އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިހްމާލުން ބަލިމީހަކަށް ގެއްލުން ލިބުމަކީ ބަލައިގަންނާނެ ކަމެއް ނޫން: ހެލްތް މިނިސްޓަރ

އިހްމާލުން ބަލިމީހަކަށް ގެއްލުން ލިބުމަކީ ބަލައިގަންނާނެ ކަމެއް ނޫން: ހެލްތް މިނިސްޓަރ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 43 ސިކުންތު


ރާއްޖޭގައި ޞިއްޙީ ޚިދުމަތް ދިނުމުގައި ފަރުވާ ކުޑަވެގެން އިހުމާލުން ބަލިމީހަކަށް އެއްވެސް ގެއްލުމެއް ލިބުމަކީ ސަރުކާރުން ބައލިގަންނާނެ ކަމެއް ނޫން ކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ނާޒިމް މިމޭރުމުން ވިދާޅުވީ އޭޑީކޭ ހޮސްޕިޓަލުން އިންތިޒާމުކޮށްގެން ޞިއްޙީ ޚިދުމަތް ދިނުމުގެ ފެންވަރު މަތިކުރުމާއި ސަލާމަތާއި ރައްކާތެރިކަމާއިބެހޭ ގޮތުން މަޝްވަރާކުރުމަށް ބަނޑޮހުގައި މިއަދު ހެނދުނު ފެށި ސިމްޕޯޒިއަމް ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނާޒިމް ވިދާޅުވީ ކޮންމެ ޤައުމެއްގައިވެސް ޞިއްޙީ ޚިދުމަތް ދިނުމުގައި މައްސަލައެއް ކުރިމަތިވެދާނެ ކަމަށާއި ނަމަވެސް ކުށެއް ކުރެވުމާއި ފަރުވާ ކުޑަވެގެން ކަމެއް މެދުވެރިވުމަކީ މުޅިން ތަފާތު ދެކަމެއް ކަމަށެވެ.
ނާޒިމް ވިދާޅުވީ މަދުން ނަަމަވެސް ފަރުވާކުޑަ ކުރެވުމުގެ ސަބަބުން ކުރިމަތިވާ މައްސަލަތައް ހުންނަކަމަށާއި އެކަންކަން ވީހައި މަދުކޮށް ހައްލުކުރަން ހުރިހާ ހޮސްޕިޓަލްތަކުންވެސް މަސައްކަތްކުރަންޖެހޭނެ ކަމަށެވެ. އަދި މިއީ ކުރަން ފަސޭހަކަމެއް ނޫން ނަމަވެސް ހައްލުކުރަން މަސައްކަތްކުރުމުން ހައްލުކުރެވޭނެ ކަމެއް ކަމަށެވެ. މަދުކުަން ގަދައަޅައި މަސައްކަތްކުރުމުން މަދުކުރެވޭނެ ކަމަށެވެ.
މިނިސްޓަރ ނާޒިމް ވިދާޅުވީ ރާއްޖޭގެ ޞިއްހީ ދާއިރާއަށް މިހާރު އެންމެ މުހިންމީ ރައްޔިތުންގެ އިތުބާރު ކަމަށާއި ރައްޔިތުންގެ އިތުބާރު ހޯދޭނީ މިފަދަ މައްސަލަތައް މަދުކުރެވިގެން ކަމަށެވެ. އަދި މިކަމަށް މަސައްކަތްކުރުމަކީ ޚިދުމަތްދޭ އެންމެންގެ އެންމެ ބޮޑު އެއް މަސްއޫލިއްޔަތަށް ވާންޖެހޭނެ ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް