އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގެބްރިއަލް ޖީސަސް އަށް މުޅި ސީޒަނުގައި ނުކުޅެވިދާނެ ކަމުގެ ބިރުހީވެއްޖެ.

ގެބްރިއަލް ޖީސަސް އަށް މުޅި ސީޒަނުގައި ނުކުޅެވިދާނެ ކަމުގެ ބިރުހީވެއްޖެ.


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 59 ސިކުންތު

މެންޗެސްޓަރ ސިޓީގެ ބުރެޒިލް ފޯވާޑް ގެބްރިއަލް ޖީސެސްއަށް އަނިޔާގެ ސަބަބުން މި ސީޒަނުގައި ދެން ނުކުޅެވޭނެ ކަމުގެ ބިރާއި ކުރިމަތިލާން ޖެހިއްޖެއެވެ.

އޭނާގެ ފަޔަށް އަނިޔާވީ ލީގުގައި އެންމެފަހުން ބޯންމަތް އާ ދެކޮޅަށް ކުޅުނު މެޗުގައެވެ. މި މެޗުގެ ވަރަށް ކުރީކޮޅު އޭނާއަށް އަނިޔާވެގެން ވަނީ ބަދަލުކޮށްފައެވެ. މި މެޗު އެޓީމުން ކާމިޔާބުކުރީ 0-2 ގެނަތީޖާއަކުންނެވެ.

އަނިޔާ އާއި ގުޅިގެން އޭނާ ކުޅުމާއި ދުރުގައި ހުންނަންޖެހޭނެ ވަކި މުއްދަތެއް ސިޓީން ހާމަކޮށްފައިނުވި ނަމަވެސް ތިން މަސްދުވަސް ވަންދެން ކުޅުމާއި ދުރުގައި ހުންނަންޖެހޭނެ ކަމަށް އިނގިރޭސި ބައެއް ނޫސްތަކުން ދަނީ ބުނަމުންނެވެ. އަދި ތިން މަހަށް ކުޅުމާއި ދުރުގައި ހުންނަންޖެހިއްޖެނަމައޭނާދެންމިސީޒަނުގައިފެނުމުގެފުރުޞަތުކުޑައެވެ.
ސިޓީގައި މޮޅުކުޅުމެއް ދައްކަމުން އަންނަ ޢުމުރުން އެންމެ 19 އަހަރުގެ މިދިޔަމަހުގެ ޓްރާންސްފަރގައި ޖީސަސް ސިޓީއާ ގުޅުމާސްފަހު، އޭނާ އަންނަނީ އެޓީމުގައި މޮޅުކުޅުމެއް ދައްކަމުން ދާކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން އޭނާ މިހާތަނަށް ސިޓީއަށް ކުޅެދިން ފަސް މެޗުގައި 3 ގޯލް ވަނީ ޖަހައިދީފައެވެ.
ސީޒަނުގެ މުހިއްމު ހިސާބަކުން ގެބްރިއަލްއަށް އަނިޔާވުމަކީ ސިޓީއަށް ފޫނުބެއްދޭ ވަރުގެ ގެއްލުމަކަށް ވެގެންދާނެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ޢަބްދުލްޙައްނާން