.

މިއަދު ތައާރަފްކުރި ޚިދުމަތްތަކަކީ މޫދު ކުޅިވަރު ކުޅެވޭނެ ވަސީލަތްތަކާއި ބާބަކިޔު ހަދަން ބޭނުންކުރާ ސާމާނައި ލުއި ބުއިން ފަދަ ތަކެތި ލިބޭނެ ޓަކްޝޮޕަކާއި އުނދޯލިގެއެވެ.

މޫދުކުޅިވަރު ކުޅޭނެ ވަސީލަތްތައް ޤާއިމުކޮށްދީ އުނދޯލިގެ ތަރައްޤީކޮށްދީފައިވަނީ އެ ސަރަހައްދުގައި މަސްބާނަން ތިބޭނެ ތަނެއްވެސް ހަދައިދިން އެސްޓީއޯ އިންނެވެ.

ހައުސިންގ މިނިސްޓަރ ޑރ. މުޢިއްޒު މިއަދު ވިދާޅުވީ ރަސްފަންނު ތަރައްޤީކުރުމުގައި އެސްޓީއޯ އިންވަނީ ވަރަށް ގިނަ ކަންތައްތަކެއް ހިލޭ ސާބަހަށް ކޮށްދީފައި ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރަސްފަންނަށް ޒިޔާރަތްކުރާ މީހުންނަށް ގިނަ ޚިދުމަތްތަކެއް ލިބެމުން އަންނަ ކަމަށެވެ.

ޓަކްޝޮޕް ތަރައްޤީކުރީ އަދި އެތަން ހިންގާނީ ވެސް އެމްޓީސީސީ އިން ކަމަށްވެސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ޑރ. މުޢިއްޒު ވިދާޅުވީ މިމަހުގެ 7 ވަނަ ދުވަހަކީ ރަސްފަންނު ހުޅުވައި ޚިދުމަތްދޭންފެށިތާ 1 އަހަރު ފުރުނު ދުވަސް ކަމަށާއި އަހަރެއް ފުރުނުއިރު އިތުރު ޚިދުމަތްތަކެއް ތަޢާރަފް ކުރެވުމަކީ ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި އެ ސަރަހައްދުގެ މޫދުގައި ތަރައްޤީކުރާ ޕެވިލިއަންގެ މަސައްކަތްތައް ނިންމައި ވަރަށް އަވަހަށް ނިންމައި ޚިދުމަތްދޭން ފެށުމަށް އެތަން ކުއްޔަށް ހިފާފައިވާ ކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ތޮއްޖެހިބާރުވެފައިވާ މާލޭގައި ޕާކްތައް ހަދައި ރައްޔިތުންނަށް ހިތްހަމަޖެހުން ހޯއްދަވައި ދެއްވުމަށް ރައީސް ޢަބްދުﷲ ޔާމީން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ތެރެއިން ތަރައްޤީކޮށްފައިވާ ރަސްފަންނަކީ އެކަމަށް މިހައިތަނަށް ކުރެވުނު އެންމެ ބޮޑު މަސައްކަތްކަންވެސް ޑރ. މުޢިއްޒު ވަނީ ފާހަގަކުރައްވައިފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް