އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިވެހިރާއްޖެ ޖީއެމްއާރަށް އަޅުވެތި ކުރުވުމަކީ ކުރި ކުށެއް ނޫންތަ؟

ދިވެހިރާއްޖެ ޖީއެމްއާރަށް އަޅުވެތި ކުރުވުމަކީ ކުރި ކުށެއް ނޫންތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 31 ސިކުންތު

ކުށްކުރުމާއި ކުށް ނުކުރުމަކީ އެމީހަކު ބޭނުން މިންގަނަޑަކުން މިނައި އަދި ކިރައި ހެދިދާނެ ކަމެކެވެ. ކުށްކުރި މީހާ ކޮންމެ ގޮތަކަށް މިނެކިރައި ހެދި ނަމަވެސް އެކަންކަން ވަޒަން ކުރެވޭ މިންގަނޑުތަކެއް ހުރެއެވެ. އެކަންކަން ވަޒަންކުރުމުގެ މިންގަނޑުތައް މާތްﷲ ވަނީ އިންސާނުންގެ ވިސްނުމަށް މިންވަރު ކުރައްވައިފައެވެ.

ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ ބުނާގޮތުން އެއާޕޯޓުން ނަމަވެސް އެހެން ތަނަކުން ނަމަވެސް ރައްޔިތުންގެ އަތުން ޓެކްސްއެއް ނެގޭނީ ރައްޔިތުންގެ މަޖިލީހުން އެކަން ކުރަން ފާސްކޮށްގެންނެވެ. އެއީ ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކުގެ ތެރޭގައި ނުހިމެނޭ ކަމެއް ލިޔެ ޖީއެމްއާރު ކުންފުންޏާއިއެކު އެވީގޮތަކަށް އެއްބަސްވެފައި އޮތުމުގެ ޒިންމާ ދިވެހި ރައްޔިތުންނަށް އުފުލަން ޖެއްސޭނެ އެއްވެސް ކޯޓެއް ދުނިޔެއަކު ނެތެވެ. އެހެންކަމާއިއެކުވެސް 25 ޑޮލަރެއްގެ އުޤޫބާތް ޖީއެމްއާރުން ކަނޑައެޅުމުން ރައީސް ނަޝީދު ވަނީ އެ އުޤޫބާތް ދިވެހިރައްޔިތުންގެ މައްޗަށް ތަންފިޒުކުރައްވާފައެވެ. އެމްއޭސީއެލްއަށް ލިބެންޖެހޭ ފައިސާ އިން އެ އަދަދު އުނިކޮށް ޖީއެމްއާރު އަމިއްލައަށް ކުރި ޙުކުމް އެމްއޭސީއެލްގެ މައްޗަށް ތަންފީޒުކުރައްވައިފައެވެ.
މިއީ ރައިސް ނަޝީދު ކުރެއްެވެވި އެންމެ ބޮޑު އެއް ކުށެވެ.

ދެވަނަ ކުށުގެ މިންވަރު ދިރާސާކުރައްވާނީ ރައްޔިތުންނެވެ. ޖީއެމްއާރުގެ އެއްބަސްވުމުގައި ސަފުބަހުން ލިޔެފައި އޮތީ އެއާޕޯޓްގައި އަޅާ ޓަރމިނަލް އެޅުމުގެ މަސައްކަތްތައް ކުރިއަށް ގެންދަން ޖެހޭނީ ސަރުކާރުން ހުއްދަދޭ ސަރަހައްދެއްގައި ހުއްދަ ދޭ ގޮތަކަށް ކަމަށެވެ. އެހައި ސާފުކޮށް ލިޔެ ބަޔާންކޮށްފައި އޮއްވައި އެއްވެސް ހުއްދައެއް ނުހޯދައި ދެވަނަ ޓަރމިނަލެއް އަޅަން މަސައްކަތްފަށައި ކޮންކްރީޓް ކުރީ ރައީސް ނަޝީދު ކިހައިވަރަކަށް ޖީއެމްއާރަށް އަޅުވެތިވެފައި ހުރުމުން ކަމާއިމެދު އުފެދޭ ސުވާލަކީ ދެވަނަ ކުށެވެ.

ޖީއެމްއާރުކުންފުނިން ދެވަނަ ޓަރމިނަލް އަޅަން ފެށުމުން އެކަން އެކުރަނީ އެއްބަސްވުމުގެދަށުން ނަގަން ޖެހޭ ހުއްދަތައް ނުހޯދައި ކަމަށް ވިދާޅުވެ ހަމަ ރައީސް ނަޝީދުގެ ސަރުކާރުގެ އިސްވެރިން ދެއްވި މައުލޫމާތާއި އިންޓަރވިޔުތައް ނޫސްވެރިންގެ އަތުގައި މިހާރުވެސް އެބަހުއްޓެވެ. ޖީއެމްއާރުގެ ނުފޫޒު ގަދަވެ ޤައުމުގެ މިނިވަންކަމަށް ހުރަސްއެޅިގެން ހިނގައިދާނެކަމުގެ ބިރު އޮތްކަން ހާމަކުރެއްވީ ހަމަ އެބޭފުޅުންނެވެ.

އެހެންކަމުން ކުށަކީ ކޮބައިކަން ނުވަތަ ކުށްކުރުމަކީ ކޮބައިކަން ކަނޑައެޅުމުގައި ކޮންމެ ރައްޔިތަކުވެސް ބުއްދީގެ ހަމަތައް ބޭނުންކުރަން އެބަޖެހެއެވެ. ޤައުމުގެ ރައީސުލްޖުމްހޫރިއްޔާ މިހައި މިންވަރަށް ބޭރުގެ ކުންފުންޏަކަށް އަޅުވެތިވާންޖެހޭނީ އެކުންފުންޏަކަށް ކިހައިވަރަކަށް ވިކި އަޅުވެތިވެފައި ހުރުމުންކަން ނިންމާނީ ރައްޔިތުންނެވެ.

ޑިމޮކްރަސީގެ ޗެމްޕއަނުންނަކީ ޤާނޫނު އަސާސީ ނެގެހެއްޓުމުގެ ޗެމްޕިއަނުންނެވެ. ޤައުމުގެ އެންމެހައި ކަންކަން ހިނގަނީ ޤާނޫނުތަކާއި އެއްގޮތަށްކަން ކަށަވަރުކުރުމުގެ ޗެމްޕިއަނުންނެވެ. މިފަދަ ޤާބިލުކަން ލިބިގެން ތިބި ޗެމްޕިއަނުން އެމްޑީޕީގައި މިއަދުވެސް އެބަތިއްބެވެ. ބޭނުންވަނީ ހަމައެކަނި ފުރުޞަތެވެ. މިނިވަންކަމާއިއެކު ޕާޓީ ހިންގުމުގެ ފުރުޞަތެވެ. އެމްޑީޕީގެ ގިނަ ބައަކު މިހާރުވެސް އެދިއެދި ތިބީ އެ ފުރުޞަތަށެވެ.

ރައީސް ނަޝީދަށް އަންނަ ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެއްވޭނަމަ އިންތިޚާބުގައި ވާދަނުކުރަން ނިންމުމަކީ އެމްޑީޕީގައި ތިބި ޤާބިލު ފަރާތްތަކަށް އެފުރުޞަތު ބަންދުކުރުމެވެ. އެކަންވާނީ ވެސް ހަމަ ފުރިހަމަ ޑިމޮކްރަސީގެ އަމަލަކަށްބާވައެވެ!

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް