އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފިރިހެނުންނަށް ވަސް ދުއްވުމުގެ ނިޔަތުގަ ސެންޓް ޖަހައިގެން އާންމުންގެ ތެރެއަށް ނުކުތުމަކީ ޒިނޭކުރުން ފަދަ ކަމެއް!: ޝައިޚް މުޙައްމަދު މަންޞޫރު

ފިރިހެނުންނަށް ވަސް ދުއްވުމުގެ ނިޔަތުގަ ސެންޓް ޖަހައިގެން އާންމުންގެ ތެރެއަށް ނުކުތުމަކީ ޒިނޭކުރުން ފަދަ ކަމެއް!: ޝައިޚް މުޙައްމަދު މަންޞޫރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 27 ސިކުންތު

ފިރިހެނުންނަށް ވަސް ދުއްވުމުގެ ނިޔަތުގައި ސެންޓު ޖަހައިގެން އަންހެނުން ޢާންމުންގެ ތެރެއަށް ނުކުމެ އުޅުމަކީ ޒިނޭ ކުރުން ފަދަ ކަމެއް ކަމަށް އައްޝައިޚް މުޙައްމަދު މަންޞޫރު ވިދާޅުވެއްޖެއެވެ.

ޝައިޚް މުޙައްމަދު މަންޞޫރު ވިދާޅުވީ އަންހެނުންވެސް ސެންޓް ޖެހުމަކީ އިސްލާމް ދީން ހުއްދަކުރާ ކަމެއް ކަމަށާއި ނަމަވެސް ސެންޓް ޖަހަން ޖެހޭނީ ފިރިހެނުންނަށް އެކަމުން އަސަރު ނުކުރާނެ ވަރަށް ކަމަށެވެ. އެއަށްވުރެ ވަސް ގަދަވާ ވަރަށް ޖަހައިގެން ނުކުމެ އުޅޭނަމަ އެކަމުގެ ސަބަބުން ފިރިހެނުންގެ ހިތްތައް އެމީހަކަށް ލެނބި އިތުރު މައްސަލަތައް ކުރިމަތިވާނެ ކަމަށެވެ.

ޝައިޚް މަންޞޫރު ވިދާޅުވީ މިޒަމާނަކީ ދެޖިންސުގެ މީހުން ވެސް އެކުގައި މަސައްކަތްކޮށް އެކުގައި އުޅެންޖެހިފައިވާ ޒަމާނެއް ކަމަށެވެ.

އެހެންކަމުން މިފަދަ ކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭނެ ކަމަށެވެ. "ނޫންނަމަ އެކަން ވެގެންދާނީ ނުބައި ކަމަކަށް ދައުވަތު ދިނުން ފަދަ ކަމަކަށް،. އެއީ އިސްލާމް ދީން ހުއްދަކުރާ ކަމެއް ނޫން، އެހެންވެގެން އެހެން މީހުންނަށް ވަސް ދުއްވުމުގެ ނިޔަތުގަ ސެންޓުޖަހައިގެން ނުނުކުންނަންވީ. އެފަދައިން ސެންޓުޖަހާ އަންހެނުން ވާނީ ޒިނޭކުރާ އަންހެނުން ފަދަ ބައަކަށް."

ޝައިޚް މުޙައްމަދު މަންޞޫރު ވަނީ މިފަދަ ކަންކަމަކީ ކުދިކުދި ކަންތައްކަމަށް ބަލައިގެން ބައެއް މީހުންނަށް އަމަލުކުރެވޭ ކަމަށާއި ނަމަވެސް މިފަދަ ކަންކަމަކީ ކުދިކުދި އާދައިގެ ކަންކަން ނޫން ކަމަށެވެ. ވަރަށް ބޮޑަށް ސަމާލުކަން ދިނުމަށް އިސްލާމް ދީނުގައި ބާރުއަޅާ ކަންކަން ކަމަށެވެ.

ޝައިޚް މުޙައްމަދު މަންޞޫރު މިމޭރުމުން ވިދާޅުވީ މިއަދުގެ ޢަޞްރު ނަމާދަށްފަހު އަޅުގަނޑުމެންގެ ތެރޭގައި މިހާރު ހުރި ބައެއް ނުރަނގަޅު އާދަތަކުގެ މައްޗަށް މަސްޖިދު މުޙައްމަދު ބިން ޢަބްދުﷲ، ވިޔަފާރުވެރިންގެ މިސްކިތުގައި ދަރުސް ދެއްވަމުންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް