އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިރާގުން ހިއްޞާދާރުންނަށް ބަހާ ފައިދާ 51% އިތުރުކޮށް 2016 ވަނަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 37/14 ބަހަނީ

ދިރާގުން ހިއްޞާދާރުންނަށް ބަހާ ފައިދާ 51% އިތުރުކޮށް 2016 ވަނަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 37/14 ބަހަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 31 ސިކުންތު

ދިރާގަށް މާލީ ގޮތުން ވެސް ނިމިގެންދިއަ އަަހަރު ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދިއުމާއި ގުޅިގެން ޙިއްޞާދާރަކަށް 37/14 ލިބޭނެ ގޮތަށް ފައިދާ ބަހަން ނިންމައިފިއެވެ.

ދިރާގުގެ މައި އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސީއީއޯ އަދި އެމްޑީ އިސްމާއީލް ރަޝީދު ވިދާޅުވީ ދުބާއީގައި ބޭއްވި ޑިރެކްޓަރުންގެ ބޯފުގެ ބައްދަލުމުގައި ނިންމާފައިވަނީ 2016 ވަނަ އަހަރުގެ ފައިދާގެ ގޮތުގައި 1،092،120،000 (އެއް ބިލިއަން ނުވަދިހަ ދެ މިލިއަން އެއް ލައްކަ ވިހިހާސް ރުފިޔާ ބެހުމަށް ނިންމާފައި ކަމަށެވެ.

އިސްމާޢީލް ރަޝީދު ވިދާޅުވީ އިންޓެރިމް ޑިވިޑެންޑްއެއްގެ ގޮތުގައި ހިއްޞާދާރުންނަށް މިދިއަ އަހަރު ވަނީ ޙިއްޞާއަކަށް 92/5 ބަހާފައި ކަމަށެވެ. އެހެންކަމުން ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވަނީ އިތުރު 54/8 ބެހުމަށް މިއަހަރު ބާއްވާ އަހަރީ ޖަލްސާއަށް ހުށަހެޅުމަށް ކަމަށެވެ.

އެހެންކަމުން މިދިއަ އަހަރުގެ ފައިދާގެ ގޮތުގައި ހިއްޞާއަކަށް 37/14 ލިބިގެންދާނެ ކަމަށެވެ. މިއީ މިދިއަ އަހަރާއި އަޅާބަލާއިރު 51 އިންސައްތައިގެ ކުރިއެރުމެކެވެ.

އިސްމާޢީލް ރަޝީދު ވިދާޅުވީ ދިރާގުން ޢާންމުކޮށް ޙިއްޞާ ވިއްކާފައިވަނީ މީގެ 5 އަހަރު ކުރިން ކަމަށާއި ހިއްޞާ ވިއްކިފަހުން ހިއްޞާދާރުންނަށް ލިބޭ ފައިދާ ކޮންމެ އަހަރަކުވެސް އަންނަނީ އިތުރުވަމުން ކަމަށެވެ.

"މިހައި ވާދަވެރި މާހައުލެއްގައި މިވަރުގެ ބޮޑު ކުރިއެރުމެއް ލިބެމުން މިއަންނަނީ ދިރާގަށް ކަސްޓަމަރުންގެ އިތުބާރު ބޮޑުވަމުން އަންނާތީ. އަދި ކަސްޓަމަރުންގެ ތަރްޙީބް އިތުރުވަނމުން އަންނާތީ އެކަމަށްޓަކައި ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން."

އިސްމާޢީލް ރަޝީދު ވިދާޅުވީ ދިރާގާއިމެދު ކަސްޓަމަރުންގެ އިތުބާރު ބޮޑުވަނީ ދިރާގުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރެވި އެންމެ ހެޔޮ އަގުތަކުގައި ފޯރުކޮށްދެވޭތީ ކަމަށާއެކަން އެކަންކަން ކުރެވެމުން އަންނަނީ ދިރާގުގެ މުވައްޒިފުންގެ މިންނަތް މަސައްކަތުން ކަމަށެވެ. "އެކަމަށްޓަކައި ހުރިހާ މުވައްޒިފުންނަށްވެސް ވަރަށް ބޮޑަށް ޝުކުރު ދަންވަން." ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް