އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިދިޔަ އަހަރުގެ ޖެނުއަރީމަހު ރާއްޖެއަށް 2.4ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފި

މިދިޔަ އަހަރުގެ ޖެނުއަރީމަހު ރާއްޖެއަށް 2.4ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 20 ސިކުންތު

މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް 2.4 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓުކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނެފިއެވެ.

ކަސްޓަމްސް އިން ޢާންމުކޮށްފައިވާ ތަފާސް ހިސާބުގައިވާ ގޮތުން މިއަހަރުގެ ޖެނުއަރީމަހު މިޢަދަދުވަނީ 3.3 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އަދިއިމްޕޯޓްކުރި މުދަލުގެ އަގުގެގޮތުން 18 އިންސައްތަ ޔުނައިޓެޑް އަރަބްއެމިރޭޓްސް (ޔޫއޭއީ) އިން އިމްޕޯޓްކޮށްފައިވާ ކަމަށާއި އަދި 13 އިންސައްތަ ސިންގަޕޫރުން 11 އިންސައްތަ އިންޑިޔާއިން އެތެރެކޮށްފައިވާ ކަމަށްވެސް ކަސްޓަމްސްގެ ތަފާސް ހިސާބުގައި ބުނެފައިވެއެވެ.

އަދި ހުސްވި މަހު ރާއްޖެއަށް އިމްޕޯޓު ކުރިމުދަލުގެ ސީއައިއެފް އަގު މިދިޔަ އަހަރުގެ ޖެނުއަރީމަހާ އަޅާބަލާއިރު 36އިންސައްތަ އިތުރުވެފައިވާ ކަމަށާއި އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައިލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާއަޅާބަލާއިރު ހުސްވި ޖެނުއަރީ މަހު 25 އިންސައްތަ އިތުރުވެފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

އަދި މިއަހަރުގެ ޖެނުއަރީ މަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެގޮތުގައި ދަޢުލަތަށް 226 މިލިއަން ރުފިޔާ ލިބިފައިވާއިރު މިދިޔަ އަހަރުގެޖެނުއަރީ މަހު ލިބިފައިވަނީ 181 މިލިއަން ރުފިޔާ ކާމަށް ވެސްކަސްޓަމްސްއިން ބުނެއެވެ.

ކަސްޓަމްސްއިން ބުނީ ފާއިތުވި ޖެނުއަރީމަހު ދިވެހިރާއްޖެއިންއެކްސްޕޯޓު ކުރި މިންވަރު މިދިޔަ އަހަރުގެ ޖެނުއަރީ މަހާއަޅާބަލާއިރު ވަނީ 137 އިންސައްތަ މަތިވެފައިވާ ކަމަށާއި މިދިޔައަހަރުގެ ޖެނުއަރީ މަހު 265 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިންބޭރުކޮށްފައިވާއިރު، މިއަހަރުގެ ޖެނުއަރީމަހު މި ޢަދަދު ވަނީ 633 މިލިއަންރުފިޔާއަށް އިތުރުވެފައި ކަމަށެވެ.

ދިވެހިރާއްޖެއިން މައިގަނޑުގޮތެއްގައި އެކްސްޕޯޓްކުރަނީ މަހުގެބާވަތްތައްކަމަށްވާއިރު މިދިޔަ ޖެނުއަރީމަހު އެކްސްޕޯޓްކުރި މަހުގެބާވަތްތަކުގެ 69 އިންސައްތަ އެކްސްޕޯޓްކޮށްފައިވަނީ ތައިލެންޑަށް ކަމަށްވެސް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޚް