އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސްޕެނިޝް ލީގުގައި ދެވަނައަށް އެންމެ އަވަހަށް ހެދި ހެޓްރިކް ގަމޭރޯ ހަދައިފި

ސްޕެނިޝް ލީގުގައި ދެވަނައަށް އެންމެ އަވަހަށް ހެދި ހެޓްރިކް ގަމޭރޯ ހަދައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 19 ސިކުންތު

ސްޕެއިންގެ ފުޓްބޯޅަ ތާރީޚުގައިވެސް އެންމެ އަވަހަށް ހެދި ދެވަނަ ހެޓްރިކް އެތްލެޓިކޯ މެޑްރިޑުގެ ފްރާންސް ފޯވާޑް ކެވިން ގަމޭރޯ ހަދައިފި އެވެ.

އެތްލެޓިކޯ މެޑްރިޑުގެ ފޯވާޑް ކެވިން ގަމެއިރޯ މި ހެޓްރިކް ހެދީ ރޭ ސްޕެނިޝް ލީގުގައި ސްޕޯޓިން ގިޔޯން އަތުން 4-1 އިން އެތުލެޓިކޯ މެޑްރިޑް މޮޅުވި މެޗުގައެވެ.

މި މެޗުގައި ގަމެއިރޯ މި ހެޓްރިކް ހަދާފައިވަނީ ފަސް މިނެޓު ތެރޭގައެވެ. މި ލީގުގައި އެންމެ އަވަހަށް ހެޓްރިކެއް ހަދާފައިވަނީ މީގެ 11 އަހަރު ކުރިން ޑޭވިޑް ވިލާ އެވެ. އޭނާ ހެޓްރިކް ހެދީ ހަތަރު މިނިޓް ތެރޭގަ އެވެ.
ރޭގެ މެޗުން ގެމެއިރޯގެ ހެޓްރިކާ އެކު އެތްލެޓިކޯ މެޑްރިޑު މޮޅުވެފައިވާއިރު މި ނަތީޖާއާ އެކު އެޓީމު މިވަގުތު އޮތީ 45 ޕޮއިންޓާއެކު ސްޕެނިޝް ލީގުގެ ހަތަރުވަނާގައެވެ.

ރޭގެ މެޗުގައި ސްޕޯޓިން ކޮޅަށް ފުރަތަމަ ލަނޑު ޖެހީ އެތުލެޓިކޯ އިންނެވެ. ދެ ވަނަ ހާފް ފެށިގެން ފުރަތަމަ މިނިޓް ތެރޭ ޔަނިކް ފެރޭރާ ކަރަސްކޯ އެ ޓީމަށް ލީޑުނަގައިދިން ނަމަވެސް އޭގެ ތިން މިނިޓް ފަހުން ސްޕޯޓިން އަށް އެއްވަރުކޮށްދިނީ ސާޖިއޯ އަލްވަރޭޒް އެވެ.
އެތުލެޓިކޯ އިން ގަމޭރޯ ކުޅެން އެރުވީ މެޗުގެ 62 ވަނަ މިނިޓްގަ އެވެ. އޭނާ ފުރަތަމަ ލަނޑު ޖެހީ 80 ވަނަ މިނިޓްގަ އެވެ. އޭގެ މިނިޓެއް ފަހުން ދެ ވަނަ ލަނޑު ޖެހިއިރު، ހެޓްރިކް ހެދީ 85 ވަނަ މިނިޓްގައި ޖެހި ލަނޑުންނެވެ.
ރޭގެ މެޗަށް ފަހު ގަމޭރޯ ބުނީ މި ހެޓްރިކް ހާއްސަ ކުރަނީ މިދިޔަ ހަފްތާގައި މަރުވި އޭނާގެ މާމަ އަށް ކަމަށެވެ.

ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑުވެސް ވަނީ އެސްޕަންޔޯލް އާދެކޮޅަށް ކުޅެ 0-2 ގެ ނަތީޖާއަކުން މޮޅުވެފައެވެ. ރެއާލް މެޑްރިޑު ރޭގެ މެޗުން މޮޅުވުމުން އެޓީމަށް ވަނީ 52 ޕޮއިންޓް ލިބިފައެވެ. އެޓީމު އޮތީ ލީގުގެ އެއްވަނާގައެވެ.

ރޭ ރެއާލް ކުޅުނު މެޗުގައި އެސްޕަންޔޯލް ކޮޅަށް އެ ޓީމުގެ ލަނޑުތައް ކާމިޔާބުކުރީ އަލްވާރޯ މޮރާޓާ އާއި ގަރެތު ބޭލް އެވެ. ރޭގެ މެޗަކީ އަނިޔާއިން ރަނގަޅުވުމަށް ފަހު ބޭލް ކުޅުނު ފުރަތަމަ މެޗެވެ. ބޭލް ކުޅެން އެރީ ވެސް މެޗުގެ ދެ ވަނަ ހާފްގަ އެވެ.

ސެވިއްޔާވެސް ވަނީ ރޭ އެއިބާ އަތުން 0-2 އިން މޮޅުވެފައެވެ. މި މޮޅާއެކު އެޓީމު ވަނީ ލީގުގެ ދެވަނައަށް ޖެހިލާފައެވެ. އެޓީމު ލީގުގެ ދެވަނައަށް ޖެހިލީ ކުޅުނު 23 މެޗުން 49 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި ބާސެލޯނާ އޮތީ 22 މެޗުން 48 ޕޮއިންޓާ އެކުއެވެ.

އެހެން ނަމަވެސް މިރޭ ކުޅޭ މެޗުން މޮޅުވެއްޖެނަމަ ބާސެލޯނާ އަށް ލީގުގެ ދެވަނަ މަގާމު ލިބޭނެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ޢަބްދުލްޙައްނާން