އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވަރުގަދަ ކުރިމަތި ލުމަކަށްފަހު މޮނާކޯގެ މައްޗަށް ސިޓީން ކުރި ހޯދައިފި

ވަރުގަދަ ކުރިމަތި ލުމަކަށްފަހު މޮނާކޯގެ މައްޗަށް ސިޓީން ކުރި ހޯދައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 23 ސިކުންތު

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ފްރާންސްގެމޮނާކޯ އަދި މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗުން ސިޓީ މޮޅުވެއްޖެއެވެ.

ރޭގެ މެޗުން މޮނާކޯގެ މައްޗަށް ސިޓީން ކުރިހޯދީ ފަހަތުން އަރައި 3-5 ގެ ނަތީޖާއަކުންނެވެ.


ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ،ފުރަތަމަ ގޯލްޖަހާ ލީޑުނެގީ ސިޓީންނެވެ. ސާނޭ ދިން ހިތްގައިމު ޕާހަކުން މިގޯލު މެޗުގެ 26 ވަނަ މިނެޓްގައި ސިޓީއަށް ކާމިޔާބުކޮށްދިނީ ރަހީމްސްޓާލިންއެވެ.


އެހެން ނަމަވެސް މެޗުގެ 32 ވަނަ މިނެޓްގައި މޮނާކޯގެ ކެޕްޓަން އަދިއެޓީމުގެ ފޯވާޑް ރަޑަމެލް ފަލްކާއޯ ވަނީ ގޯލެއް ޖަހާ މެޗުގެ ނަތީޖާމޮނާކޯއަށް އެއްވަރުކޮށްދީފައެވެ. އަދި މެޗުގެ 40 ވަނަ މިނެޓްގައި މޮނާކޯގެޒުވާން ފޯވާޑް ބައްޕޭ ވަނީ ގޯލެއް ޖަހާ ފުރަތަމަ ފަހަރަށްމެޗުގެ ލީޑު މޮނާކޯއަށް ނަގައިދީފައެވެ.


މި ދެ ގޯލަށްފަހު ވެސް ފުރަތަމަ ހާފް ނިމުމުގެކުރިން މޮނާކޯއިން ވަނީ، ސިޓީގެ ގޯލަށް ނުރައްކާ ކޮށްފައެވެ.


ފުރަތަމަ ހާފް މޮނާކޯ ލީޑުގައި އޮވެ ނިމުނުއިރު ދެވަނަ ހާފްގެ ކުރީކޮޅުލީޑު ފުޅާކޮށްލަން މޮނާކޯއަށް ވަނީ ޕެނަލްޓީއެއް ވެސް ލިބިގެން ގޮސްފައެވެ. ނަމަވެސް ފަލްކާއޯ ފޮނުވާލި އެ ޕެނަލްޓީ ސިޓީގެ ގޯލްކީޕަރު ކަބަލޭރޯ ވަނީދިފާއުކޮށްފައެވެ.


ލީޑު ފުޅާކޮށްލަން ލިބުނު ފުރުސަތުގެ ބޭނުން މޮނާކޯއިން ނުހިފުމުގެނަތީޖާއަކަށްވީ މެޗުގެ 58 ވަނަ މިނެޓްގައި، ސާޖިއޯ އަގުއެރޯ ގޯލެއް ޖަހާސިޓީއަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނުމެވެ. އެހެންނަމަވެސް އޭގެ އެންމެތިން މިނެޓްފަހުން މޮނާކޯއިން ވަނީ ދެވަނަ ފަހަރަށްމެޗުގެ ލީޑުނަގާފައެވެ.


ސިޓީގެ ޑިފެންޑަރު ޖޯން ސްޓޯންސް ކައިރިން ނައްޓާލުމަށްފަހު މި ގޯލުމޮނާކޯއަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ގޯލުވެސް ކާމިޔާބުކޮށްދިންފަލްކާއޯއެވެ.


މޮނާކޯގެ ކުރި ވަރުގަދަވި ނަމަވެސް އެޓީމުގެ ޑިފެންސްލައިނުން ރޭގެމެޗުގައި ގިނަ ގޯސްތަކެއް ހެދިއިރު އޭގެ ފައިދާނަގާ ސިޓީއަށް ދެވަނަފަހަރަށް ނަތީޖާ އެއްވަރުކޮށްދިނީ މެޗުގެ 71 ވަނަ މިނެޓްގައި ސިޓީއަށްމެޗުގެ ދެވަނަ ގޯލްވެސް ކާމިޔާބުކޮށްދިން ސާޖިއޯ އަގުއެރޯއެވެ.


އަދި މެޗުގެ 77 ވަނަ މިނެޓްގައި ސިޓީގެހަތަރުވަނަގޯލުސްޓޯންސްކާމިޔާބުކޮށްދިންއިރު އެޓީމުގެ ފަސްވަނަ ގޯލު، އަގުއެރޯ ދިން ޕާހަކުންމެޗުގެ 82 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ލީރޯއި ސާނޭއެވެ.


މި މޮޅާއެކީ މުބާރާތުގެ ކުއާޓާ އާއި ގާތަށް ސިޓީން ޖެހިލާފައިވާއިރުމޮނާކޯއަށް ކުއާޓާއަށް ދެވޭނީ ދެވަނަ ލެގުގެ މެޗުގައި ސިޓީ ކޮޅަށް އެންމެމަދުވެގެން ވެސް ދެ ގޯލު ކާމިޔާބުކޮށްގެންނެވެ.

ރޭގެ މެޗުގައި މޮނާކޯއިން ދެއްކި ކުޅުމަށް ބަލާއިރު އެޓީމުގެ އަމިއްލަދަނޑުގައި ކުޅޭ ދެވަނަ ލެގުގެ މެޗަށް ސިޓީއަށް ހާސްކަމާ ކުރިމަތިލާންޖެހުމަކީ އެކަށީގެންވާ ކަމެކެވެ.


މި ދެ ޓީމު މޮނާކޯގެ ދަނޑުގައި ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ރެއެވެ

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ޢަބްދުލްޙައްނާން