އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރެެއާލް މެޑްރިޑުން އިސްކޯ ވިއްކާ ލަނީ

ރެެއާލް މެޑްރިޑުން އިސްކޯ ވިއްކާ ލަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 25 ސިކުންތު

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ސްޕެއިންގެ މިޑްފިލްޑަރު އިސްކޯ ވިއްކާލަން އުޅޭކަމުގެ އަޑުތައް މީޑިއާގައި ގަދަވެއްޖެއެވެ.

މިހާރު ރެއާލްގެ ފުރަތަމަ އެގާރައިން ވެސް ޖާގަލިބުން އުނދަގޫ ވެފައިވާ އިސްކޯ ވިއްކާލަން އުޅޭކަމަށް މީޑިއާގައި އަޑުތައް ފެތުރިފައި މިވަނީ އޭނާ ރެއާލް އާ އެކު ހަދާފައިވާ އެއްބަސްވުން އާނުކޮށް އެ ކްލަބުން ދިގުދަންމަމުން އަންނަކަމަށް ބުނެއެވެ.

މަސްހޫރު ކުޅިވަރު އޮންލައިން ގޯލްޑޮޓްކޮމް އިން ބުނެފައިވާ ގޮތުގައި އިސްކޯގެ އެއްބަސްވުމާ ގުޅޭގޮތުން ރެއާލް އިން އޭނާއާ ކުރަމުން އަންނަ މަޝްވަރާތައް މަޑުޖައްސާލާފައިވާ ކަމަށާއި، އެ މަޝްވަރާތައް ދެން ފެށުމަށް ހަމަޖެހިފައިވަނީ މި ސީޒަނަށްފަހު ކަމަށެވެ.

އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރެއާލްއާ އެކު އިސްކޯ އެއްބަސްވުން ހަދާފައިވާއިރު، އޭނާ އެއްބަސްވުން އާ ނުކުރާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. އެގޮތުން އޭނާ އަށް ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކްލަބްތަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.

ރެއާލްގެ ކޯޗުކަމާ ޒައިނުއްދީން ޒިދާން ހަވާލުވި ފަހުން އިސްކޯ އަށް ފުރަތަމަ 11 އިން ޖާގަ ލިބިފައިވަނީ މަދުފަހަރަކުއެވެ.

މަލާގާއިން 2013 ވަނަ އަހަރު ރެއާލްއާ ގުޅުނު އިސްކޯ ވަނީ އެ ކްލަބުގައި ހޭދަކުރި ހަތަރު ސީޒަނުގައި ކުޅުނު 164 މެޗުގައި 24 ލަނޑު ކާމިޔާބުކޮށް، ޔުއެފާ ޗެމްޕިއަންސް ލީގު ދެފަހަރު، ފީފާ ކްލަބް ވޯލްޑްކަޕް، ޔުއެފާ ސުޕާ ލީގު ދެފަހަރު އަދި ސްޕެނިޝް ކަޕެއްވެސް ކާމިޔާބުކޮށްފަ އެވެ.

ކްލަބް ލެވެލްގައި ގިނަ ކާމިޔާބީތައް ހޯދާފައިވާ އިސްކޯ ވަނީ ސްޕެއިންގެ 21 އަހަރުން ދަށުގެ ގައުމީ ޓީމާއެކު 21 އަހަރުން ދަށުގެ ޔޫރޯ ކާމިޔާބުކޮށްފަ އެވެ.


ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ޢަބްދުލްޙައްނާން