އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިރޭގެ މެޗަށް ނިކުންނާނީ މޮނާކޯގެ ވަރުގަދަކަމަށް ވިސްނައިގެން: ގާޑިއޯލާ

މިރޭގެ މެޗަށް ނިކުންނާނީ މޮނާކޯގެ ވަރުގަދަކަމަށް ވިސްނައިގެން: ގާޑިއޯލާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 40 ސިކުންތު

ޔޫއެފަރ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި މިރޭގެ މެޗަށް ނުކުންނައިރުމޮނާކޯ އޮތީ ރަނގަޅު ފޯމެއްގައި ކަމަށާއި އެހެން ނަމަވެސް މެންޗެސްޓަރސިޓީން މޮނާކޯ ދެކެ އެއްވެސް ވަރަކަށް ޖެހިލުން ނުވާކަމަށް އެ ޓީމުގެ ކޯޗުޕެޕް ގާޑިއޯލާ ބުނެފިއެވެ.

މިރޭގެ މެޗާ ބެހޭގޮތުން ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ މޮނާކޯއާ ދެކޮޅަށްކުޅޭއިރު ސަމާލުވާންޖެހޭ ވަރަށް ގިނަ ކަންތައްތައް އެބަހުރިކަމަށާއިއެހެންނަމަވެސް އެ ޓީމާ ދެކޮޅަށް ކުޅެން ޖެހިލުންނުވާކަމަށެވެ.

ގާޑިއޯލާ ބުނީ މޮނާކޯ އަކީ މުޅި ޔޫރަޕަށް ބެލިޔަސް މިވަގުތު އެންމެ ފޯމުރަނގަޅަށް އޮތް އެއް ޓީމުކަމަށާއި އެހެން ކަމުން މިރޭގެ މެޗުއުނދަގުވާނެކަމަށެވެ.

މިވަގުތު ފްރެންޗް ލީގުގެވެސް އެއްވަނާގައި އޮތް މޮނާކޯ އަކީ ގިނަ މޮޅު،ތަޖުރިބާކާރު ކުޅުންތެރިންގެ މައްޗަށް ބިނާވެފައިވާ ޓީމެއް ކަމަށްވެސްގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ބުނީ އެ ޓީމުގެ ރެކޯޑްތަކަށް ބެލުމުންވެސް އެކަން އެނގޭކަމަށާއިއޭނާ އަކީވެސް ކުޅުންތެރިޔެއްގެ އިތުރުން ކޯޗިން ކެރިއަރުގައިވެސްފޯމުގައި އޮތް ޓީމުތަކާ ދެކޮޅަށް ކުޅެފައިވާ މީހެއްކަމުން އެފަދަ ޓީމަކާއިދެކޮޅަށް ކުޅެންވީ ގޮތް ކުޅުންތެރިންނަށް ބުނެދޭންއެނގޭނޭ ކަމަށެވެ.

މިރޭގެ މެޗަށް ނުކުންނައިރު ސިޓީގެ ފޯވާޑް ސާޖިއޯ އަގުއޭރޯ ހުރީ މާ ރަނގަޅުފޯމެއްގައެއް ނޫނެވެ. އޭނާއަށް ލީގުގައިވެސް މާއެދެވޭ ކުޅުމެއްނުދެއްކެއެވެ. އަދި އަގުއޭރޯގެ އިތުރުން އެޓީމުގެ ޑިފެންޑަރ ކޮމްޕާނީއަށްވެސް އަނިޔާގެ ސަބަބުން މިރޭގެ މެޗުގައި ނުކުޅެވޭނެކަމަށެވެ.

އެއާ ޚިލާފަށް ސިޓީގެ ކުޅުންތެރިން މިރޭ އެންމެ ސަމާލުވާންޖެހޭނެ އެއްކުޅުންތެރިޔަކީ މޮނާކޯގެ ފޯވާޑް ރަޑަމެލް ފަލްކާއޯ އެވެ. މި ސީޒަނުގައިފަލްކާއޯ އަންނަނީ އޭނާ ކުރިން ދެއްކި މޮޅު ކުޅުން ތަކުރާރުކުރަމުންނެވެ.

މިރޭގެ މެޗާ ބެހޭގޮތުން މޮނާކޯގެ ކޯޗު ލިއޮނާޑޯ ޖާޑީމް ބުނީ މެންޗެސްޓާޔުނައިޓެޑާއި ޗެލްސީގައި ފަލްކާއޯ އަށް އޭނާގެ އަސްލު ފެންވަރުގައިނުކުޅެވުނަސް މިހާރު އޭނާ ދައްކަމުން އަންނަ ކުޅުމުން އެކަން ފެނިގެންދާކަމަށެވެ.

ސިޓީ ދަނޑުގައި މޮނާކޯއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން ދަންވަރު 00:45 ގައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ޢަބްދުލްޙައްނާން