އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޔޫއެފާ ޗެމްޕިއަންސް ލީގު: ޕީއެސްޖީން ބާސާ ލަދުގަންނަވާލައިފި

ޔޫއެފާ ޗެމްޕިއަންސް ލީގު: ޕީއެސްޖީން ބާސާ ލަދުގަންނަވާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 46 ސިކުންތު

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ތަފާތު ބޮޑުކޮށް ބާސެލޯނާ ބަލިކޮށް މުބާރާތުގެ ކުއާޓާފައިނަލާއި ގާތަށް ޕީއެސްޖީ ޖެހިލައިފިއެވެ.
ރޭ ބާސެލޯނާގެ މައްޗަށް ޕީއެސްޖީން ކުރިހޯދާފައިވަނީ 0-4 ގެ ނަތީޖާއިންނެވެ.

ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗަށް، ޕީއެސްޖީން ނިކުތީ އެޓީމުގެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ، ކެޕްޓަން ތިއާގޯ ސިލްވާ އާއި ތިއާގޯ މޯޓާ އާއި ނުލައެވެ. އަނިޔާގެ ސަބަބުން ސިލްވާ މި މެޗުގައި ނުކުޅުނުނަމަވެސް މޯޓާނުކުޅުނީސަސްޕެންޝަނުގެސަބަބުންނެވެ.

ޕީއެސްޖީގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް، ރޭގެ މެޗުގައި ފެނިގެންދިޔައިރު އެޓީމުން މެޗުގެ 18 ވަނަ މިނެޓްގައި ވަނީ ގޯލް ޖަހާ ލީޑުނަގާފައެވެ. ޕީއެސްޖީއަށް ލިބުނު ހިލޭޖެހުމަކުން، މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި، އެންހެލް ޑިމަރިޔާއެވެ.

ޕީއެސްޖީގެ ދެވަނަ ގޯލް ޖަހާ މެޗުގެ ލީޑު ފުޅާކުރީ މެޗުގެ ފުރަތަމަ ހާފް ނިމެންދަނިކޮށް 40 ވަނަ މިނެޓުގައި ޖޫލިއަން ޑްރެކްސްލާ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ދެ ގޯލުގެ ލީޑަކާއެކީ ފުރަތަމަ ހާފް ޕީއެސްޖީން ނިންމާލިއިރު، މެޗުގެ 55 ވަނަ މިނެޓްގައި ޑިމަރިޔާ ވަނީ ޕީއެސްޖީގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ. އަދި އެޓީމުގެ ހަތަރުވަނަ ގޯލު، މެޗުގެ 72 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޑިންސަން ކަވާނީއެވެ.

ދެވަނަ ހާފްގައި ގޯލެއް ކާމިޔާބުކުރުމަށް، ބާސާއަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ، އެޓީމުގެ ޑިފެންޑަރު އުމްޓިޓީއަށެވެ. ނަމަވެސް އުމްޓިޓީ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ، ގޯލުގެ ހުރަސް ދަނޑިއަށެވެ.
ރޭގެ މެޗުގައި ބާސާގެ ކުރީގައި ހަރަކާތްތެރިވި، ލިއޮނަލް މެސީ އާއި ލުއިސް ސުއަރޭޒް އާއި ނޭމާގެ ފަރާތުންވަރަށް އާދައިގެ ކުޅުމެއް ފެނިފައިވާ އިރު، މި ތިން ކުޅުންތެރިންނަށްވެސް ރޭގެ މެޗުގައި ޕީއެސްޖީގެ ގޯލާއި އަމާޒުކޮށް ރަނގަޅު ހަމަލާއެއް ފޮނުވާލެވޭ ގޮތް ވަނީ ނުވެފައެވެ.

މި ދެ ޓީމު ބާސާގެ ދަނޑުގައި ބައްދަލުކުރާ، ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ މަހުގެ އަށްވަނަ ދުވަހުގެ ރެއެވެ

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ޢަބްދުލްޙައްނާން