އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މި ސީޒަނަށްފަހު އަލެގްރީ ޔުވެންޓަސް ދޫކޮށްލަނީ

މި ސީޒަނަށްފަހު އަލެގްރީ ޔުވެންޓަސް ދޫކޮށްލަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 31 ސިކުންތު

އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އަށް ކޯޗުކޮށްދެމުން އަންނަ ތަޖުރިބާކާރު ކޯޗު މަސިމިލާނޯ އަލެގްރީ މި އަހަރުގެ ސީޒަނަށްފަހު އެޓީމުގެ ކޯޗުކަމުން ވަކިވާން ނިންމާފައިވާކަމަށް މީޑިއާ ރިޕޯޓްތަށް ބުނެފިއެވެ.

އިޓަލީގެ މައްސަހޫރު ކުޅިވަރު ނޫހެއް ކަމުގައިވާ ސަލްސިއޯ މާކަޓޯވެބް ޑޮޓް ކޮމްއިން ދާދި ފަހުން އާންމުކުރި ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި މިފަހަރުގެ ފުޓްބޯޅަ ސީޒަނަށްފަހު އަލެގްރީ ވަނީ ޔުވެންޓަސް ގެ ކޯޗުކަމުން ވަކިވާން ނިންމާފައެވެ. އަދި އޭނާ ޔުވެންޓަސްގެ ކޯޗުކަމުން ވަކިވާން ނިންމާފައިވާ ވަކި ސަބަބެއް ބަޔާން ކޮށްފައެއްނުވެއެވެ.

އަލެގްރީ ޔުވެންޓަސްގެ ކޯޗުކަމުން ވަކިވާން ނިންމާފައިވާކަމަށް އަޑުފެތުރިފައިވާއިރު އޭނާ ވަނީ ޖެހިޖެހިގެން ދެފަހަރު ލީގު ޗެމްޕިއަންކަން ޔުވެންޓަސްއަށް ހޯދަދީފައެވެ.

އަދި މީގެ އިތުރުން އަލެގްރީ ވަނީ ނިމިގެންދިޔަ އަހަރުގެ އިޓާލިއަން ކަޕް ވެސް ޔުވެންޓަސްއަށް ކާމިޔާބުކޮށްދީ 2015 ވަނަ އަހަރު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށްވެސް އެޓީމު ގެންގޮސްދީފައެވެ.

އިޓަލީގެ ގިނަ ކުލަބުތަކަކަށް ބޮޑެތި ކާމިޔާބީތަކެއް ހޯދައިދީފައިވާ މަސިމިލާނޯ އަލެގްރީ ޔުވެންޓަސް ދޫކޮށްލަން ނިންމާފައިވާކަމަށް މީޑިއާ ރިޕޯޓްތަށް ބުނާއިރު އޭނާ ހޯދުމަށް މީގެ ކުރިން ޔޫރަޕްގެ ބޮޑެތި ކުލަބުތަކުން ވަނީ މަސައްކަތް ކޮށްފައެވެ.

އެގޮތުން އޭސީމިލާނާއި ފްރާންސްގެ ޕީއެސްޖީއިންވެސް މިހާރުވެސް އަލެގްރީ އަށް ފާރަލަމުންގެންދާ ކަމަށް މީޑިއާ ރިޕޯޓްތަށް ދަނީ ބުނަމުންނެވެ.

އަލެގްރީ ޔުވެންޓަސްގެ ކޯޗުކަމާއި ހަވާލުވީ އިޓާލިއަން ލީގުގެ އިތުރުން އިޓާލިއަން ސުޕަކަޕް މިލާނަށް ކާމިޔާބުކޮށްދިނުމަށްފަހު 2014 ވަނަ އަހަރުގައެވެ. މިފަހަރުގެ ސީޒަނަކީ އަލެގްރީ ޔުވެންޓަސްގައި ހޭދަކުރާ 3 ވަނަ ސީޒަންކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

އަލެގްރީގެ އިރުޝާދުގެ ދަށުން ކުޅެމުންގެންދާ ޔުވެންޓަސް މިވަގުތު އޮތީ 57 ޕޮއިންޓާއެކު ލީގުތާވަލްގެ އެއްވަނާގައެވެ. އެޓީމު މިހާތަނަށް 23 މެޗު ކުލެފައިވާއިރު ބަލިވެފައިވަނީ އެންމެ 4 މެޗުން ނެވެ. 19 މެޗުން ވަނީ މޮޅުވެފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ޢަބްދުލްޙައްނާން