އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނިދުމުގަ މައްސަލަ އެބަހުރިތަ؟ ވަރަށް ފަސޭހައިން ރަނގަޅުކޮށްލެވިދާނެ 5 ކަމެއް.

ނިދުމުގަ މައްސަލަ އެބަހުރިތަ؟ ވަރަށް ފަސޭހައިން ރަނގަޅުކޮށްލެވިދާނެ 5 ކަމެއް.


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 14 ސިކުންތު

ނިދަން އުނދަގޫވެ ތަފާތު މައްސަލަތައް ކުރިމަތިވުމަކީ ވަރަށް ޢާންމުކަމެކެވެ. ގިނަ މީހުންނަށް ނިދުމުގެ މައްސަލަ ކުރިމަތިވަނީ ފިކުރުބޮޑުވުމުންނެވެ. ކަންކަމާއިމެދު މާބޮޑަށް ވިސްނަންޖެހުމުންނެވެ. ކަމެއްގައި މާޔޫސްވުމަކީވެސް ބައެއް ނިދަން އުނދަގޫވާ ކަމެކެވެ.

އެމެރިކާގެ ނޭޝަނަލް ސްލީޕް ފައުންޑޭޝަނުން ކުރި ދިރާސާއަކަށްފަހު ބުނެފައިވަނީ އާންމުގޮތެއްގައި މީހަކަށް ނިދެނީ ނިދަން އޮށޯންނަތާ 10 މިނިޓާއި 20 މިނިޓާއި ދެމެދުގެ ވަގުތެއްގައި ކަމަށެވެ.

މިދިރާސާގައި ބުނެފައިވަނީ ކޮންމެ ރެއަކުވެސް އެއް ވަގުތަކު ނިދަން އޮށޯންނަމަ އެމީހަކަށްޓަކައި ހަށިގަނޑު ޝުކުރުވެރިވާނެ ކަމަށެވެ. އެއިގެ މާނައަކީ އެކިރޭ އެކި ވަގުތުތަކުގައި ނިދުމުން އެކަމުގެ ވޭން އުފުލަން ހަށިގަނޑަށް ޖެހޭކަމެވެ.

ނިދަން އުނދަގޫވާ މީހުންނަށް ކުރެވިދާނެ ބައެއް ކަންކަން ނިދުމާއިބެހޭ ޑޮކްޓަރުން ފާހަގަކުރެއެވެ.

އެގޮތުން ފާހަގަކުރާ އެއްކަމަކީ ނިދުމުގެ ކުރިން ތާފަނާ (ހޫނު) ފެނުން ފެންވެރުމެވެ.

ޑޮކްޓަރުން ބުނަނީ ހޫނުފެނުން ފެންވަރުމަކީ ހަށިގަނޑަށް ވަރަށް ބޮޑަށް އަރާމު ލިބޭ ކަމެއް ކަމަށެވެ. ދުވާލުގެ މަސައްކަތުން ހަށިގަނޑަށް ލިބިފައި ހުންނަ ވަރުބަލިކަން ފިލުވާލަދޭ ކަމެއް ކަމަށެވެ. ނިދުމަށް ހަށިގަނޑު ތައްޔާރުކޮށްދޭ ކަމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ހަށިގަނޑުގެ ހޫނުމިން ކޮންޓްރޯލް ކުރެވޭ ކަމަށެވެ.

ކޮޓަރީގެ ފިނިމިން 12 ޑިގްރީ އާއި 23 ޑިގްރީއަށް ދަށްކުރުމަކީވެސް ފަސޭހައިން ނިދިއަންނަ ކަމެއްކަމަށް ޑޮކްޓަރުން ބުނެއެވެ. ނިދަން ތުނި، އުވި ފޭރާން ލުމާއި އެކަށީގެންވާ މިންވަރަށް އަނދިރި ކުރުމަކީވެސް ފަސޭހައިން ނިދި އަންނަ ކަމެއް ކަމަށް ޑޮކްޓަރުން ބުނެއެވެ.

ފޯން ނިއްވައިލުން ނުވަތަ ފޯނުގެ ސްކްރީން ދިއްލޭތަން ނުފެންނަ ހިސާބެއްގައި ފޯނުބޭއްވުމަށްވެސް ޑޮކްޓަރުން އެދެއެވެ. ޑޮކްޓަރުން ބުނަނީ ކޮންމެ ފޯނެއްގައި ވެސް ނޫ އައްޔެއް ހުންނާނެ ކަމަށާއި އެއަލީގެ ސަބަބުން ސިކުނޑި "އެކްޓިވް" ކުރުވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ސިކުނޑިއަށް ނިދީގެ އަސަރުކުރުން ކުޑަވާކަމަށެވެ.

ނިދަން އޮންނައިރު ގައިގައި ފޮތިގަނޑެއް ނުވަތަ ރަޖާ އެޅުމަކީވެސް ކުރާކަމެކެވެ. މިގޮތަށް ގައިމަތިން އެއްޗެއް އަޅާނަމަ ދެފައި އެއިން ބޭރަށް ބޭއްވުމަށް ޑޮކްޓަރުން އެދެއެވެ. އެއީ ހަށިގަނޑަށް ބޭނުންވާ ފިނިކަން ލިބިގަތުމަށްޓަކައެވެ.

ދެބުމަ ދެމެދާއި ނޭފަތާއި ނިތްކުރިއާއި ދެކަންފަތާއި އަތާއި ފައިގެ އިނގިލިތައް ކޮންމެ ތަނެއް މިނިޓެއްހައިއިރު ވަންދެން މަސާޖްކޮށްލުމަކީވެސް ފަސޭހައިން ނިދިއަންނަ ކަމެއްކަމަށް ޑޮކްޓަރުން ބުނެއެވެ.

ޑޮކްޓަރުންގެ ހޯދުންތަކަކީވެސް ހަމަ ރަނގަޅު ހޯދުންތަކެވެ. އެހެންކަމާއިއެކުވެސް ނިދުމުގެ ކުރިން ކުރަން މާތްﷲ އަންގަވާފައިވާ ކަންކަން ކުރުމަކީވެސް ފަސޭހައިން ނިދިއަންނަ ކަމެކެވެ.

ނިދުމުގެކުރިން ވުޟޫކުރުމާއި ނިދުމުގެ ކުރިން ކިޔަން ހުރި ޛިކުރުތައް ކިޔުމާއި ޚައްސަކޮށް ޝަހާދަތާއި އާޔަތުލް ކުރުސި ކިޔުމަކީ ވަރަށް މުހިންމު ކަންކަމެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް