އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތަފާތު ބޮޑު ނަތީޖާއަކުން އާސެނަލްގެ މައްޗަށް ބަޔާން ކުރި ހޯދައިފި

ތަފާތު ބޮޑު ނަތީޖާއަކުން އާސެނަލްގެ މައްޗަށް ބަޔާން ކުރި ހޯދައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 31 ސިކުންތު

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ އާސެނަލްގެމައްޗަށް 1-5 ގެ ނަތީޖާއަކުން ބަޔާން މިއުނިކުން ކުރި ހޯދައިފިއެވެ.

ބަޔާންގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި އެޓީމުގެ ފަރާތުންމޮޅުކުޅުމެއް ފެނިގެންދިޔައިރު މެޗުގެ 11 ވަނަ މިނެޓުގައި އާޔަން ރޮބެންވަނީ ގޯލެއް ކާމިޔާބުކޮށްދީ މެޗުގެ ލީޑު ބަޔާންއަށް ނަގާދީފައެވެ.
މި ގޯލަށްފަހުވެސް ބަޔާންއިން ރަނގަޅަށް ކުޅެމުންދަނިކޮށް މެޗުގެ 30 ވަނަމިނެޓުގައި އާސެނަލްއަށް ވަނީ ޕެނަލްޓީއެއް ލިބިގެން ގޮސްފައެވެ. އެޕެނަލްޓީ ބަޔާންގެ ކީޕަރު މެނުއަލް ނޯޔާ ދިފާއުކުރި ނަމަވެސް، ބޯޅަ ދެވަނަފަހަރަށް ލިބުނު ވަގުތު ގޯލުގެ ކަނަށް ފޮނުވާލައިގެންއެލެކްސިސް ސަންޗޭޒް ވަނީ މެޗުގެ ނަތީޖާ އާސެނަލްއަށްއެއްވަރުކޮށްދީފައެވެ.

މި ނަތީޖާގައި އޮވެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލިއިރު މެޗުގެ 53 ވަނަމިނެޓުގައި ރޮބަޓް ލެވެންޑޯސްކީ ވަނީ ގޯލެއް ޖަހާ ދެވަނަ ފަހަރަށްބަޔާންއަށް ލީޑުނަގާދީފައެވެ. އަދި އޭގެ ތިން މިނެޓްފަހުން ބަޔާންގެތިންވަނަ ގޯލު ތިއާގޯ ކާމިޔާބުކޮށްދިންއިރު އެޓީމުގެ ހަތަރުވަނަގޯލު މެޗުގެ 63 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީވެސް ތިއާގޯއެވެ.

ބަޔާން އިން މެޗުގައި ޖެހި ފަސްވަނަ ގޯލު މެޗުގެ 88 ވަނަ މިނެޓުގައިކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ތޯމަސްމުލާއެވެ.

މި މެޗުން ތަފާތު ބޮޑުކޮށް އާސެނަލް ބަލިވުމުން އެޓީމަށްމުބާރާތުގެކުއާޓަރ ފައިނަލަށް ދިއުމަށް ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ.

މި ދެ ޓީމު ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ރެއެވެ.

މި މުބާރާތުގައި ރެއާލްމެޑްރިޑާއި ނަޕޯލީ ރޭ ބައްދަލު ކުރި މެޗު 3-1 ގެ ނަތީޖާއިންކާމިޔާބުކޮށްފައިވަނީ ރެއާލް މެޑްރިޑެވެ.ރޭގެ މެޗުގައި ރެއާލް ގެ ލަނޑުތަށް ޖަހައިދިނީ ބެންޒެމާ، ޓޯނީ ކުރޫޒް،ކަސަމެއިރޯ އެވެ. ނަޕޯލީގެ ހަމަ އެކަނި ލަނޑު ޖަހައިދިނީ އިންސިގްނާ އެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ޢަބްދުލްޙައްނާން