އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލެވެންޑޯސްކީ ފަހުވަގުތު ކާމިޔާބުކުރި ގޯލުން ބަޔާން ބަލިނުވެ ސަލާމަތްވެއްޖެ

ލެވެންޑޯސްކީ ފަހުވަގުތު ކާމިޔާބުކުރި ގޯލުން ބަޔާން ބަލިނުވެ ސަލާމަތްވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 31 ސިކުންތު

ޖަރުމަން ލީގުގައި ހާތާ ބާލިންއާއި ދެކޮޅަށް ރޭ ކުޅުނު މެޗުން ބަޔާން މިޔުނިކް ބަލިވާން ދަނިކޮށް ފަހުވަހުގުތު ރޮބަޓް ލެވެންޑޯސްކީ ކާމިޔާބުކުރި ލަނޑާއެކު ބަޔާން މިއުނިކް ސަލާމަތް ވެއްޖެއެވެ.
ރޭ ހާތާ ބާލިންއާއި ދެކޮޅަށް ބަޔާން މިޔުނިކް ކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

ބަޔާންއިން ގިނަވަގުތު ބޯޅަ ހިފަހައްޓައިން މޮޅަށް ކުޅެމުން ގެންދުޔަ މި މެޗުގެ 21 ވަނަ މިނެޓްގައި ވެޑާޑް އިބިސެވިޗް ވަނީ ހާތަ ބާލިންއަށް ގޯލެއް ޖަހައިދީ މެޗުގެ ލީޑުނަގާދީފައެވެ. ފުރަތަމަ ހާފް ނިމުމުގެކުރިން ލީޑު ފުޅާކޮށްލަން ވެސް، ހާތަ ބާލިންއަށް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ.


އެހެން ނަމަވެސް މެޗުގެ ފުރަތަމަ ހާފް ނިންމާލަން ޖެހުނީ މި ނަތީޖާގައި ހާތާ ބާލިން ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފަށް ކުޅެން ނިކުމެވެެސް ރަނގަޅަށް ކުޅެމުން ގެންދިޔައީ ބަޔާނުން ކަމަށް ވީނަމަވެސް އެޓީމަށް ވަނީ ހާތާބާލިންގެ ޑިފެންސް ފޫއަޅުވާލަން ވަރަށް އުނދަގޫވެފައެވެ.

އެހެން ނަމަވެސް ދެވަނަ ހާފްގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަ މިނެޓްގެ ތެރެއިން، އެންމެފަހު މިނެޓްގައި ރޮބަޓް ލެވެންޑޯސްކީ ވަނީ ބަޔާންއަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީ މި މެޗުން އެޓީމަށް ޕޮއިންޓެއް ހޯދާދީފައެވެ. މިއީ ލީގުގައި ލެވެންޑޯސްކީ ކާމިޔާބުކުރި 16 ވަނަ ގޯލެވެ.

ރޭގެ މެޗު އެއްވަރުވި ނަމަވެސް، 50 ޕޮއިންޓާއެކީ ލީގުގެ އެއްވަނައިގައި އަދިވެސް އޮތީ ބަޔާންއެވެ. ލީގުގެ ދެވަނައިގައި ބަޔާންއަށް ވުރެ އެއް މެޗު މަދުންކުޅެ، 42 ޕޮއިންޓާއެކީ ރެޑްބުލް ލީޕްޒިގް އޮތްއިރު، 37 ޕޮއިންޓާއެކީ ލީގުގެ ތިންވަނައިގައި އޮތީ ބްރޫޝިއާ ޑޯޓްމަންޑެވެ.

ޖަރުމަނު ލީގުގެ ތިންވަނައިގައި އޮތް، ބްރޫޝިއާ ޑޯޓްމަންޑުން ރޭ ވަނީ ވުލްފްސްބާގްގެ މައްޗަށް ފަސޭހަކަމާއެކީ 0-3 ގެ ނަތީޖާއަކުން ކުރި ހޯދާފައެވެ

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ޢަބްދުލްޙައްނާން