އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފަހުވަގުތު މެސީ ކާމިޔާކޮށްދިން ލަނޑުން މޮޅުވެ ބާސެލޯނާ އަނެއްކާވެސް ސްޕެނިޝް ލީގުގެ ދެވަނައަށް

ފަހުވަގުތު މެސީ ކާމިޔާކޮށްދިން ލަނޑުން މޮޅުވެ ބާސެލޯނާ އަނެއްކާވެސް ސްޕެނިޝް ލީގުގެ ދެވަނައަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 42 ސިކުންތު

ލިއޮނަލް މެސީ ފަހުވަގުތު ކާމިޔާބުކޮށްދިން ގޯލާއެކު 2-1 އިން ލެގަނޭސް ބަލިކޮށް ބާސެލޯނާ އަލުން ސްޕެނިޝް ލީގުގެ ދެ ވަނަ މަގާމަށް ޖެހިލައިފި އެވެ.

ރޭގެ މެޗު ފެށިގެން ބާސާމޮޅަށް ކުޅެމުންގެންދިޔައިރު މެޗުގެ ހަތަރު ވަނަ މިނިޓްގައި އެޓީމުން ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑުނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލުއިސް ސުއަރޭޒްގެ އެހީތެރިކަމާއެކު މެސީއެވެ.

މި ގޯލަށް ފަހުވެސް ލީޑުފުޅާކުރަން ބާސެލޯނާ އަށް ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފް ބާސާއިން ނިންމާލީ މެޗުގެ ކުރީކޮޅު ކާމިޔާބުކުރި ހަމައެކަނި ގޯލާއެކު އެއް ގޯލްގެ ލީޑެއްގައި އޮވެއެވެ.

މެޗުގެ ފަހުހާފަށް ކުޅެން ނިކުމެ ލެގަނޭސް އިން ވަނީ ފުރަތަމަ ހާފާ ޚިލާފަށް ކުޅުން ވަރުގަދަކޮށް ބާސާގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެގޮތުން މެޗުގެ 71 ވަނަ މިނެޓުގައި ލެގަނޭސް ވަނީ ގޯލެއް ކާމިޔާބުކޮށް ނަތީޖާ އެއްވަރުކޮށްފައެވެ. ލެގަނޭސް އަށް ނަތީޖާ އެއްވަރު ކޮށްދިނީ އުނައި ލޮޕޭޒް އެވެ. އޭނާ މި ލަނޑު ޖެހީ ބާސެލޯނާގެ ސާޖީ ރޮބާޓޯ އަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންނެވެ.

މެސީ ބާސެލޯނާ މޮޅުކޮށްދިން ލަނޑު ކާމިޔާބުކުރީ މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީ އަކުންނެވެ. މި ޕެނަލްޓީ އަކީ ލެގަނޭސް ކުޅުންތެރިއަކު އެ ޓީމުގެ އޭރިއާ ތެރެއިން ބާސެލޯނާގެ ނޭމާ އަށް ފައުލުކުރުމުން ރެފްރީ ދިން ޕެނަލްޓީ އެކެވެ.

ރޭގެ މޮޅާ އެކު ލީގު އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވުރެން ދެ މެޗު އިތުރަށް ކުޅެ ބާސެލޯނާ ވަނީ އެ ޓީމާ އެއް ޕޮއިންޓަށް ގާތަށް ޖެހިލައިފަ އެވެ. ރެއާލް އެއް ވަނައިގައި އޮތީ 21 މެޗުން 52 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ބާސެލޯނާ އޮތީ 23 މެޗުން 51 ޕޮއިންޓް ހޯދައިގެންނެވެ. ބާސެލޯނާ ރޭ މޮޅުވުމުން ސެވިއްޔާ ވަނީ ތިން ވަނަ އަށް ވެއްޓިފައެވެ. އެ ޓީމަށް 23 މެޗުން ލިބިފައިވަނީ 49 ޕޮއިންޓެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ޢަބްދުލްޙައްނާން