އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަހިމުގެ ގުޅުން ކަނޑާ މީހުންނާ މާތްﷲ ގުޅުން ކަނޑުއްވަވާނެ: ޝައިޚް ސަމީރު

ރަހިމުގެ ގުޅުން ކަނޑާ މީހުންނާ މާތްﷲ ގުޅުން ކަނޑުއްވަވާނެ: ޝައިޚް ސަމީރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 3 ސިކުންތު

މީސްތަކުންނަށް އެންމެ މުހިންމު ގުޅުމަކީ މާތްﷲ އާއި އެމީހަކާއިމެދު އޮންނަ ގުޅުން ކަމަށާއި އެހެންކަމާއިއެކުވެސް ރަޙިމުގެ ގުޅުން ކަނޑާ މީހުންނާއި މާތްﷲ ގުޅުން ކަނޑުއްވަވާނެ ކަމަށް އައްޝައިޚް އަހްމަދު ސަމީރު ބިން އިބްރާހީމް ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން އިންތިޡާމުކޮށްގެން މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ދަރުސްގައި ޝައިޚް ސަމީރު ވިދާޅުވީ ރަޙިމުގެ ގުޅުން ދަމަހައްޓާ މީހުންނާއި މާތްﷲ ގުޅުން ދަމަހައްޓަވާނެ ކަމާއި ރަޙިމުގެ ގުޅުން ކަނޑާ މީހުންނާއި މާތާ ﷲ ގުޅުން ކަނޑުއްވަވާނެކަން ކީރިތި ޤްރްއާނުގެ އާޔަތްތަކުން އެނގިގެންދާ ކަމަށެވެ.

ޝައިޚް ސަމީރު ވިދާޅުވީ ރަހިމުގެ ގުޅުމަކީ ހަމައެކަނި މަންމަމައަށާއި މައިފުށަށް ބާއްވަން ޖެހޭ ގުޅުމެއް ނޫން ކަމަށާއި ބައްޕައަށާއި ބައްޕަގެ ފުށަށްވެސް ރަހިމުގެ ގުޅުން ބާއްވައި ދަމަހައްޓަން ޖެހޭނެ ކަމަށެވެ.

ޝައިޚް ސަމީރު ވިދާޅުވީ މިއަދު ގުޅުން ބަދަހިކުރަނީ މުދަލާއި ފައިސާ އާއި ދުނިޔަވީ ތަނަވަސްކަމަށް ބަލައިގެން ކަމަށާއި އެހެން ނަމަވެސް އެކަން މާތްﷲގެ ޙަޟްރަތުގައި އޮތީ އެގޮތަށް ނޫން ކަމަށެވެ. ރަޙިމުގެ ގުޅުން ބަދަހިކުރަންޖެހޭނީ ދުނިޔަވީ ސަބަބުތަކާއި ގުޅުވައިގެން ނޫން ކަމަށެވެ.

މައިން ބަފައިން މުސްކުޅިވުމުން ބަލަހައްޓަން ބޭރުމީހުންނާއި ހަވާލުކުރުމާއިމެދު ސަމީރު ވިދާޅުވީ އެއީ ކުރުން ރަނގަޅުކަމެއް ނޫން ކަމަށެވެ.

"މަންމަ ނުވަތަ ބައްޕަ މުސްކުޅިވެ ބަލަހައްޓަން ޖެހިއްޖެ ނަމަ އެއޮތީ ބޮޑު ރަހްމަތެއް. އެއޮތީ ޖިހާދުގެ މައިދާން ގޭތެރެއިން ފެންމަތިވެފަ. މައިންބަފައިންނަށް ހެޔޮކޮށް ހިތައި ބެލެހެއްޓުމަކީ މަތިވެރި ޖިހާދެއް. އަވަހަށް މަސައްކަތް ފަށަންވީ އެޖިހާދު ކުރަން."

ޝައިޚް ސަމީރު ވިދާޅުވީ ރަޙިމުގެ ގުޅުން ކަނޑައިފި މީހަކު ސުވަރުގެ ނުވައްދަވާނެކަން ކައުއިތުރު ރަސޫލާގެ ހަދީޘްފުޅުން ސާބިތު ކަމަށެވެ. އެހެން ކަމުން އެކަމުން ވެސް ރަޙިމުގެ ގުޅުން ދެމެހެއްޓުމުގެ މުހިންމުކަމުގެ ބޮޑުކަން އެނގި ޔަޤީންވެގެންދާ ކަމަށެވެ.

ޝައިޚް ސަމީރު ވިދާޅުވީ ތިމާ މުސްކުޅިވާ ދުވަހު ތިމާގެ އަމިއްލަ ދަރިންގެ އަޅައިލުން އެދޭނަމަ ތިމާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތާތަން ތިމާގެ ދަރިންނަށް ދައްކަންޖެހޭނެ ކަމަށެވެ. އެއިރުން ތިމާ މުސްކުޅިވާ ދުވަހު ތިމާގެ އަމިއްލަ ދަރިން ތިމާ ޢާއިމެދު، ތިމާގެ އަމިއްލަ މައިން ބަފައިންނާއިމެދު ތިމާ އަމަލުކުރި ފަދައިން އަމަލުކުރާނެ ކަމަށެވެ.

މިރޭގެ ދަރުސްގައި ޝައިޚް ސަމީރުގެ އިތުރުން ބައިވެރިވެވަޑައިގަތީ އައްޝައިޚް އަޙްމަދު ފަހުމީ ދީދީއެވެ. މިރޭގެ ދަރުސަށްފަހު ބައިވެރިން ކުރި ސުވާލުތަކަށް ދެ ޝައިޚުން ވަނީ ޖަވާބު ދެއްވައިފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް