އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޞިއްޙީ ޚިދުމަތުގެ ފެންވަރާ ސަލާމަތާ ބެހޭ ސިމްޕޯޒިއަމެއް ފަށައިފި

ޞިއްޙީ ޚިދުމަތުގެ ފެންވަރާ ސަލާމަތާ ބެހޭ ސިމްޕޯޒިއަމެއް ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 41 ސިކުންތު


ރާއްޖޭގައި ޞިއްޙީ ޚިދުމަތް ދިނުމުގައި ފެންވަރު މަތިކުރުމަށާއި ސަލާމަތާއި ރައްކައުތެރިކަން އިތުރަށް ހަރުދަނާ ކުރުމަށް މަޝްވަރާކުރަން ސިމްޕޯޒިއަމެއް ފަށައިފިއެވެ.
އޭޑީކޭ ހޮސްޕިޓަލުން އިންތިޒާމުކޮށްގެން ބަނޑޮސް އައިލަންޑް ރިޒޯޓުގައި މިއަދު ފަށައި 2 ދުވަހަށް ކުރިއަށް ގެންދާ މި ސިމްޕޯޒިއަމް އިފްތިތާޙްކޮށްދެއްވީ ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް އެވެ.
ބޭރުގެ ގިނަ އަދަދެއްގެ ތަޖުރިބާކާރުން ވެސް ބައިވެރިވެވަޑައިގަންނަވާ މިފަދަ ސިމްޕޯޒިއަމެއް ޜާއްޖޭގައި އޭޑީކޭ ހޮސްޕިޓަލުން ބާއްވައި ރާއްޖޭގެ ޞިއްޙީ ދާއިރާގެ ކުރިއެރުމަށް އެ ހޮސްޕިޓަލުން މަސައްކަތްކުރަމުން ގެންދާކަން ފާގަގަ ކުރައްވައި މިނިސްޓަރ ނާޒިމް ވަނީ އޭޑީކޭ ހޮސްޕިޓަލަށް ޝުކުރު އަދާކުރައްވައިފައެވެ.
ސިމްޕޯޒިއަމް ފެށުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އަފްޢާލް ވިދާޅުވީ އޭޑީކޭ ގްރޫޕުގެ ޗެއަރމަން އަހްމަދު ނާޝިދަކީ ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއރުވަން ވަރަށް ބޮޑަށް ސަމާލުކަން ދެއްވާ ބޭފުޅެއް ކަމަށާއި އަަބަދުވެސް ކޮންމެވެސް އިތުރުކަމެއްކޮށްގެން، އިތުރު ކަމެއް ތައާރަފްކޮށްގެން ޞިއްޙީ ދާއިރާއަށް ޚިދުމަތް ކުރައްވަން ބޭނުންފުޅުވާ ބޭފުޅެއް ކަމަށެވެ. އަދި މި ސިމްޕޯޒިއަމް ބެއްވިގެން މިދަނީވެސް އެމަނިކުފާނުގެ އިރުޝާދުގެ ސަބަބުން ކަމަށެވެ.
މިސިމްޕޯޒިއަމްގައި އޭޑީކޭ ހޮސްޕިޓަލް ޑރ. ސަޢީދު އާއި ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޙުސައިން ރަޝީދު ތަޤްރީރް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް