ބޭލްއަށް ލިބުނު އަނިޔާ ރަނގަޅު ވަމުން އަންނަ ކަމަށް ޒިދާން ބުނެފި.

އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 33 ސިކުންތު

ރެއާލް މެޑްރިޑުގެ ވޭލްސް ފޯވާޑް ގެރެތު ބޭލްގެ ފައިގެ ކުޑަހުޅަށް ލިބިފައިވާ އަނިޔާ މިހާރު އަންނަނީ ރަނގަޅުވަމުން ކަމަށް އެޓީމުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފި އެވެ.

ބޭލްގެ މިހާރުގެ ހާލަތާއި ގުޅިގެން ވާހަކަދައްކަމުން ޒިދާން ބުނީ މިހާރު އަނިޔާ ރަނގަޅުވަމުން އަންނަ ރޭޓަށް ބަލާއިރު އަންނަ މަހުގެ ތެރޭގައި ބޭލް ކުޅުމުގެ ތެރެއަށް އެނބުރި އާދެވޭނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި އުންމީދަކީވެސް ބޭލް އެނބުރި ކުޅުމުގެ ތެރެއަށް އަވަހަށް އައުންކަމަށާއި ބޭލް ނެތްތަން ފޫބައްދަން މިހާރުވެސް ދަތިކަމަށެވެ.

ޒިދާން ބުނީ ޗެމްޕިއަންސް ލީގުގެ މެޗަށް ބޭލް ވަރަށް މުހިންމު ކަމަށާއި އެހެން ނަމަވެސް ފުރަތަމަ ލެގުގައި ނަޕޯލީއާ ދެކޮޅަށް ކުޅޭ މެޗުގައި ނުކުޅެވޭނެ ކަމަށެވެ. އެހެން ނަމަވެސް އަންނަ މަހުގެ 8 ވަނަ ދުވަހު ކުޅޭ ދެވަނަ ލެގުގެ މެޗަށް ބޭލް ފިޓްވެދާ ނެކަމަށް ބެލެވޭކަމަށް ވެސް ޒިދާން ބުންޏެވެ.

" ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ނަޕޯލީ އާއި ދެކޮޅަށް ކުޅޭ ފުރަތަމަ ލެގުގެ މެޗުގައި ނުކުޅެވުނަށް އަންނަ މާޗް މަހުގެ އަށް ވަނަ ދުވަހު ކުޅޭ ދެވަނަ ލެގުގެ މެޗަށް، ބޭލް ފިޓުވާނެ ކަމަށް ބެލވެވެނީ." ޒިދާން ބުންޏެވެ.

ބޭލް އަށް އަނިޔާވީ ޗެމްޕިއަންސް ލީގުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުގެރޭ ގްރޫޕް ސްޓޭޖްގައި ސްޕޯޓިން ލިސްބަން އަތުން 2-1 އިން ރެއާލް މޮޅުވި މެޗުގަ އެވެ. މި އަނިޔާގެ ސަބަބުން އޭނާއަށް ވަނީ މުހިންމު ގިނަ މެޗުތަކެއް ގެއްލިފައެވެ.

ބޭލް ވަނީ ރެއާލްއާއި ގުޅުނު ފަހުން އެ ކްލަބަށް މިދިޔަ ތިން އަހަރު ތެރޭ 139 މެޗުން 65 ގޯލް ޖަހައިދީފަ އެވެ.

ސްޕެނިޝް ލީގުގެ އެއް ވަނަ މަގާމްގައި ރެއާލް މިވަގުތު އޮތީ 49 ޕޮއިންޓާއެކުގައެވެ.

ކޮމެންޓް ކުރެއްވުމަށް

މި ވަގުތު އެއްވެސް ކޮމެންޓެއް ކިޔުންތެރީން ފާޅުކޮށްފައި ނެތް.

ޢަބްދުލްޙައްނާން