އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެންމެ ފަހުގެ ލީގު ޗެމްޕިއަން ލެސްޓާ އަށް ރެލިގޭޝަނުގެ ބިރު ބޮޑުވެއްޖެ.

އެންމެ ފަހުގެ ލީގު ޗެމްޕިއަން ލެސްޓާ އަށް ރެލިގޭޝަނުގެ ބިރު ބޮޑުވެއްޖެ.


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 51 ސިކުންތު

އިނގިރޭސި ޕްރިމިއާ ލީގުގފައި ރޭ ސްވެންސީއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ ރެލިގޭޝަން ޒޯނަށް ވެއްޓުމުގެ ބިރު އެންމެ ފަހުގެ ލީގު ޗެމްޕިއަން ލެސްޓާ ސިޓީއަށް ބޮޑުވެއްޖެއެވެ.

ރޭ ރަށުން ބޭރުގައި ސްވެންސީއާ ދެކޮޅަށް ކުޅުނު މެޗުން ލެސްޓާ ބަލިވެފައިވަނީ 0-2 ގެ ނަތީޖާއިންނެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފްގައި ސްވެންސީން އެޓީމުގެ ފުރަތަމަ ގޯލު މެޗުގެ 36 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެލްފީ މޭސަންއެވެ. އަދި ފުރަތަމަ ހާފް ނިމުމުގެކުރިން، މާޓިން އޮލްސަން ވަނީ ސްވެންސީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފްގައި ލެސްޓާއިން ކުޅުން ރަނގަޅުކުރިއިރު މި ހާފުގައި ލެސްޓާއަށް ލަނޑުޖަހަން ހުސް ފުރުސަތުތަކެއް ވެސް ވަނީ ލިބިގެން ގޮސްފައެވެ. އެގޮތުން ލެސްޓާގެ ފޯވާޑް އަލްޖީރިއާގެ ސްލިމާނީ އަށް ލިބުނު ދެ ފުރުސަތު ފާހަގަކޮށްލެވެއެވެ. ނަމަވެސް، އެޓީމަށް ވަނީ ގޯލެއް ކާމިޔާބުކުރެވޭ ގޮތް ނުވެފައެވެ.

ރޭގެ މެޗުން ވި ބައްޔާއެކީ ލެސްޓާ އޮތީ 21 ޕޮއިންޓާއެކީ ލީގުގެ 17 ވަނައިގައެވެ. ލެސްޓާ އާއި ރެލިގޭޝަން ޒޯނާއި ދެމެދު މިވަގުތު އޮތީ އެންމެ ޕޮއިންޓެއްގެ ފަރަގެކެވެ. ރޭގެ މެޗުން މޮޅުވި ސްވެންސީ އޮތީ 24 ޕޮއިންޓާއެކީ ލީގުގެ 15 ވަނައިގައެވެ.

ރޭގެ މެޗަށްފަހު ވާހަކަދައްކަމުން ލެސްޓާގެ ކޯޗު ކްލައުޑިއޯ ރަނިއޭރީ ބުނީ އެޓީމުގެ ހުރިހާ ވެސް ވިސްނުމެއް ހުރީ ރަނގަޅު ކުޅުމެއް ދައްކައި ޕްރިމިއަރ ލީގުގައި ދެމިތިބުމަށް ކަމަށެވެ.

"އަހަރުމެން ބޭނުންވަނީ ލެސްޓާ ޕްރިމިއަރ ލީގުގައި ދެމިތިބެން. އެއީ އަހަރުމެންގެ އެންމެ ބޮޑު އަމާޒަކީ" ނިމިގެން ދިޔައަހަރުގެ އެންމެ މެމެ މޮޅު ކޯޗު ރަނިއޭރީ ބުންޏެވެ.

ލެސްޓާ ސިޓީ ރެލިގޭޓް ވެއްޖެނަމަ އެޓީމު ވެގެންދާނީ ދިގު ތާރީޚަކަށްފަހު ޕްރިމިއާ ލީގު ހޯދި ޓީމެއް ރެލިގޭޓް ވި ފުރަތަމަ ޓީމަށެވެ. އެންމެ ފަހުން ޕްރިމިއާ ލީގު ހޯދި ޓީމެއް ރެލިގޭޓް ވެފައިވަނީ 1938 ވަނަ އަހަރުގައެވެ. އޭގެ ފަހުން ލީގު ޗެމްޕިއަނެއް ރެލިގޭޓް ވެފައެއް ނުވެއެވެ.

ލީގުގައި ލެސްޓާ ދެން ބައްދަލުކުރާނީ ވަރުގަދަ ލިވަޕޫލްއާއެވެ. މި މެޗުން މޮޅުވެގެން ނޫނީ އެޓީމަށް ރެލިގޭޝަނުން ސަލާމަތް ނުވެވޭނެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ޢަބްދުލްޙައްނާން