އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޑީއާރުޕީއަށް ސޮއިކުރުމުން ނޫނީ ރާއްޖޭގެ ޖައްވަށް ނޭވާ ނުލެވުނު ދުވަސް ދިވެހިން ރަނގަޅަށް ހަނދާން އެބަހުރި!

ޑީއާރުޕީއަށް ސޮއިކުރުމުން ނޫނީ ރާއްޖޭގެ ޖައްވަށް ނޭވާ ނުލެވުނު ދުވަސް ދިވެހިން ރަނގަޅަށް ހަނދާން އެބަހުރި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 21 ސިކުންތު

"ޕާޓީތަކަށް ވަނުމަކީ އެމީހެއްގެ އަމިއްލަ ކަމެއް" ކަމަށް އެބަ ބުނެއެވެ. އެއީ ހަމަ ވަރަށް ބޮޑު ތެދެކެވެ. އެކަން އޮންނަން ޖެހޭނީވެސް ހަމައެގޮތަށެވެ. ނަމަވެސް ހިތާމައަކީ އިއްޔެ ވީގޮތާއި އިއްޔެ ކަންކަން ކުރިގޮތް ހަނދާން ނެތުމެވެ. ތިމާ ކަމެއް ކުރަން ބޭނުންވުމުން އެކަމެއް ކުރި ގޮތާއި ކަންކަން ކުރުވި ގޮތްވެސް ހަނދާން ނެތުމެވެ.

ދިވެހިންނަކީ އަދި އެހައި ހަނދާން ބަލި ބައެއް ނޫނެވެ. ރާއްޖޭގައި ޕާޓީ ނިޒާމް ފެށިގެން އައިއިރު ކަންކަން ހިނގައިދިއަ ގޮތް ހަނދާނުން ފިލާހައި ގިނަ ދުވަސްތަކެއް އަދި ނުވެއެވެ. އެދުވަސްވަރު އުފަންވި ކުދިންނަށް އަދިވެސް 12 އަހަރު ނުފުރޭތީ ކުޑަކުދިންގެ ފެއަރގައި ދަތުރުވެސް ކުރެވޭތީއެވެ.

ސިޔާސީ ޕާޓީތަކަށް އެއިރުވެސް މިނިވަންކަން އޮންނަން ޖެހެއެވެ. އުޞޫލު ބަދަލެއް ނުވެއެވެ. ނަމަވެސް ބައްދަލުވުމެއް ބާއްވައިފިނަމަ ނުވަތަ މަގުމައްޗަށް ނުކުމެއްޖެ ނަމަ ވާރޭ ވެހޭފަދައިން އޮހެމުން ދިއައީ ކަޅުތެޔޮކަން ހަނދާން ނެތޭހައި ދުވަހެއް އަދި ނުވެއެވެ. ހިނގާފައި ދަނިކޮށް މޫނު ނިވާކޮށްގެން ނުކުމެ ފައިތަކުގައި ލަޓިބުރިތަކުން ތެޅުމުން އަނިޔާ ލިބުނު މީހުން އަދިވެސް ހަމަ ދުނިޔޭގައި އެބަތިއްބެވެ. ގާ އުކުމުން ބޯފެޅުނު މީހުންވެސް ހަމަ އެތިބީއެވެ.

އެއިރު ރާއްޖޭގެ ޖައްވަށް ނޭވާލާން ބޭނުންނަމަ ޑީއާރުޕީއަށް ސޮއިކުރުން އޮތީ މަޖުބޫރުވެފައެވެ. މާދަމާ އޮފީހަށް ދާން ބޭނުންނަމަ ޑީއާރުޕީގެ ޖަލްސާތަކަށް ދިއުން ނޫން ގޮތެއް ނެތިގެން ޖަލްސާތަކަށް ގޮސްއުޅުނު ސިވިލް ސަރވިސްގެ އެތައް ހާސް މުވައްޒިފުންނާއި ކުންފުނިތަކުގެ މުވައްޒިފުން ވެސް ހަމަ މިރާއްޖޭގައި އަދިވެސް އެބަތިއްބެވެ.

މިކަންކަމަކީ ރާއްޖޭގެ ތާރީޚުން ފޮހެވިގެންދާނެ ކަންކަމެއް ނޫނެވެ. ހަފްތާގެ ކޮންމެ ދުވަހަކު ތަފާތު އިބާރާތްތަކުން ވާހަކަ ދެއްކިދާނެއެވެ. ގަޑިއަކު އެއްފަހަރުވެސް ރާގު ބަދަލުކުރެވިދާނެ އެވެ. ނަމަވެސް ކަންކަން މާޒީގައި ހިނގައި ދިއަ ގޮތް ބަދަލެއް ނުކުރެވޭނެއެވެ. އެކަންކަން ވަނީ ހިނގައި ނިމިފައެވެ.

ޤައުމަކަށް ލިބޭނެ އެންމެ ބޮޑު އެއް ގެއްލުމަކީ އަދި ދެވޭނެ އެންމެ ބޮޑު އެއް އަނިޔާއަކީ ސިޔާސީ ލީޑަރުންނަށް ކުރެވިފައި ހުންނަ ކަންކަން އޮޅުވާލަން މަސައްކަތްކުރުމެވެ. ލީޑަރުންނަށް ކުރެވިފައި ހުންނަ ކަންކަން އެއީ ނުކުރާ ކަންކަމަށް ހެދުމެވެ. ޤައުމަށް ހެޔޮއެދޭ އެއްވެސް ލީޑަރަކު އެފަދައިން އަމަލެއް ނުކުރައްވާނެއެވެ.

ދިވެހި ފުރަތަމަ ޖުމްހޫރިއްޔާގެ ބާނީ އަލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނަކީ މިޤައުމަށް ނަމޫނާ ޚިދުމަތްތެރިއެކެވެ. އެމަނިކުފާނުގެ ޚިދުމަތް ނުލިބޭ ދާއިރާއެއް ނެތެވެ. ނަމަވެސް ކަންކަން މައްސަލައަކަށްވުމުން އެމަނިކުފާނު ވިދާޅުވެފައިވަނީ ހުރިހާ ކަމެއްގެ ޒިންމާ އުފުއްލަވާ ކަމަށެވެ. ތަހްޤީޤް ކުރުމުގެ ބޭނުމެއް ނެތް ކަމަށާއި އަވަހަށް ޙުކުމް ކުރަންވީ ކަމަށެވެ. ޤައުމުދެކެ ހަޤީޤީ ލޯބިވާ ލީޑަރުންގެތެރެއިންވެސް އެމަނިކުފާނު ދެއްކެވީ ނަމުނާ މިސާލެކެވެ.

ފަތްޖެހި އެނދެއްގައި ދާޚިލިއްޔާއަށް ހާޒިރުކޮށް ސުވާލުކުރެއްވި މަޖިލީހުގައި ތިއްބެވި ބޭފުޅުން މިކަންކަމަށް މިއަދުވެސް ހެކިވެވަޑައިގަންނަވައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް







ޙަފްޞާ / މާލެ 2017-02-13 09:48:10

މައުމޫނަށާއި އޭނަގެ ފެކްސަނަށް މިރައްދު ފުދޭ! ޝުކުރިއްޔާ ޢަބްދުލްލަޠީފް!


އަބްދުއްލަތީފް