އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިއަހަރުގެ ސީޒަނަށް ތައްޔާރުވުމަށް ނިއުރޭޑިއަންޓް ހއ. އަތޮޅަށް ފުރަނީ

މިއަހަރުގެ ސީޒަނަށް ތައްޔާރުވުމަށް ނިއުރޭޑިއަންޓް ހއ. އަތޮޅަށް ފުރަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 3 ސިކުންތު

މިއަހަރުގެ ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު ހއ. އަތޮޅަށް މާދަމާ ފުރާނެ ކަމަށް އެ ކުލަބުން ބުނެފިއެވެ.

ނިއު އިން ބުނީ ހއ. ކެލައަށް ކުރާ މިދަތުރުގައި ކެލާގައި އެކުވެރިކަމުގެ ދެމެޗް ކުޅެން ނިންމާފައިވާ ކަމަށާއި މާދަމާއިން ފެށިގެން މިމަހުގެ 18 އާއި ހަމައަށް ކެލާގައިތަމްރީންތައް ކުރިއަށް ގެންދާ އިރު، އެކުވެރިކަމުގެ މެޗުތަކުގައި ކުޅޭނީ ކެލާ އަދިމުރައިދޫ ޓީމާ ދެކޮޅަށް ކަމަށް ނިއު އިން ބުންޏެވެ.

މިއަހަރުގެ ފުޓްބޯޅަ ސީޒަނުގެ ހުރިހާ ތައްޓެއް ކާމިޔާބުކުރުމަށް އަމާޒު ހިފާފައިވާ އިރު، ނިއު އިންވަނީ އެޓީމުގެ ސްކޮޑު ވަރުގަދަ ކުރުމަށް ގޯލްކީޕަރ އިމްރާން މުހައްމަދާއި ފޯވާޑްޢަލީ ފާސިރު (ސެންޓޭ) އާއި މިޑްފީލްޑަރު އަކްރަމް އަބްދުލްޣަނީ އާއި ޑިފެންޑަރު އަހުމަދު އަބްދުﷲ (ލިލީ) އާއި އޭދަފުށީ ޓީމުގެގޯލްކީޕަރ އަބްދުﷲ ޒިޔަޒަންވެސް ގެނެސްފައެވެ.

އަދި ބިދޭސީ 5 ކުޅުންތެރިން ގެނެސްފައިވާ އިރު، އޭގެ ތެރޭގައި ހިމެނެނީ ގާނާގެ ޑިފެންޑަރު ޑެނިއަލްޕަޕޯއާއިނެދަލެންޑްސްގެމިޑްފީލްޑަރު ޖަމެލް ލީފްލޭންގާއި ސްޕެއިންގެ ފޯވާޑް އެޑްރިއަން ގަލާޑޯވަލްޑެސް އަދި ޖަޕާނުގެ މިޑްފީލްޑަރ ކެއިސޫކޭ އޮގާވާގެއިތުރުން މޮންޓެނީގްރޯގެޑިފެންޑަރު ސްޓެފަންމާކޮވިޗެވެ.

މިއަހަރުގެ ފުޓްބޯޅަ ސީޒަން ފެށުމަށް އެފްއޭއެމްއިން ތާވަލުކޮށްފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޚް