އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޔޫއެފާ ޗެމްޕިއަންސް ލީގު: ބާސެލޯނާ ދެކޮޅަށް މިރޭ ނިކުންނައިރު ޕީއެސްޖީގައި އަނިޔާގެ މައްސަލަ ބޮޑު

ޔޫއެފާ ޗެމްޕިއަންސް ލީގު: ބާސެލޯނާ ދެކޮޅަށް މިރޭ ނިކުންނައިރު ޕީއެސްޖީގައި އަނިޔާގެ މައްސަލަ ބޮޑު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 8 ސިކުންތު

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ކުޅުން މިރޭ ފެށިގެންދާއިރު މިރެއަކީ ފުޓްބޯޅައިގައި ފާހަގަކޮށްލެވޭ ރެއަކަށް ވެގެންދާނެއެވެ. ސަބަބަކީ ދުނިޔޭގެ އެންމެ މޮޅު އަދި އެންމެ ވަރުގަދަ ކުލަބުގެ ގޮތުގައި ދުނިޔޭގެ ގިނަބަޔަކު ގަބޫލްކުރާ ސްޕެއިންގެ ބާސެލޯނާ އަދި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ ބައްދަލުކުރާ މެޗު މިރޭ ކުޅެވޭނެތީއެވެ.

މިރޭ ބާސެލޯނާ އަދި ޕީއެސްޖީ ބައްދަލުކުރާ ފޯރިގަދަ މެޗުގައި ޕީއެސްޖީގެ އެންމެ މުހިންމު އަދި ފަހަތުގެ މައި ތަނބު ތިއާގޯ ސިލްވާ މި މެޗުން ފެނިގެންނުދާނެއެވެ. މިރޭގެ މެޗުގައި ތިއާގޯ ސިލްވާ އަށް ނުކުޅެވުމަކީ ބާސެލޯނާއަށް ލިބުނު ބޮޑު ހިންހަމަޖެހުމަކަށް ނޫނީ ނުވާނެއެވެ. ހަމަ އެގޮތަށް ޕީއެސްޖީއަށް ފޫބައްދަން އުނދަގޫ މައްސަލައަކަށް ވާނެއެވެ. ތިއާގޯ ސިލްވާ އަކީ ޕީއެސްޖީގެ ފަހަތުގައި މުހިންމު ދައުރެއް އަދާކުރާ މޮޅު ޑިފެންޑަރެކެވެ.

ހާއްސަކޮށް މެސީ، ނޭމާ އަދި ސުއަރޭޒް ފަދަ މޮޅެތި އަދި ފިޓު ސްޓްރައިކަރުންތަކެއް ތިބި ބާސެލޯނާ ހިފެހެއްޓުމަށް ޕީއެސްޖީއިން ކުރަންޖެހޭ މަސައްކަތް އިތުރުވެގެން ދާނޭކަމެކެވެ. މިރޭގެ މެޗުގައި ސިލްވާއަށް ނުކުޅެވެނީ އޭނާގެ ވާއަތު ފައިގެ މަސްގަނޑަށް ލިބުނު އަނިޔާއިން މުޅިން ރަނގަޅުނުވާތީއެވެ. ތިއާގޯ ސިލްވާގެ އިތުރުން ޕީއެސްޖީގެ މެދުތެރޭގައި މުހިންމު ދައުރެއް އަދާކުރާ ތިއާގޯ މޯޓާ ވެސް އަނިޔާގެ ސަބަބުން މިރޭގެ މެޗުގައި ނުކުޅޭނެއެވެ. އަދި އެޓީމުގެ ހާވިއޭ ޕާސްޓޯރޭ އަށް ވެސް މިރޭގެ މެޗުގައި ނުކުޅެވޭނެއެވެ. ޕާސްޓޯރޭއަށް ނުކުޅެވެނީ ސަސްޕެންޝަންއެއްގެ ސަބަބުންނެވެ.
ބާސެލޯނާގެ ސަޕޯޓަރުންނަށް އޮތް އުފާވެރި ހަބަރަކީ އެ ޓީމަށް މާ ބޮޑެތި އިންޖަރީގެ މައްސަލަތަކަކާއި ކުރިމަތިވެފައިނުވުމެވެ. އެހެން ކަމުން މިރޭގެ މެޗުގައި ޕީއެސްޖީ އާ ދެކޮޅަށް ކުޅެން ބާސެލޯނާއަށް ފަސޭހަވާނެއެވެ.

މިރޭގެ މެޗަށް ނިކުންނައިރު ބާސެލޯނާގެ ޓީމަށް މާބޮޑު ހާސްކަމެއްވެސް ނެތެވެ. އަނިޔާގެ ސަބަބުން އެލެކްސް ވިޑާލް ފިޔަވައި ބާސެލޯނާގެ ހުރިހާ މުހިންމު ކުޅުންތެރިންހެން ތިބީ މި މެޗަށް ފިޓްކޮށެވެ. ކުރިން އަނިޔާގައި ހުރި ޑިފެންޑަރ ޖެރާޑް ޕީކޭވެސް މިހާރުވަނީ މުޅިން ފިޓްވެ ކުޅުމުގެ ތެރެއަށް އެނބުރި އައިސްފައެވެ.
އަދި މެދުތެރެއަށް ކުޅެމުންދާ ރަފީންޔާ އަލްކަންޓާރާ ވެސް ވަނީ މި މެޗަށް މިހާރު ފިޓުވެފައެވެ.

ބާސެލޯނާ އަދި ޕީއެސްޖީ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖޭ ގަޑިން 23:45 ގައެވެ. މި މެޗު ކުޅެވޭނީ ޕީއެސްޖީގެ ދަނޑުގައެވެ.
މި ދެޓީމުގެ އިތުރުން މިރޭ ޖަރުމަންގެ ގަދަ ބާރެއްކަމުގައިވާ ބޮރޫޝިއާ ޑޯޓްމުންޑް އަދި ޕޯޗުގަލް ގެ ބެންފީކާ ވެސް ބައްދަލުކުރާނެއެވެ. މި މެޗުވެސް ކުޅެވޭނީ 23:45 ގައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ޢަބްދުލްޙައްނާން