އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަޝީދުގެ ސަރުކާރުގައި ބޭއްވި ސާކް ސަމިޓަށް ސަފާރީތައް ކުއްޔަށް ހިފުމުގައި ކޮރޮޕްޝަނެއް ނެތް: އޭސީސީ

ނަޝީދުގެ ސަރުކާރުގައި ބޭއްވި ސާކް ސަމިޓަށް ސަފާރީތައް ކުއްޔަށް ހިފުމުގައި ކޮރޮޕްޝަނެއް ނެތް: އޭސީސީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 9 ސިކުންތު

މާލިއްޔަތު ގަވާއިދާ ޚިލާފަށް އައްޑޫ ސިޓީގައި ބޭއްވި 17 ވަނަ ސާކް ސަމިޓަށް ސަފާރީތަކެއް ކުއްޔަށް ހިފީ ދައުލަތަށް ލިބިދާނެ ހުތުރު ނަމަކުން ސަލާމަތް ކުރުމަށް ކަމަށް ބުނެ، އެ މައްސަލައަކީ ކޮރަޕްޝަން އެކުލެވިގެން ނުވާ މައްސަލައެއް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކަނޑައަޅައިފި އެވެ.

އޭސީސީ އިން އެގޮތަށް ނިންމާފައިވަނީ، ސާކް ސަމިޓާ ގުޅިގެން އެކޮމޮޑޭޝަން ހަމަޖެއްސުމަށް ކަނޑުމަގުގެ ދަތުރުތަކަށް ކުއްޔަށްހިފި ހަ ސަފާރީ ކުއްޔަށް ހިފާފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފަށް ކަމަށް ބުނެ އެ ކޮމިޝަނަށް ހުށަހެޅި މައްސަލަ އާއި ސާކް ސަމިޓާގުޅޭ 2011ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަ ތަހުގީގު ކުރުމަށް ފަހު އެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު އޭސީސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ސާކް ސަމިޓުގެ އެކޮމޮޑޭޝަން ހަމަޖެއްސުމަށް ހަ ސަފާރީއެއް ކުއްޔަށްހިފާފައި ވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފަށް އިޢުލާނުކުރުމަކާނުލައި ކަމަށްވީ ނަމަވެސް، އެ ސަފާރީތައް ކުއްޔަށްހިފާފައި ވަނީ ސާކް ސަމިޓަށް އެކިއެކި ގައުމުތަކުން ގެންނަން ހަމަޖެހިފައިވާ ވަފުދުތަކުގައި ހިމެނޭ އަދަދަށް ވުރެ އިތުރަށް، އިތުރު ފަރާތްތަކެއް އަންނާނެ ކަމަށް އެގައުމުތަކުން އެންމެ ފަހު ވަގުތު އެންގުމުން ދުރާލައި ބޭރުގެ ވަފްދުތައް ބޭތިއްބުމަށް ހަމަޖައްސާފައިވާ ދެ ރިސޯޓުން އިތުރު ފަރާތްތަކަކަށް އެކޮމޮޑޭޝަން ހަމަޖެއްސެން ނެތިގެން ދަޢުލަތަށް ލިބިދާނެ ހުތުރު ނަމަކުން ސަލާމަތްކުރުމަށް ކޮންމެހެން މަޖުބޫރުވެގެން ކަމަށެވެ.

އޭސީސީން ބުނީ އެންމެ އަގު ހެޔޮ ގޮތަކަށް އެކަން ހަމަޖެއްސެން އޮތީ ސަފާރީތަކެއް ކުއްޔަށް ހިފައިގެންކަމަށް ސާކް ޓާސްކް ފޯހަށް ފެނުމުން އެގޮތަށް ނިންމީ ޚާއްސަ ހުއްދައެއްގެ ދަށުންކަން ތަހުގީގަށް އެނގޭތީ އާއި، ސަފާރީތައް ކުއްޔަށް ހިފާފައިވަނީ ސާކް ސަމިޓު ފެށެން ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަހަށް ވެފައިވަނިކޮށްކަން ސަފާރީތައް ކުއްޔަށްހިފުމަށް ވެފައިވާ އެއްބަސްވުންތަކުން އެނގޭތީ، އިޢުލާނުކޮށްގެން އެ ޚިދުމަތްދޭނެ ފަރާތެއް ހޯދާނެ މުއްދަތު ނެތްކަން ތަހުގީގަށް ފާހަގަކުރެވުނު ކަމަށެވެ.

އޭސީސީން ބުނީ ކުއްޔަށް ހިފާފައިވާ ހަ ސަފާރީގެ ތެރެއިން ފަސް ސަފާރީއަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފަށް އެޑްވާންސް ފައިސާގެ ގޮތުގައި އަގުގެ 50 އިންސައްތަ ދިނުމަށް އެއްބަސްވެ އެ ފައިސާ ދޫކޮށްފައިވަނީ، ކުއްޔަށް ދޫކުރި ފަރާތްތަކުން އަގު އެއްކޮށް ދެއްކުމަށް އެދިފައިވާތީ އެފަރާތްތަކާ ކުރި މަޝްވަރާގައި އެޑްވާންސް ފައިސާގެ ގޮތުގައި ކުލީގެ 50 އިންސައްތަ ދިނުމުން ނޫނީ ޚިދުމަތް ފޯރުކޮށްދެވެން ނެތް ކަމަށް ބުނެފައި ވާތީ، އެ މައްސަލަ އޭރުގެ ފޮރިން މިނިސްޓަރަށް ހުށަހެޅުމުން ސާކް ޓާސްކް ފޯހުގައި މަޝްވަރާކުރުމަށް ފަހުކަން ތަހުގީގަށް އެނގޭ ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ހަސަން އަލީ