އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އައިލެންޑަރސް ކަޕް އަންނަ މަހުގެ 16ން 29އަށް މ. ދިއްގަރުގައި ބާއްވަނީ

އައިލެންޑަރސް ކަޕް އަންނަ މަހުގެ 16ން 29އަށް މ. ދިއްގަރުގައި ބާއްވަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 18 ސިކުންތު

އައިލެންޑަރސް ކަޕް ފުޓްސަލް މުބާރާތް އަންނަ މާރޗު މަހުގެ 16ން 26އަށް މ. އަތޮޅު ދިއްގަރުގައި ބޭއްވުމަށް ނިންމައިފިއެވެ.

ޓީމް ފްރޮމް މާސް ފުޓްބޯލް ކުލަބުން އިންތިޒާމްކޮށްގެންމެދު ރާއްޖެތެރޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތުގައި މިއަހަރު ޗެމްޕިއަން ޓީމަށް 35،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 10،000 ރުފިޔާގެފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މ. އަތޮޅުގެ ހުރިހާ ރަށަކަށް ބައިވެރިވުމުގެފުރުޞަތު މިއަހަރު ހުޅުވާލާފައިވާ އިރު، މުބާރާތް ބާއްވާ ދިއްގަރަށް ނިސްބަތްވާ 7 ޓީމަކާއި އެ އަތޮޅު މަޑުއްވަރިއަށް ނިސްބަތްވާ 5 ޓީމަކާއި މުލަކުންނާއި މުލިން ކޮންމެ ރަށަކުން 1 ޓީމު މިއަހަރުގެ މުބާރާތުގައިވަނީ ބައިވެރިވެފައެވެ.

ދިއްގަރުން ބައިވެރިވެފައިވަނީ ޑީސީޖޭ، އަސަރުބީ، ބިޒީ ބޯއިސް،އިފްހާމްސް، ޖަމިއްޔަތުލް ކޮވިގޯނި، އެފްއޯޑީ އަދި މިދިޔަ އަހަރުގެ ރަނަރަޕްއެފްސީއެން އެވެ.

މަޑުއްވަރީން ބައިވެރިވެފައިވަނީ މަޑުއްވަރީ މުސްކުޅި ބޯއިސް، ނާނީ،އެސްޕެރެންޒާ، އެފްސީ ބާޒު އަދި މިދިޔަ އަހަރުގެ ޗެމްޕިއަން ދަ ގްރާންޑޭ އަމީގޯސް ނިއު ޖެނެރޭޝަން ސްޕޯޓްސްކްލަބެވެ.

ދެން މި މުބާރާތުގައި ބައިވެރިވެފައިވަނީ މުލަކު އެފްސީ އާއި މ. މުލިން ބައިވެރިވެފައިވާ ހަމައެކަނި ޓީމަކީ އެފްސީ ރިއޯ އެވެ.

މިއަހަރުގެ މުބާރާތް 4 ގްރޫޕަކަށް ބަހާލައިގެން ކޮނެމް ގްރޫޕަކުންވެސް އެންމެމޮޅު ދެ ޓީމު ކުއާޓަރ ފައިނަލަށް ދަތުރުކުރާ ގޮތަށް ނިންމާފައިވާ އިރު، ގުރު ނެގުމަށް ރޭ ވަނީ ސަލްސާ ރޯޔަލްގައި ޚާއްޞަރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީސްޕޯޓްސް ކޮމިޝަނަރ މުހައްމަދު ނަޝީދުއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޚް