އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހިގައިންގެ ދެ ގޯލާއެކު ކަގްލިއާރީ ބަލިކޮށް ޔުވެންޓަސް ލީޑު ދަމަހައްޓައިފި

ހިގައިންގެ ދެ ގޯލާއެކު ކަގްލިއާރީ ބަލިކޮށް ޔުވެންޓަސް ލީޑު ދަމަހައްޓައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 54 ސިކުންތު

އިޓާލިއަން ލީގުގައި ރޭ ކަލިއާރީ އަތުން 2-0 ގެ ނަތީޖާއިން މޮޅުވެ އިޓާލިއަން ލީގުގެ އެއް ވަނައިގައި ހަތް ޕޮއިންޓުގެ ލީޑު ޔުވެންޓަސްއިން ދަމަހައްޓައިފި އެވެ.

މި މޮޅާއެކު ޔުވެންޓަސް ލީގުގެ އެއް ވަނަ މަގާމުގައި އޮތީ 60 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި 53 ޕޮއިންޓާ އެކު އޮތީ ރޭ ކްރޮޓޯނޭ އަތުން 2-0 އިން މޮޅުވި އޭއެސް ރޯމާ އެވެ. ދެ ޕޮއިންޓް ފަހަތުގައި ތިން ވަނައިގައި އޮތީ ނަޕޯލީ އެވެ. އެ ޓީމު ވަނީ މި ހަފުތާގައި ކުޅުނު މެޗުން ޖެނޯއާ އަތުން 2-0 އިން މޮޅުވެފަ އެވެ.

ކަލިއާރީ އަތުން ރޭ ޔުވެންޓަސް މޮޅުވިއިރު އެޓީމުން ޖެހި ދެ ގޯލް ވެސް ޖަހައިދިނީފައިވަނީ ނަޕޯލީއިން މިފަހަރުގެ ސީޒަނުގައި ޔުވެންޓަސްއަށް ބަދަލުވި ގޮންޒާލޯ ހިގައިން އެވެ. މި ދެ ގޯލާ އެކު ހިގައިން އިޓަލީ ލީގުގައި ޖެހި ގޯލްގެ އަދަދު ވަނީ 18 އަށް އަރާފައެވެ.

މެޗުގެ ފުރަތަމަ ހާފް ޔުވެންޓަސްއިން ލީޑުގައި އޮވެ ނިންމާލިއިރު އެޓީމުން މެޗުގައި ޖެހި ދެވަނަ ގޯލް ޖަހާ ލީޑު ފުޅާކުރީ ފަހުހާފުގެ ވަރަށް ކުރީކޮޅު އެވެ. އެގޮތުން 47 ވަނަ މިނެޓުގައި މި ގޯލް ވެސް އެޓީމަށް ޖަހައިދިފައިވަނީ މެޗުގެ ފުރަތަމަ ގޯލްވެސް ޖަހައިދިން ހިގައިންއެވެ. ރޭގެ މެޗުގައި ހިގައިންގެ ފަރާތުން ދެ ގޯލް ފެނިގެންދިޔައިރު މިއީ އޭނާ މި ފަހަރުގެ ސީޒަނުގައި ޖަހައިދިން 18 ވަނަ ލަނޑުކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

ރޭގެ މެޗަކީ ޔުވެންޓަސްގެ ކޯޗް އަލެގްރީގެ އިރުޝާދުގެ ދަށުން އެޓީމު ކުޅުނު 100 ވަނަ މެޗެވެ.

ރޭކުޅުނު އެހެނިހެން މެޗުތަކުގެ ނަތީޖާތަކަށް ބަލާއިރު އިންޓަ މިލާން ވަނީ ރޭ އެމްޕޮލީ އަތުން 2-0 އިން މޮޅުވެފަ އެވެ.

މި ނަތީޖާއާ އެކު އެ ޓީމު މިވަގުތު އޮތީ 45 ޕޮއިންޓާ އެކު ލީގުގެ ހަތަރު ވަނައިގަ އެވެ. އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި އިންޓަ އަށް ގޯލް ޖަހައިދިނީ އެޑެއޭ މާޓިންސް އާއި އެންޓޯނިއޯ ކަންޑްރޭވާ އެވެ.

މީގެ އިތުރުން ރޯމާވެސް ވަނީ ކްރޮޓޯން އަތުން 0-2 ގެ ނަތީޖާއިން މޮޅުވެފައެވެ. މި މޮޅާއެކު ރޯމާ ވަނީ 53 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ މަގާމަށް ޖެހިލާފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ޢަބްދުލްޙައްނާން