އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޗެލްސީ ކުއާޓަރ ފައިނަލުން ޖާގަ ހޯދިއިރު ލެސްޓަރ ކަޓައިފ.

ޗެލްސީ ކުއާޓަރ ފައިނަލުން ޖާގަ ހޯދިއިރު ލެސްޓަރ ކަޓައިފ.


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 58 ސިކުންތު

އިނގިރޭސި އެފްއޭ ކަޕްގެ ފަސް ވަނަ ބުރުގައި ރޭ ވުލްވްސް އަތުން 2-0 އިން މޮޅުވެ ޗެލްސީ މުބާރާތުގެ ކުއާޓަރ ފައިނަލުން ޖާގަ ހޯދި އިރު މިލްވޯލް އަތުން 1-0 އިން ބަލިވެ ލެސްޓަރ ސިޓީ މުބާރާތުން ކަޓައިފިއެވެ.

ލިވަރޕޫލް ކަޓުވާލައިލުމަށް ފަސްވަނަ ބުރުން ޖާގަ ހޯދި ވުލްވްސް އާ ޗެލްސީ ބައްދަލުކުރި މި ފޯރިގަދަ މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި ނިންމާލަން ޖެހުނު އިރު، ޗެލްސީން މި މެޗުގައި ކާމިޔާބު ކުރި ދެ ގޯލްވެސް ކާމިޔާބު ކޮށްފައިވަނީ ފަހު ހާފުގައެވެ.

އެގޮތުން ޗެލްސީގެ ފުރަތަމަ ގޯލް މެޗުގެ 65 ވަނަ މިނިޓުގައި ކާމިޔާބުކުރީ އެޓީމުގެ މިޑްފީލްޑަރުޕެޑްރޯރޮޑްރިގޭޒެވެ. ޗެލްސީގެދެވަނަގޯލްމެޗުގެފަހުމިނިޓުގައިކާމިޔާބުކުރީ ޑިއޭގޯކޮސްޓާއެވެ. މިއީމިސީޒަނުގައިކޮސްޓާ ޖެހި 16 ވަނަ ލަނޑެވެ. މި ނަތީޖާއާއކު ޗެލްސީ މިވަގުތު އޮތީ ޕްރިމިއަރ ލީގުގެ އެއްވަނައިގައެވެ.

އެފްއޭ ކަޕްގެ ފަސްވަނަ ބުރުގައި ރަށުންބޭރުގައި ރޭ މިލްވޯލް އާ ދެކޮޅަށް ކުޅުނު މެޗުން ލެސްޓަރ ބަލިވެ މުބާރާތުން ކަޓާފައިވާއިރު އެޓީމަށް ރޭގެ މެޗުގައި މާ އެދެވޭ ކުޅުމެއް ދެއްކިފައި ނުވާކަން ފާހަގަކޮށްލެވެއެވެ. އެންމެ ފަހުގެ ލީގު ޗެމްޕިއަން ލެސްޓަރ ރޭގެ މެޗަށް ނިކުތްއިރު އެޓީމުގެ ސީނިއަރ ބައެއް މުހިންމު ކުޅުންތެރިން ކުޅެފައި ނުވާކަންވެސް ފާހަގަކޮށްލެވެއެވެ.
މިލްވޯލް އިން ރޭގެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ މެޗުގެ ފަހު ވަގުތުޝޯން ކަމިންސް ކާމިޔާބުކޮށްދިން ލަނޑެކެވެ.


ދެވަނަ ހާފުގެ ބޮޑުބައެއް 10 ކުޅުންތެރިންނާއި އެކު ކުޅެމުންދިޔަ މިލްވޯލް އަތުން ލެސްޓަރ އަށް މޮޅު ނުވެވި މުބާރާތުން ކަޓާފައިވާއިރު އަންނަ ހަފްތާ ލިވަރޕޫލާ ދެކޮޅަށް ކުޅޭ މެޗުން ބަލިވެއްޖެ ނަމަ ލެސްޓަރ ރެލިގޭޝަން ޒޯނަށް ވެއްޓޭނެއެވެ.

އެފްއޭކަޕް ގެ ފަސްވަނަ ބުރުގައި ރޭ ކުޅުނު އިތުރު މެޗަކަށް ބަލާއިރު، މެންޗެސްޓަރ ސިޓީ ވަނީހަޑްލްސްފީލްޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވެފައެވެ. އެހެން ކަމުން އެޓީމަށް ވަނީ އެފްއޭ ކަޕްގެ ކުއާޓަރ ފައިނަލުން ޖާގަ ހޯދުމަށް އިތުރު އިންތިޒާރެއް ކުރަން ޖެހިފައެވެ.
މި ދެ ޓީމު ތެރެއިން ކުއާޓަރ އަށް ދާ ޓީމެއް އެނގޭނީ ސިޓީ ދަނޑުގައި ކުޅޭ ރީޕްލޭ މެޗަށް ފަހުއެވެ.
ރޭ ބާންލީ ވަނީ ލިންކޮން ސިޓީ އަތުން 1-0 އިން ބަލިވެ މުބާރާތުން ކަޓާފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ޢަބްދުލްޙައްނާން