އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބެޑްމިންޓަން އެސޯސިއޭޝަންގެ ކޮންގްރެސް އަންނަ މަހު ބާއްވަނީ

ބެޑްމިންޓަން އެސޯސިއޭޝަންގެ ކޮންގްރެސް އަންނަ މަހު ބާއްވަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 46 ސިކުންތު

ބެޑްމިންޓަން އެސޯސިއަެޝަން އޮފް މޯލްޑިވްސްގެ ކޮންގްރެސް އަންނަ މަހު ބޭއްވުމަށް ނިންމައިފިއެވެ.

އެ އެސޯސިއޭޝަނުން ބުނީ ކޮންގްެއެސް އޮންނާނީ އަންނަ އޭޕްރިލް މަހުގެ 20 ވަނަ ދުވަހު ކަމަށެވެ.

މި ކޮންގްރެސްގައި ބަޖެޓި ފާސްކުރުމާއި ފާއިތުވި އަހަރުގެ ހަރަކާތްތަކުގެ ރިޕޯޓު އިއްވުން އޮންނާނެއެވެ. އަދި މިއަހަރުގެ ޕްލޭންތަކާއި ބެހޭގޮތުން ކުލަބުތަކާއި މެމްބަރުންނަަށް މަޢުލޫމާތު ދިނުމަށްވެސް ވަނީ ނިންމާފައެވެ.

މި ކޮންގްރެސްގައި ވޯޓުލެވޭނީ އެސޯސިއޭޝަނުން ކަނޑައަޅާ ޝަރުތުތަކެއް ހަމަވާ ޓީމިތަކަކަށެވެ. އެޓީމުތައް ކަނޑައަޅާފައިވަނީ މިދިޔަ ހޯމަ ދުވަހު ބޭއްވި ޖިންގާ ކޮމެޓީގެ ބައްދަލުވުމުގައެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން ބުނީ ކޮންގްރެސް ބާއްވާނެ ތަނާއި ގަޑި ފަހުން އިޢުލާން ކުރާނެ ކަމަށާއި އެޖެންޑާގައި އިތުރުކަމެއް ހިމަނަން ބޭނުންނަމަ އަންނަ މަހުގެ 9 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އެކަން އެ އެސޯސިއޭޝަނަށް އަންގަންވާނެ ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޚް