އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބ. މާޅޮހު މާރެސް ޖަމިއްޔާގެ އަންހެން ޑިވިޜަން ވޮލީ މުބާރާތް އަންނަ މާރޗު މަހު ބާއްވަނީ..

ބ. މާޅޮހު މާރެސް ޖަމިއްޔާގެ އަންހެން ޑިވިޜަން ވޮލީ މުބާރާތް އަންނަ މާރޗު މަހު ބާއްވަނީ..


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 6 ސިކުންތު



ބ. އަތޮޅު މާޅޮހުގެ ޖަމިއްޔާއެއް ކަމަށްވާ މާޅޮސް ރެކްރިއޭޝަން އެންޑް އެންވަޔަރްމެންޓް ސޮސައިޓީ (މާރެސް) އިން އިންތިޒާމުކޮށްގެން ބާއްވާ އަންހެން ޑިވިޜަން ވޮލީ މުބާރާތް އަންނަ މާރޗު މަހު ބޭއްވުމަށް ތާވަލުކޮށްފައިވާކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.

އެ ޖަމިއްޔާއިން ބ. އަތޮޅަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތް އަންނަ މާރޗު މަހުގެ 17 ގައި ފަށާ ގޮތަށް ނިންމާފައިވާ އިރު، މިއަހަރުގެ މުބާރާތުގައި ބައިވެރިވާއެ އަތޮޅުގެ ރަށްތަކުން މި މަސް ނިމުގެ ކުރިން އެ ޖަމިއްޔާއަށް ހުށަހަޅަންޖެހެއެވެ.

ޗެމްޕިއަން ޓީމަށް =/10،000 ރުފިޔާ ދޭ މި މުބާރާތް އެންމެ ފުރަތަމަ ތަޢާރަފްކޮށްފައިވަނީ މިދިޔަ އަހަރުއެވެ. އެ މުބާރާތުގައި 3 ޓީމު ބައިވެރިވެފައިވާ އިރު، ޗެމްޕިއަންކަން ހޯދާފައިވަނީ މާޅޮސް ބަލިކޮށް ދަރަވަންދޫއެވެ. އެ ދެޓީމުގެ އިތުރުން އެ މުބާރާތުގައި ދެން ވާދަކުރީ ކަމަދޫ އެވެ.

އަތޮޅުގައި ތިބި އަންހެން ވޮލީކުޅުންތެރިންނަށް މުބާރާތެއްގައި ވާދަކުރުމުގެފުރުޞަތު ހޯދައިދީ، ވޮލީގެ ހުނަރުތަރައްޤީކޮށް، ކުޅުންތެރިންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރުކުރުމާއެކު މި ކުޅިވަރުގެ ތެރެއިން އަތޮޅުގެއަންހެން ކަނބަލުންނަށް ދުޅަހެޔޮސިއްހަތެއް ހޯދައިދިނުމުގެ މަޤުޞަދުގައި މާރެސް ޖަމިއްޔާއިން ބާއްވާ މި މުބާރާތަށް ކުރީ އަހަރަށްވުރެ މި އަހަރު ލިބޭ ތަރުހީބު ބޮޑުވާނެ ކަމަށް މާރެސް ޖަމިއްޔާއިން އުއްމީދު ކުރެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޚް