އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޗެލްސީގެ އެއްބަސްވުން ކޯސްޓާ އާކުރަނީ...

ޗެލްސީގެ އެއްބަސްވުން ކޯސްޓާ އާކުރަނީ...


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 14 ސިކުންތު

ޑިއޭގޯ ކޮސްޓާ ޗެލްސީއާ އެކު ހަދާފައިވާ އެއްބަސްވުން އާކުރުމުގެ މަސައްކަތް ޗެލްސީން ފަށައިފިއެވެ.


ކޯސްޓާގެ އެއްބަސްވުން އާކުރުމުގެ މަސައްކަތް ޗެލްސީން ފަށާފައިވާއިރު، ކޮސްޓާ ޗެލްސީއާއެކު ކުރިން ހަދާފައިވާ އެއްބަސްވުމުގައި ބާކީ އަދި ދެ އަހަރު އެބަ އޮތެވެ.


މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޗެލްސީން މިހާރު މަސައްކަތް ކުރަމުންގެންދަނީ ފަސް އަހަރު ދުވަހުގެ އެއްބަސް ވުމެއްގައި ސޮއިކުރުވާށެވެ.


މި އާ އެއްބަސްވުމާ އެކު ކޮސްޓާއަށް ހަފްތާއަކު 220،000 ޕައުންޑް ލިބިގެން ދާނެކަމަށްވެސް މީޑިޔާ ރިޕޯޓުތަށް ބުނެއެވެ.


ކޮސްޓާގެ އެއްބަސްވުން އާކުރުމުގެ މަސައްކަތް ޗެލްސީން ފެށިއިރު އެކްލަބުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އާއި ދެމެދު ޖެހުނު މައްސަލަތަކެއްގެސަބަބުން ކޮސްޓާ މިދިޔަ މަހު ޗައިނާގެ ކްލަބަކަށް، ބަދަލުވުމުގެ ވިސްނުންގެންގުޅުނު ކަމަށާއި އެހެން ނަމަވެސް ދާދިފަހުން ކޮންޓޭ ވަނީ ދިގު މުއްދަތަކަށް ކޮސްޓާ ޗެލްސީގައި މަޑުކުރާނެ ކަމަށް ބުނެފައި ކަމަށްވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.


2014 ވަނަ އަހަރު 32 މިލިއަން ޕައުންޑްގެ އަގަކަށް، ޗެލްސީ އާއި ގުޅުނުކޮސްޓާއަކީ އެ ކްލަބުގެ ކުރީގައި ހަރަކާތްތެރިވާ އެންމެ މުހިއްމުކުޅުންތެރިއާއެވެ.


ޗެލްސީއާއެކީ ޕްރިމިއަރ ލީގު ކޮސްޓާ ހޯދާފައިވާއިރު އޭނާ ވަނީ މި ސީޒަނުގެމިހާތަނަށް ޕްރިމިއަރ ލީގުގައި ޗެލްސީއަށް 15 ގޯލު ކާމިޔާބުކޮށްދީފައެވެ.


ޗެލްސީ މިވަގުތު އޮތީ 8 ޕޮއިންޓްގެ ލީޑަކާއެކީ ލީގުގެ އެއްވަނައިގައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ޢަބްދުލްޙައްނާން